Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލްއާ ލިވަޕޫލް އެއްވަރު، އެއްވަނާގައި އާސެނަލް!

މެޗު އެއްވަރުވީ 1-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 ޑިސެމްބަރު 2023 | އާދީއްތަ 04:58
އާސެނަލްގެ ގަބްރިއެލް ލަނޑު ޖެހުމަށްފަހު

އާސެނަލްގެ ގަބްރިއެލް ލަނޑު ޖެހުމަށްފަހު

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް އާއި ލިވަޕޫލް އެއްވަރުވެއްޖެއެވެ.

މެޗު އެއްވަރުވުމުން ތާވަލްގައި އާސެނަލްގެ މަގާމަކަށް ބަދަލެއް ނާދެއެވެ. ޕޮއިންޓެއްގެ ލީޑަކާ އެކު އެއްވަނާގައި އޮތީ އާސެނަލް އެވެ. މެޗުން ހޯދި ޕޮއިންޓާއެކު ލިވަޕޫލް ވަނީ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން މޮޅުވެގެން އެއްވަނަ އަށް ޖެހިލަންވެސް ލިވަޕޫލަށް ފުރުޞަތު އޮތެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޑިފެންޑަރ ގަބްރިއެލް ލަނޑު ޖަހާ އާސެނަލް އަށް ލީޑް ހޯދައިދިނެވެ. އޮޑެގާޑްގެ ހިލޭޖެހުން ގަބްރިއެލް ގޯލަށް ފޮނުވާލީ ބޮލުންނެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 29 ވަަނަ މިނެޓުގައި ސަލާހުގެ ލަނޑުންނެވެ. މެޗަށްފަހު އާސެނަލް ކޯޗު އާޓެޓާ ބުނީ އެއްވަރުވުމަކީ އިންސާފްވެރި ނަތީޖާއެއް ކަމަށެވެ.

މިނަތީޖާއާއެކު ލިވަޕޫލް ދެވަނައަށް ޖެހިލީ 39 ޕޮއިންޓާ އެކުއެވެ. ތިންވަނާގައި އޮތް އެސްޓަން ވިލާއާ ދެމެދު އޮތީ ގޯލްގެ ތަފާތެވެ. ހަތަރު ވަނާގައި އޮތީ 2-1 ން އެވަޓަން ބަލިކުރި ޓޮޓްނަމްއެވެ ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މެޗުގެ 9 ވަނަ މިނެޓުގައި ލީޑް ނަގައިދިނީ ރިޗާލިސަން އެވެ. އޭގެ 9 މިނެޓު ފަހުން ދެވަނަ ލަނޑު ޖެހީ ކެޕްޓަން ސޮން އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ފަހު އަށް މިނެޓުގެ ތެރޭގައި ޖެހީ އަންދްރޭ ގޮމޭޒް އެވެ. ޓޮޓްނަމް އޮތީ 36 ޕޮއިންޓާ އެކުއެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މިހާރު އޮތީ 34 ޕޮއިންޓާއެކު ފަސް ވަނާގައެވެ. މިހަފްތާގައި ސިޓީން ލީގު މެޗެއް ނުކުޅެއެވެ. އެއީ ކްލަބް ވަރލްޑްކަޕް ސެމީއާއި ފައިނަލް ކުޅެން އޮތުމުންނެވެ. އެމުބާރާތް ސިޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ޕްރިމިއަރ ލީގުއާސެނަލްލިވަޕޫލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު