Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

ކަމެއްގައި މެސީ ބަސް ކިޔާނީ އެންމެ ރަނގަޅަށް: ސްކަލޯނީ

އާޖެންޓީނާ ޤައުމީ ޓީމާ އޭނާ ހަވާލުވެ، އެ ޓީމުގެ ކެޕްޓަނަކަށް އެންމެ އެކަށީގެންވާ މީހަކީ މެސީކަން ސާބިތުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 03:50
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އަދި ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އަދި ކެޕްޓަން ލިއޮނަލް މެސީ

ދިމާވާ ކަމެއްގައި ބަސް ކިޔަން ޖެހިއްޖެ ނަމަ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބަސް ކިޔާނީ އެންމެ ރަނގަޅަށް ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނީ، ޔުނިވާސޯ ވަލްޑާނޯ އަށް ދިން އިންޓަވިޔުއެއްގައި މެސީއާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. ސްކަލޯނީ ބުނީ، މެސީ އަކީ ފުޓުބޯޅައިގެ ލީޑަރެއް ކަމަށެވެ. އެގޮތުން ކަމެއްގައި މެސީ އަށް ބަސް ކިޔަން ޖެހިއްޖެ ނަަމަ، އަބަދު ވެސް އޭނާ ކިޔާނީ އެންމެ ރަނގަޅު ބަސް ކަމުގެ ޔަގީންކަން އޮންނަ ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ. އާޖެންޓީނާ ޤައުމީ ޓީމާ އޭނާ ހަވާލުވެ، އެ ޓީމުގެ ކެޕްޓަނަކަށް އެންމެ އެކަށީގެންވާ މީހަކީ މެސީކަން ސާބިތުވި ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ކަންކަމުގައި ބަސް ކިޔުމުގެ އިތުރުން، މެސީ އަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި ވެސް ނަމޫނާ ކުޅުންތެރިޔެއް ކަމަށެވެ. ސްކަލޯނީ ފާހަގަ ކުރި ގޮތުގައި، އޭނާގެ ޙަޔާތުގައި ފުޓުބޯޅަ ކުޅުންތެރިޔެއް އަދި އެހެން މީހެއްގެ ފަރާތުން ވެސް އެކަހަލަ ސިފަތަކެއް ފެނިފައެއް ނުވެ އެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ، މެސީގެ ލީޑާޝިޕަކީ އަނގަ ބަހުން ބަޔާން ކޮށްދެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން އެންމެ ރަނގަޅާށް ޔަގީން ވާނީ، އެކުގައި މަސައްކަތްކޮށް، އެކުގައި ދުވަސްތަކެއް ހޭދަކުރުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މެސީއާ ސްކަލޯނީގެ ގުޅުން ކޮންމެ ވެސް ވަރަކަށް ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ބުނީ، އެކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަބަދު ވެސް މެސީއާ ވާހަކަ ދެކެވޭކަން ފާހަގަކޮށް އޭނާ ބުނީ، އެންމެ ފަހުން އާޖެންޓީނާ އިން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވެސް، ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މެސީއާ މަޝްވަރާ ކުރެވުނު ކަމަށެވެ.

އާޖެންޓީނާގެ ކޯޗުކަމުން ސްކަލޯނީ ވަކިވާން އުޅޭ ކަހަލަ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އަދި އެފަދަ މޭރުމަކުން އޭނާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ފަހުންނެވެ. ނަމަވެސް، އޭގެ ކުރިން އަންނަ އަހަރު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށްފަހު، އާޖެންޓީނާގެ ކޯޗުކަމުން ސްކަލޯނީ އިސްތިއުފާ ދޭނެ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ. އެކަމާ ގުޅިގެން ސްކަލޯނީ ބުނީ، އޭނާ ގޮތެއް ނިންމާނީ މެސީއާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނުން އަންނަނީ ސްކަލޯނީއާ މަޝްވަރާ ކުރަމުންނެވެ. އެ ފެޑެރޭޝަނުން ބޭނުންވަނީ އާޖެންޓީނާގެ ކޯޗުކަމުގައި ސްކަލޯނީ ހުންނާށެވެ.

އާޖެންޓީނާލިއޮނެލް މެސީލިއޮނަލް ސްކަލޯނީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު