Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްމަޓީ ފުރުމުގެ ހުއްދަ

އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2023 | ބުދަ 06:53
އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އިސްތިއުނާފު ފޯމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ބުދަ ދުވަހު ނުވަތަ ބުރާސްފަތި ދުވަހުގެ ހެނދުނު އިސްތިއުނާފުގެ ފޯމު ސުޕްރީމް ކޯޓަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް އަންގާރަ ދުވަހު ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅުއްވީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔުންނެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދުއެވެ. އެގޮތުން ފަނޑިޔާރު ހުސައިން މަޒީދު ވަނީ އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ އައްމަޓީގެ ފަރާތުން ފާހަގަކުރި ބައްޔަކީ ފައިގައި ރިއްސުމާއ،ި ބުރަކަށީގައި ރިއްސުމާއ،ި މައިބަދައިގައި ރިއްސުން ކަމަށާއި، މިކަމުގައި މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރ ލަފާދީފައި އޮތުންކަމަށެވެ.

އެހެންނަމަވެސް އެއީ ރާއްޖެއިން ފަރުވާ ލިބެންނެތް ބައްޔެއްކަން އެނގޭކަށް ނެތްކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަޒީދު ވިދާޅުވެފައިވަނީ، ޕާސްޕޯޓު ދޫކޮށްލިއިރު މިއީ ރާއްޖެއިން ނުލިބޭ ފަރުވާއެއްތޯއާއި ކުއްލި ފަރުވާ ލިބެންޖެހޭ ހާލަތެއްތޯ ދަށުކޯޓުން ކަށަވަރުކޮށްފައި ނުވާކަމަށެވެ.

އޭގެ އިތުރުން، މައުޟޫޢީ މައްސަލައެއްގެ ތެރެއިން ބަންދުން ދޫކޮށްލަން ނުވަތަ ޕާސްޕޯޓް ދޫކޮށްލަން ފަނޑިޔާރަކު ނިންމަވާއިރު، މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރު ދެލޯ މަރާލައިގެން ނުވާނެކަމަށްވެސް ފަނޑިޔާރު މަޒީދު ވިދާޅުވެފައިވެއެވެ. އެގޮތުން އައްމަޓީއަކީ ފިލާފާނެ ކަމުގެ އިހްތިމާލް އޮތް މީހެއް ކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުގެ މީގެ ކުރީގެ ނިންމުންތަކަށް ރިޢާޔަތް ކުރާއިރު އެނގެން އޮތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އަދި އައްމަޓީ ފިލުމުގެ އިހްތިމާލް ކުޑަކުރެވޭނެ އެކަށީގެންވާ ފިޔަވަޅެއް ކްރިމިނަލް ކޯޓުން އެޅުމަކާ ނުލައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރެއްވި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވާކަމުގައި ދެކިވަޑައިގަންނަވާކަމަށް މަޒީދު ވިދާޅުވިއެވެ.

ސަބަބަކީ އައްމަޓީއަށް ނުފިލޭނެހެން އެކަށީގެންވާ ފިޔަވަޅު އެޅުމަށްފަހުގައި މެނުވީ އޭނާ މިނިވަން ނުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ޤަޟިއްޔާއެއްގައިވެސް ކަނޑައަޅާފައިވާތީއެވެ. ވީއިރު، މިކަމަކީ ފަނޑިޔާރަކަށް ލިބިގެންވާ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ޙަވާލާ ދެއްވައި ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.

މައްސަލައިގެ ފަސްފަހަތް:

އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 16 ޖޫން 2021 ދުވަހު ބޭއްވި އަޑުއެހުމެއްގައި ވަނީ، ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

މި އަމުރު މުރާޖައާކުރުމަށް އެދި އައްމަޓީގެ ފަރާތުން 29 ނޮވެންބަރު 2023ގައި އެދުމުން، އަމުރު މުރާޖައާކޮށް 06 ޑިސެންބަރު 2023 ދުވަހު ވަނީ ޕާސްޕޯޓު ދޫކުރުމަށް އަމުރެއް ނެރެފައެވެ. އެ އަމުރު ބާތިލު ކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާއިރު، މައްސަލަ ކުރިއަށް ދިޔައިރު ދައުލަތުން ވަނީ އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އެގޮތުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ، އެ ހާލަތުގައި ރާއްޖެއިން ފަރުވާ ކުރެވެން އޮވެމެ، ރާއްޖެއިން ބޭރަށް ދިއުމަށް ދައުލަތުން އިއުތިރާޒު ކުރާކަމަށް ދައުލަތުން ތަކުރާރުކޮށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގެ ސަބަބުން އައްމަޓީ މިހާރު ހުރީ މުޅިން ބަންދުން މިނިވަންވެފައިކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލު ވަނީ އެކަމުގެ ސަބަބުން އައްމަޓީ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތްކަން ދައުލަތުގެ ހެކިތަކާއި، މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެނގޭކަމަށް ހައިކޯޓުގައި ވިދާޅުވެފައެވެ.

އައްމަޓީސީލައިފްހައި ކޯޓުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު