Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ ޕްރޮޖެކްޓް

ރަސްމާލެ ޕްރޮޖެކްޓުގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލުމަށް މަޖިލީހަށް މައްސަލައެއް

މާސްޓަރޕްލޭނެއް އެކުލަވާލުމުގެ ކުރިން އަދި މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދު ވެސް ސަރުކާރުން ހާމަކޮށްފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 07:22
ފުށިދިއްގަރު ފަޅުގެ ތަފްސީލު ހޯދުމަށް މަޖިލީހަށް މެންބަރު ސަލީމް ވަނީ މައްސަލައެއް ހުށަހަޅުއްވާފައި

ފުށިދިއްގަރު ފަޅުގެ ތަފްސީލު ހޯދުމަށް މަޖިލީހަށް މެންބަރު ސަލީމް ވަނީ މައްސަލައެއް ހުށަހަޅުއްވާފައި

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސް މާލެ މަޝްރޫއު ރޭވިފައިވާ ގޮތާއި، ކުރިއަށް ގެންދާ ގޮތުގައި ހާމަކަމެއް ނެތުމުގެ ސަބަބުން ކަންބޮޑުވުން އުފެދިފައިވާތީ، އެ މަޝްރޫއުގެ ތަފްސީލީ މައުލޫމާތު ހާމަކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލުމަށާއި، މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތުގައިތޯ ކަށަވަރުކުރުމަށް ކަމާގުޅޭ މުއައްސަސާތަކަަށް ގޮވާލާ ރައްޔިރުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މި މައްސަލައިގައި މެންބަރު ސަލީމް ވިދާޅުވީ، ފުށިދިއްގަރު ފަޅުގެ އަމަލީ މަސައްކަތް 18 ޑިސެމްބަރު 2023 ގައި ފަށާފައި ވަނީ، އެ ބިޔަ މަޝްރޫއު ރޭވިފައިވާ ގޮތާއި ތަރައްގީކުރާ ގޮތާއި، މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިން ހިއްކަން ބަޔަކު ހޯދި ގޮތް ނޭނގި، އަދި އެ އިޖްރާއަތް ގެންދިޔަ ގޮތުގެ ހާމަކަމެއް ނެތި ކަމަށެވެ. އަދި އެ މަޝްރޫއުގެ މާސްޓަރޕްލޭނެއް އެކުލަވާލުމުގެ ކުރިން އަދި މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދު ވެސް ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދި ކުއްލިގޮތަކަށް މަޝްރޫއު ބަޔަކާ ހަވާލުކޮށް، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަކީ އެތައް ސުވާލުތަކެއް އުފެއްދި ކަމެއް ކަމަށް ވެސް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. މީގެ އިތުރުން 1280 ހެކްޓަރުގެ ތެރެއިން އެ ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކަން ރާވާފައިވާ ކަމާއި، އެ ބިން ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އިރު، މުޅި އެ ފަޅުގެ އީއާއިއޭ ހަދާފައި ނެތް ކަމަށް މެންބަރު ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

މެންބަރުގެ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ފަޅުގެ ހަމައެކަނި އީއައިއޭ ހަދާފައިވަނީ އެންމެ 29 ހެކްޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެއީ 2.26 އިންސައްތަ ކަމަށާއި، މިއީ އެފަދަ މަޝްރޫއުތަކަށް އީއައިއޭ ހެދުމުގައި އަމަލުކުރާ އުސޫލުގެ ބޭރުން ހާއްސަ އިންތިޒާމެއްގެ ދަށުން ކޮށްފައިވާ ކަމެއްކަމަށް ބަލާނެ ޖާގަ އެބައޮތްކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މަޝްރޫއުގެ ބިން ހިއްކުުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށް ބުނެފައިވާއިރު، އެ މަސައްކަތުގެ އަގެއްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްލަން އެއްބަސްވެފައިވަނީ ހުޅުމާލޭގެ ބިމުން 10 ހެކްޓަރާއި، ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިމެވެ. އަދި ބިން އަގުކުރި ގޮތެއް، ބޭރު ބަޔަކަށް ދިވެހިންގެ ދިވެހިރާއްޖޭގެ ބިމުން ބައެއް ދޭން ނިންމި ނިނމުމަކީ ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމެއް ވެސް އެނގޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެފައިވެއެވެ.

އަދި މިސަބަބުތައް ހުރުމުން، މަޝްރޫއުގެ ތަފްސީލު މައުލޫމާތު ހާމަކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ، މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާހުރި ގޮތުގައިތޯ ކަށަވަރުކުރުމަކީ މަޖިލީހިގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މެންބަރު ސަލީމް ވަނީ އެދިވަޑައިގަންނަވާފައެވެ.

މި މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 24 މެންބަރުންގެ އިއްތިފާގުން މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވިއެވެ.

ރަސްމާލެ މަޝްރޫޢުފުށިދިއްގަރުފަޅުހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު