Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަނގުރާމަތަކުގައި ގުނަވަންތައް ބުރިވުން

"އަމާޒަކީ ކޮޅަށް ތެދުވުން": ޤައުމީ ޚިދުމަތުގައި 2 ފައި ބުރިވިއެއް ކަމަކު ޢަޒުމު ފިސާރި ވަރުގަދަ!

ފެބުރުއަރީ 2022 ގައި ހަނގުރާމަ ފެށިފަހުން، ހަށިގަނޑުގެ އެކި ގުނަވަންތައް ބުރިބުރި ވެފައިވާ 1200 އަށް ވުރެ ގިނަ ޕޭޝަންޓުންނަށް ވަނީ ފަރުވާ ދީފަފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 ޑިސެމްބަރު 2023 | ހޯމަ 06:54
މާރިން އެންދްރިޔޭ؛ ހަނގުރާމާގައި 2 ފައި ބުރިވި ޔޫކްރައިން ސިފައިންގެ މީހެއް

މާރިން އެންދްރިޔޭ؛ ހަނގުރާމާގައި 2 ފައި ބުރިވި ޔޫކްރައިން ސިފައިންގެ މީހެއް

"އަހަރެންގެ އަމާޒަކީ ކޮޅަށް ތެދުވުން" ރަޝިޔާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ޔޫކްރައިންގައި އެ ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރުމުގެ ތެރޭގައި އޭނާގެ 2 ފައިވެސް ގެއްލިފައި ވާ މާރިން އެންދްރިޔޭ، ސާބިތު ކަމާ އެކީގައި ބުނެލިއެވެ. މިހާރުވެސް އެންދްރިޔޭ މަސައްކަތް ކުރަމުން އެ ދަނީ އޭނާގެ ފަރުވާގެ ދަތުރު ކާމިޔާބު ކުރުމަށެވެ. ފަރުވާ ހޯދަމުން ވަނީ ޔޫކްރައިންގެ ވެރިކަން ކުރާ ކިޔޭވްގެ ހުޅަނގުދެކުނު ސިޓީއެއް ކަމަށްވާ ވިންޔިޓްޒިޔާގެ ހޮސްޕިޓަލެއްގައެވެ.

އެ ހޮސްޕިޓަލަށް އެންދްރިޔޭ ދިޔައީ މީގެ 2 މަސް ދުވަސް ކުރިންނެވެ. އޭރު ހުރި ޙާލަތާ ބަލާއިރު މިހާރު އެތައް ތަނެއް ރަނގަޅެވެ. އެންދްރިޔޭއަށް ޚާއްޞަކޮށްފައި ވާ ރީހެބިލިޓޭޝަން ޕްރޮގްރާމްގައި ފިޒިއޮތެރަޕީގެ އިތުރުން ނަފްސާނީ ގޮތުން އޭނާއަށް ބޭނުންވާ ތެރަޕީތައްވެސް ދެއެވެ.

ހޮސްޕިޓަލުގެ އިސްވެރިޔާ އަދި އޮޕަރޭޝަން ޑޮކްޓަރެއް ކަމަށް ވާ ޑރ ޔޫރިޔީ ބަސްމެތުނިޔީ ބުނި ގޮތުގައި ފެބުރުއަރީ 2022 ގައި ހަނގުރާމަ ފެށިފަހުން، ހަށިގަނޑުގެ އެކި ގުނަވަންތައް ބުރިބުރި ވެފައިވާ 1200 އަށް ވުރެ ގިނަ ޕޭޝަންޓުންނަށް އެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި، ހަތަރެސްފައިގެ 3 ގުނަވަން ބުރިވި ޕޭޝަންޓުންވެސް ހިމެނޭ ކަމަށް ޑރ ބަސްމެތުނިޔީ ފާހަގަ ކުރިއެވެ.

ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވާ މީހުންނަށް ބަލާއިރު ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ އަސްކަރިއްޔާގެ މެންބަރުންނެވެ. ގުނަވަންތައް ބުރިބުރިވެގެން ހޮސްޕިޓަލަށް ގެނެވުނު ބައެއް މީހުންގެ އިތުރު ސަރޖަރީތަކެއްވެސް ހަދަން ޖެހުނު ކަމަށް ޑރ ބަސްމެތުނިޔީ ބުންޏެވެ. ފައިގެ ވަރަށް މަތިން ބުރިކޮށްލަން މަޖުބޫރުވާ ޕޭޝަންޓުންގެ ޢަދަދު އިތުރު ވަމުން އަންނަކަންވެސް ޑރ ބަސްމެތުނިޔީ ފާހަގަ ކުރިއެވެ. އެއާއެކު، ރީހެބިލިޓޭޝަން ނުވަތަ މުޖުތަމަޢަށް އެމީހަކު ނެރުމަށް ކުރަން ޖެހޭ މަސައްކަތްވެސް ބުރަވެގެން ދެއެވެ.

ހޮސްޕިޓަލުގައި ބަލި މީހާ ހޭދަ ކުރާ ދުވަސްތަކަކީ ޚުދު އެ ބަލި މީހާވެސް ބުރަ މަސައްކަތްތަކެއް ކުރާ ދުވަސްތަކެކެވެ. އެގޮތުން މަސްނޫޢީ ގުނަވަންތަކަށް ހަށިގަނޑު ހޭނުވުމާއި، ލިބިފައިވާ ޒަޚަމްތަކާއި އަނިޔާއަށް އަހުލުވެރިވުމާއި، އެ ކަމުގެ ސަބަބުން އެމީހެއްގެ ދިރިއުޅުމަށް ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލުތައް ޤަބޫލު ކުރުން ފަދަ ހުނަރުތައްވެސް ދަސްކުރަނީ ހޮސްޕިޓަލުގައި ހޭދަ ކުރާ ދުވަސްތަކުގައެވެ.

ފަރުވާ ހޯދަން އަންނަ އެންމެ ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައި އޮންނަ އެންމެ ބޮޑު ސުވާލަކީ، އަލުން އަނބުރާ އަސްކަރިއްޔާގެ ޚިދުމަތަށް ނިކުންނާނެތޯ ކުރެވޭ ސުވާލެވެ. ޚިދުމަތަށް ނިކުންނަ ކަމުގައި ވާ ނަމަ، ޚިދުމަތް ކުރާނީ ކޮން ޙައިސިއްޔަތަކުން ތޯވެސް ސުވާލު ކުރެވެއެވެ.

ޢުމުރުން 24 އަހަރު ވްލޮޑޮމީރްއަކީވެސް ޔޫކްރައިންގެ އަސްކަރިއްޔާއަށް ޚިދުމަތް ކުރުމުގެ ތެރޭގައި ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދެވުނު ޒުވާނެކެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާތާ މިހާރުވެސް އެތައް ހަފުތާއެއް ވެއްޖެއެވެ. އަސްކަރިއްޔާގައި 3 އަހަރު ދުވަހު ޚިދުމަތް ކުރި އެ ޒުވާނާގެ ހިތުގައިވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ހަނގުރާމައިގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިވެފައިވާ ބައެއް ސިފައިން މިހާރުވެސް ދަނީ ޔޫކްރައިން އަސްކަރިއްޔާއަށް ޚިދުމަތް ކުރަމުންނެވެ. އަސްކަރީ ޚިދުމަތަށް އަލުން ނިކުމެފައެވެ. ނަމަވެސް އެމީހުންގެ ޚިދުމަތުގެ ދާއިރާ ބަރޯސާވަނީ އެމީހަކަށް ލިބިފައިވާ އަނިޔާއެއްގެ ކުޑަ ބޮޑު މިނެއްގެ މައްޗަށެވެ. އެ ވަރުގެ ޤާބިލުކަން ނެތް މީހުން މަސައްކަތް ކުރަމުން ދަނީ މަދަނީ ޚިދުމަތުގެ ވެއްޓަކަށް ހޭނެވޭތޯއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު