Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ފަސް މެމްބަރުން އިސްތިއުފާދެއްވައި، ބައްސާމުގެ އިތުބާރު ގެއްލުވާލައްވައިފި

ފަހުން އިސްތިއުފާ ދެއްވީ މުހައްމަދު ޝިފާއު، އާމިނަތު ޝަނީޒް އަދި އަހުމަދު ނަޝީދު (ޑޭވް)

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 09:07
އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީން އިތުރު ތިން މެމްބަރުން އިސްތިއުފާ ދެއްވައި، ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ގެއްލުވާލައްވައިފިއެވެ.

މީގެ ކުރިން އެފްއޭއެމްގެ ހިންގާ ކޮމެޓީން ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ މުއާވިޔަތު ހަލީލް (މުއާބެ) އަދި ހުސައިން ޝާފިއު (ކޮއްކީ)އެވެ. އޭގެ ފަހުން މި މަހުގެ 15 ވަނަ ދުވަހު އިތުރު ތިން މެމްބަރުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އެއީ މުހައްމަދު ޝިފާއު، އާމިނަތު ޝަނީޒް އަދި އަހުމަދު ނަޝީދު (ޑޭވް) އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީން މިހާތަނަށް ފަސް މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު، ބާކީ ތިއްބެވީ ފަސް މެމްބަރުންނެެވެ. އެއީ ބައްސާމްގެ އިތުރުން ނައިބު ރައީސް އަލީ އުމަރު، މުފާވިޒް ހާޝިމް (މުފާ) އަދި އަހްމަދު ޝަކީބެވެ. ދެން އިންނަވާނީ ދާދި ފަހުން ހިންގާ ކޮމެޓީއަށް އައްޔަންކުރެއްވި އަބްދުﷲ ޝިބާއު (ޝިބާ)އެވެ.

ނަމަވެސް މީގެ ތެރެއިން ޝިބާއަށް ވޯޓު ދިނުމުގެ ހައްގެއް، ނުވަތަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެއެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، ހިންގާ ކޮމެޓީން މެމްބަރަކު އިސްތިއުފާ ދީފިނަމަ، އެ މަގާމަށް މީހަކު އިންތިޚާބުކުރަން ޖެހެނީ އޯޑިނަރީ ކޮންގްރެސްއަކުންނެވެ. އެހެންކަމުން އެފަދަ ކޮންގްރެސްއަކުން މެނުވީ ޝިބާއަށް އެއްވެސް ހައިސިއްޔަތެއް ނުލިބޭނެއެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީން މެމްބަރުންތައް އިސްތިއުފާ ދެއްވާފައިވާއިރު، އަންނަ މަހު އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވަންވެސް އޮތީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް، އެ އިންތިޚާބުގެ ކަންކަން ސާފުކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްއިން މިހާރު ވަނީ އެފްއޭއެމްގައި އެދިފައެވެ.

އެފްއޭއެމްގެ ހިންގުމުގައި ބޮއްސުންލައި، އެ އިދާރާ ވަނީ ބަނގުރޫޓުވުމާ ކައިރިވެފައެވެ. އެގޮތުން އެ އިދާރާއަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާއަށް އެ އިދާރާގެ ވެރިން ޚިޔާނާތްތެރިވާކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އެ މައްސަލައިގެ މައިގަނޑު ސަސްޕެކްޓަކީ ބައްސާމް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ދައުވާކުރާ ހިސާބުގައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު