Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ފަން ރަން 2023

6000 މީހުންނާއެކު މި އަހަރުގެ ފަން ރަން ކާމިޔާބު، އަންނަ އަހަރުގެ ރަންގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި

ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޑިސެމްބަރު 2023 | ހޮނިހިރު 11:54
އުރީދޫ ފަން ރަންގެ ތެރެއިން

އުރީދޫ ފަން ރަންގެ ތެރެއިން

އުރީދޫ ފަން ރަން 2023 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުނެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމުއަތޮޅުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއަހަރުގެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ 5ކިލޯމީޓަރު ގެ މި އުފާވެރި އަދި އެންމެ ބޮޑު ދުވުމުގެ ދަރަޖަ އިތުރަށް ހަރުދަނާވެގެންދިޔައެވެ. އުރީދޫ ފަން ރަން ކުރިއަށް ދިޔައީ 22 ޑިސެމްބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފޭސް 1 އަދި ފޭސް 2 ގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.

އުރީދޫ ފަން ރަން 2023 ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފާއި ލާމު އަތޮޅުގެ ކައުންސިލް ރައީސް، އިސްމާއިލް އަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޙާލިސް އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު އަލްއުސްތާޛާ، ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފަން ރަން 2023 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރުން އިފްތިތާހުކޮށްދެއްވާފައެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް ކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވަނީ ވިދާޅުވެފައެވެ.

ރަންގައި ދުވުންތެރިން ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރަމުން ދިޔައިރު، ފަން ސްޓޭޝަންތަކުން މަރުހަބާ ކިޔައި، ކުލަ އާއި އޮބްސްޓެކަލަސް އަފި މަޖާ ފޯމް ޕާޓީ އެއް ފެނިގެންދިޔައެވެ. މީގެ އިތުރުން މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕް ގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފައެވެ. ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާ، ފަން ރަން ގެ މެޑަލް ދައްކާލައި، ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ފޮޓޯތައްވަނީ ދުވުމުގެ ބައިވެރިން ހިއްސާ ކޮށްފައެވެ.

އުރީދޫ ފަން ރަން

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު
26 ޑިސެމްބަރު 2023

އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

26 ޑިސެމްބަރު 2023
އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!
08 ޑިސެމްބަރު 2023

އުރީދޫ ފަން ރަން 2023: ލިމިޓެޑް ސްލޮޓާއެކު ރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލައިފި

08 ޑިސެމްބަރު 2023
އުރީދޫ ފަން ރަން 2023: ލިމިޓެޑް ސްލޮޓާއެކު ރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލައިފި
30 ނޮވެމްބަރު 2023

"އުރީދޫ ފަން ރަން" ތަފާތު އެކި ހަރަކާތްތަކާއެކު، ރަޖިސްޓްރީވުމުގެ ސުންގަޑި މިރޭ 12އަށް ހަމަވާނެ

30 ނޮވެމްބަރު 2023
"އުރީދޫ ފަން ރަން" ތަފާތު އެކި ހަރަކާތްތަކާއެކު، ރަޖިސްޓްރީވުމުގެ ސުންގަޑި މިރޭ 12އަށް ހަމަވާނެ
29 ނޮވެމްބަރު 2023

"އުރީދޫ ފަން ރަން 2023"ގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު

29 ނޮވެމްބަރު 2023
"އުރީދޫ ފަން ރަން 2023"ގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު
20 ނޮވެމްބަރު 2023

އުރީދޫ ފަން ރަންގެ ބިބް ކިޓުގައި ނަން ޖަހައި، ކަސްޓަމައިޒް ކުރެވޭ ގޮތް ހަދައިފި

20 ނޮވެމްބަރު 2023
އުރީދޫ ފަން ރަންގެ ބިބް ކިޓުގައި ނަން ޖަހައި، ކަސްޓަމައިޒް ކުރެވޭ ގޮތް ހަދައިފި
05 ނޮވެމްބަރު 2023

ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޑްރޯން ރޭސް، އުރީދޫ ފަން ރަން އާއިއެކު ބާއްވަނީ

05 ނޮވެމްބަރު 2023
ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޑްރޯން ރޭސް، އުރީދޫ ފަން ރަން އާއިއެކު ބާއްވަނީ
20 ނޮވެމްބަރު 2022

ތަރުހީބު ބޮޑުވެ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

20 ނޮވެމްބަރު 2022
ތަރުހީބު ބޮޑުވެ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
04 ނޮވެމްބަރު 2022

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

04 ނޮވެމްބަރު 2022
އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު