Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެންސަރު ހޮސްޕިޓަލް

ކެންސަރު ހޮސްޕިޓަލާމެދު ސަރުކާރުން އަމަލުކުރަމުންދަނީ ރައްޔިތުން އުއްމީދުކުރިގޮތަކަށް ނޫން - ގަމު ކައުންސިލް

ގަމު ރައްޔިތުންނާއި ކައުންސިލުން އުއްމީދުކުރަމުންދިޔައީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށްވުރެ ބާރުމިނުގައި އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2023 | ބުދަ 15:31
ލ. ގަމު ކައުންސިލާއި ކައުންސިލުގެ މުވައްޒަފުން

ލ. ގަމު ކައުންސިލާއި ކައުންސިލުގެ މުވައްޒަފުން

ކުރީ ސަރުކާރުން ލ. ގަމުގައި ތަރައްގީކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލާމެދު މި ސަރުކާރުން އަމަލުކުރަމުންދަނީ ރައްޔިތުން އުއްމީދުކުރިގޮތަށް ނޫންކަމަށް ބުނެ ގަމު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގަމު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްދުންމަތީ ގަމުގައި ނިމިދިޔަ ސަަރުކާރުން ކެންސަރު ހޮސްޕިޓަލެއް ބިނާކުރުމަށް ނިންމައި، އެ ހޮސްޕިޓަލް އެ ރަށުގައި ގާއިމްކުރުމަށް ނިންމުން ވެގެންދިޔައީ، ލ. ގަމުގައި ދިރިއުޅޭ ފަރާތްތަކާއި، މުޅި އަތޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ. އަދި އެ ސަރުކާރު ނިމުނުއިރު، ކެންސަރު ހޮސްޕިޓަލް އިމާރާތްކުރާ ބިން ހަމަޖައްސައި، އެތަނުގައި ހުރި ރުއްގަހުގެ ބަދަލު ދީ، މަސައްކަތް ފެށުމުގެ މަރުހަލާގައި އޮތްކަމުން ލ. ގަމުގެ ރައްޔިތުންނާއި އެ ކައުންސިލުން އުއްމީދުކުރަމުންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްވުރެ ބާރުމިނުގައި އެ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އުއްމީދުކުރި ގޮތާ ޚިލާފަށް މި ސަރުކާރުން އެ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމި ނިންމުމަކީ، އެ ރަށާއި، އަތޮޅުގެ ރައްޔިތުންނާއި ކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށް ބުނެފައިވެއެވެ.

އަދި ކައުންސިލުން ގަބޫލުކުރާގޮތުގައި އާބާދީ ތޮއްޖެހިފައިވާ މާލެފަދަ ސަރަހައްދަކަށް ކެންސަރު ހޮސްޕިޓަލް ބަދަލުކުރުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ކެންސަރަށް ދެވޭ ފަރުވާއަކީ ނުރައްކާތެރި ކެމިކަލް ހިމެނޭ ފަރުވާއަކަށްވާތީ އެފަދަ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅޭވޭނެ ވަސީލަތް ގާއިމްކުރުމުގައި ވެސް ލ. ގަން ފަދަ ބިންބޮޑު ރަށެއްގެ މުހިންމުކަން ބޮޑުކަމަށް ބުނެފައިވެއެވެ.

އަދި މިކަންކަން މިހެން ހުރުމާއެކު، ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ކެންސަރ ހޮސްޕިޓަލް ލ. ގަންކެންސަރ ހޮސްޕިޓަލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު