Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެހި ތަނަވަސް މާލެ

މިހާރު މާލެސިޓީ ކައުންސިލަކީ ވަރަށް ސިއްރުތަނެއް، އެކަން ބަދަލުކުރާނަން - އާޒިމް

25 ޑިސެމްބަރު 2023 | ހޯމަ 00:46

ޚިދުމަތް ހޯދަން އާދޭސްކުރުމާއި ނުފޫޒު ބޭނުންކުރުމުގެ ސަޤާފަތް ނައްތަވާލައްވާނެ ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޑިސެމްބަރު 2023 | ހޯމަ 00:46
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ އާދަމް އާޒިމް

މިހާރު މާލެސިޓީ ކައުންސިލަކީ ވަރަށް ސިއްރުތަނެ ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށް މާލެ ސިޓީ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވަނީ މާލެ ސިޓީ ކައުންސިލްގެ އާމްދަނީ ހަރަދުތަކާއި ރިސޯސަސް ހާމަކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ. އެއީ ރައްޔިތުންގެ ފައިސާ އާއި މުދާކަމަށާއި އެތަކެއްޗާއި ކައުންސިލުން ކުރާ ޚާރަދުތަކުގެ ފުރިހަމަ ތަފްސީލް ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން އެކަންމަށްޓަކާ މަސައްކަތް ފައްޓަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ހިސާބުތައް އެއްކޮށް އެ ހިސާބުތައް ހާމަކުރަން ފެށޭނެ ކަަމަށް އުންމީދުކުރައްވާ ކަަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިހާރު މާލެ ސިޓީކައުންސިލްގެ ހިސާބުތައް ބެލެހެއްޓިފައިވާ މިންވަރު އެނގިވަޑައިނުގަންނަވާތީ އެ ހިސާބުތައް ހޯދާ ތަރުތީބުކުރަން ވަގުތުކޮޅެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މައުލޫމާތުތައް ހާމަކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށައި މާލެ ސިޓީ ކައުންސިލުގައި ފޮރުވަން ޖެހޭ އެއްވެސް ކަމެއް އޮންނަންވާނެ ކަަމަށް ޤަބޫލުނުކުރައްވާ ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އާޒިމް އިތުރަށް ވިދާޅުވީ ކައުންސިލް ބައްދަލުވުންތައް އިތުރުކުރައްވާ އާއްމުންނާއި އޮންނަ ގުޅުން ބަދަހިކުރައްވާނެ ކަަމަށެވެ. އެގޮތުން އަހަރަކު މާލޭގައި މަދުވެގެން 4 ބައްދަލުވުން، ހުޅުމާލޭގައި މަދުވެގެން 4 ބައްދަލުވުން އަދި ވިލިމާލޭގައި މަދުވެގެން 4 ބައްދަލުވުން ބާއްވަވާނެ ކަަމަށް ވިދާޅުވިއެވެ. މިހާރު އޮންނަ އުސޫލުން ހަމައެކަނި މާލޭގައި ބައްދަލުވުންތައް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އާޒިމް ވަނީ ގުޅީފަޅާއި ގިރާވަރުގައި މީހުން އާބާދުވުން އެ ތަންތަނުގައި ވެސް މަދުވެގެން 1 ބައްދަލުވުން އަހަރެއްގެ ތެރޭގައި ބާއްވާނެ ކަަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އާޒިމް ވަނީ ޚިދުމަތް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދެއްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ޚިދުމަތް ހޯދަން އާދޭސްކުރުމާއި ނުފޫޒު ބޭނުންކުރުމުގެ ސަޤާފަތް ނައްތަވާލައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް ޢާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
05 އޮކްޓޯބަރު 2025

ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް

05 އޮކްޓޯބަރު 2025
ސޮނިކް ހަތިޔާރު ބޭނުންކުރުމަކީ ނިއުޔޯކް ފަދަ ޤައުމުތަކުގައި ދައުވާ ކުރާ ކަމެއް: އާޒިމް
04 އޮކްޓޯބަރު 2025

މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ވަނީ ބަނދެފައި: މޭޔަރު އާޒިމް

04 އޮކްޓޯބަރު 2025
މި ސަރުކާރުން ހައްގަކަށްފަހު ހައްގެއް ނިގުޅައިގަނެ، ރައްޔިތުންގެ ހަތަރެސްފައި މިހާރު ވަނީ ބަނދެފައި: މޭޔަރު އާޒިމް
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
01 އޮކްޓޯބަރު 2025

ޑޮމެސްޓިކް ހާބަރަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް، އެމްޕީއެލްއިން އެ ބިން ބޭނުންކުރަމުން ދަނީ ގާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

01 އޮކްޓޯބަރު 2025
ޑޮމެސްޓިކް ހާބަރަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް، އެމްޕީއެލްއިން އެ ބިން ބޭނުންކުރަމުން ދަނީ ގާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް