Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދަރިވަރުން ސިޔާސީކުރުން

ދަރިވަރުން ސިޔާސީކޮށްފި - ރައީސަކީ މާތް މީހެއްކަމަށް ކިޔުއްވައިފި!

ދަރިވަރުންލައްވައި ޅެން ބަހުރުވައިން ރައީސަށް ސަނާ ދެންނެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 13:18
ރައީސް މުއިއްޒު

ރައީސް މުއިއްޒު

ދައްކަން މިޖެހެނީ ރާއްޖެ މިދެކޭ ޒަމާނީ ޑިމޮކްރަސީގައި ދުވަހަކުވެސް އަޅުގަނޑުމެން ދެކެފާނެ ކަމަށް ހީކުރި ކަމެއްގެ ވާހަކައެއް ނޫނެވެ. އަދި އެކަމެއް ބަލައިގަންނަ ކަމަކަށް ވެދާނެ ކަމަށް، ފަހަރެއްގައިވެސް ހިތަށްއެރި ކަމެއްވެސް ނޫނެވެ. އަޅުގަނޑު ހިތުން އަޅުގަނޑުމެން ތިބީ މި ބާވަތުގެ ނާތަހުޒީބު ކަންކަން މާޒީގެ ތެރެއަށް ދޫކޮށްލައިގެންނެވެ. ނާތަހުރީބޭ މިދެންނެވީ އެއަށްވުރެ ސާދާ ބަހެއް މިކަން ސިފަކުރަން ނޭނގުމުންނެވެ.

ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ފެނި، އަޖައިބުވެ އަންތަރީސްވެއްޖެއެވެ. ރައީސުން ވަޑައިގަންނަވާ ތަންތަނަށް ކުޑަކުދިން ގެންދިއުމާއި، ވެރިންނަށް އިހުތިރާމްކުރަން ދަސްކޮށްދިނުމަކުން މައްސަލައެއް ނެތެވެ. ވެރިންނަށް އިސްތިގުބާލުކުރަން ދިއުމާއި، މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުވުމަކީވެސް އާއްމުކޮށް ދިވެހި މަދަރުސާތަކުގައި ކޮށްއުޅޭ ކަމެކެވެ. އެކަމަކު އެ ކުދިންނަކީ ރައީސާއި ސަރުކާރަށް ސަނާކިޔަން ބޭނުންކުރާ "ޓޫލް"އަކަށް ހަދައިގެންނެއް ނޫނެވެ.

އެކަމަކު ހޯމަ ދުވަހު ފެނުނީ ނިކަން ލަދުވެތި މަންޒަރެކެވެ. މިއީ ފެހި ގާނޫނު އަސާސީގެ ދަށުން، ރައްޔިތުން ރައީސަކު އިންތިޚާބުކުރަން ފެށި ފަހުން ދިވެހިން ދުށް މަންޒަރެއް ނޫނެވެ. އެއަށްވުރެ ދިވެހިން ތިބީ ސިޔާސީ ގޮތުން ހޭލުންތެރިވެފައެވެ. ފެނުނު މަންޒަރަކީ ތުއްތު ކުދިންތަކެއް ޅެންބަހުރުވައިން ރައީސަށް ސަނާ ދަންނަވާ މަންޒަރެވެ. ދައުރުގެ އުޖާލާ ވާހަކައާއި ހަފުތާ 14ގެ ވާހަކައެވެ. ސަރުކާރަށް މަހެއް ވީއިރު އެތައް ކުރިއެރުމެއް ލިބުނު ވާހަކައެވެ. މުޅި ސަރުކާރަށް ލޯތްބާއެކު ޝުކުރު ދަންނަވާ ވާހަކައެވެ. ކުރިއެރުމަށް ކުރުނީސްކޮށް، ސަރުކާރާއި ޒައީމަށް ސާބިތުކަން ދެއްވާތޯ ދުއާދަންނަވައެވެ.

މިއީ ސިޔާސީ މީހަކު ބުނިނަމަ އެންމެ ރަނގަޅު ވާހަކަތަކެވެ. ނޫނީ އާއްމު މީހަކު ކީ ސަނާއެއް ނަމަވެސް އެންމެ ރަނގަޅެވެ. މައްސަލައަކަށް ވަނީ ސްކޫލް ކުދިން ނެރެގެން އެކުދިންލައްވައި ސިޔާސީ ހަރަކާތްތައް ހިންގާތީއެވެ. ރައީސްގެ ކުރިފުޅުމަތީގައި ހުށަހަޅާ ކޮންމެ ހުށަހެޅުމަކީވެސް ކުރިން ބެލުމަށްފަހު، މޮނީޓަރުކުރާ ކަންކަމެވެ. އެހެންކަމުން މިކަން މިހެން ހިނގާނެކަން އެއީ ރައީސް އޮފީހަށްވެސް ސަރުކާރަށްވެސް ތައުލީމީ ވުޒާރާއަށްވެސް ނޭނގި ވަންހަނާވެފައި އޮންނާނެ ކަމެއް ނޫނެވެ. އެހެންކަމުން މިކަމުގައި ދެއްކޭނެ ބަހަނާއެއް ނެތެވެ.

ސިޔާސީ ވާހަކަތައް ދައްކަންވާނީ ސިޔާސީ މީހުންނެވެ. ވޯޓު ލެވޭ އުމުރުގެ އާއްމުންނެވެ. ގައުމިއްޔަތު ދިރުވުމުގެ މާ ވަރުގަދަ މަޝްރޫއެއް ހިންގާކަަމަށް ބުނާ ބަޔަކު، ދިވެހި ޅެންބަހުރުވައިގެ ފަހަތުގައި ޅަ ކުދިންތަކެއްލައްވައި ސިޔާސީ ވާހަކަތައް ދެއްކުން މިއީ ލަދުވެތިކަމެކެވެ. އެކުދިންލައްވައި، ރައީސަކީ "މާތް" ބޭފުޅެއް ކަމަށް ފަށްފަށުން ބުނުވުމުގެ މަގުސަދަކީ ކޮބައިބާވައެވެ.

ކޮންމެއަކަސް މި ހަރަކާތުގެ ވީޑިއޯތައް އާއްމުވުމާއެކު، ސަރުކާރާއި އެޑިއުކޭޝަން މިނިސްޓްރީއަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވިއެވެ. ބައެއް މީހުން ވަނީ މިއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރު ނިމުނުފަހުން ރާއްޖެއިން ނުފެންނަވަރުގެ ހުތުރު މަންޒަރެއް ކަމަށް ބުނެފައެވެ. ބައެއް މީހުން ވަނީ ރައީސަކީ "މާތް" ބޭފުޅެއް ކަމަށް ދަރިވަރުންލައްވައި ކިޔުއްވުމުން އެކަމަށް ފާޑުކިޔާފައެވެ. އެހެނީ އާއްމުކޮށް "މާތް" މި ބަހަކީ ވެރިންނަށް ނިސްބަތްކޮށް ކިޔާ ބަހަކަށް ނުވުމެވެ. މާތް މި ބަސް ބޭނުންކުރަނީ ރަސޫލުންނާއި ނަބިއްޔުންނާއި އިސްލާމް ދީނުގައި މަތިވެރި ދަރަޖަތައް ދެއްވާފައިވާ މީހުންނަށް ނިސްބަތްކޮށެވެ. "މާތް"، "މަތިވެރި" އަދި "ބަރަކާތްތެރި" މިފަދަ ބަސްބަހަކީ ދިވެހިން ވެރިން ސިފަކުރަން ބޭނުންކުރާ ބަސްބަސް ނޫންކަމަށް އެފަދަ މީހުން ވަނީ ބުނެފައެވެ. އެހެނެއް ނޫނެވެ. މިވެނި މީހަކީ، ނޫނީ މިވެނި ވެރިޔަކީ ރަނގަޅު މާތް ސިފަތަކެއް ހުރި މީހެއް ކަމަށް ބުނެފާނެއެވެ.

މި ހުރިހާ ވާހަކައެއް މިހެން ހުރިއިރު، ފާޑުކިޔުންތަކަށް ޖަވާބެއް ނުދެއްވައެވެ. ސަރުކާރުން ހަމަ ހޭވެސް އަހާނުލައެވެ. ދަރިވަރުން ސިޔާސީކޮށް އެ ދަރިވަރުންގެ ޅަ ސިކުނޑިތަކުގައި ސިޔާސީ ކުލަ ޖެއްސުން ހަމަ ވަރިހަމައެވެ. މި ބޭފުޅުންނަށް ސިޔާސީ ވާންވީ ކަންކަމާއި ސިޔާސީ ނުވާންވީ ކަންކަންވެސް ހަމަ ނޭނގެނީތާއެވެ. ވާނީވެސް އެހެންތާއެވެ. މަގާމުތަކަށްވެސް ތިޔަ އައްޔަންކުރައްވަނީ ސިޔާސީ ކަންކަމާއި ސިޔާސީ ނޫން ކަންކަން އޮޅުން ނުފިލާ ފެންވަރު ދެރަ އެކްޓިވިސްޓުންނެވެ. އެހެންވީމާ، ސަރުކާރުން އަޅާހާ ބަތަކަށް ރިހަ އަޅުއްވަން އެ ބޭފުޅުން ތިއްބަވާނެތާއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު