Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

އުރީދޫ ޑްރޯން ރޭސް: ސްކައި ވޯކާ ކެޓަގަރީގެ ފައިނަލް ހުކުރު ދުވަހު!

ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ 9 ޕައިލެޓުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ޑިސެމްބަރު 2023 | އަންގާރަ 02:12
އުރީދޫ ޑްރޯން ރޭސް ސްކައި ވޯކާ ކެޓަގަރީގެ ފައިނަލުގައި ވާދަ ކުރާ ފަރާތްތައް އުރީދޫގެ އިސް ފަރާތްތަކާއެކު

އުރީދޫ ޑްރޯން ރޭސް ސްކައި ވޯކާ ކެޓަގަރީގެ ފައިނަލުގައި ވާދަ ކުރާ ފަރާތްތައް އުރީދޫގެ އިސް ފަރާތްތަކާއެކު

އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު ހޯމަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.

ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް އުރީދޫއިން ވަނީ ދީފައެވެ. މި 30 ޕައިލެޓުންގެ ތެރެއިން، ކޮލިފައިންގ ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ހުނަރުވެރި 9 ޕައިލެޓެކެވެ.

ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފައެވެ. މީގެ ތެރޭގައި އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއްވެސް ވަނީ ކޮލިފައިންގް ރައުންޑްގައި ބައިވެރިވެ، ފައިނަލަށް ގޮސްފައެވެ.

އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ ޑިސެމްބަރު މަހުގެ 22 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ ކަމަށް އުރީދޫއިން ބުންޏެވެ. މި ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެކެވެ.

އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް އެއް ވަނަ ދެ ވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީން އެއް ވަނައަށް ދާ ފަރާތަކަށް ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް ލިބޭއިރު ދެ ވަނައަށްދާ ފަރާތަކަށް 5ޖީ އެއަރފައިބަރ ޑިވައިސް އަދި 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ) ލިބޭނެއެވެ. އަދި ތިން ވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާގެ މޫލީ ވައުޗަރ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީން އެއްވަނައަށް ދާފަރާތަކަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ހުށަހަޅާފައިވާއިރު ދެ ވަނައަށް ދާ ފަރާތަކަށް 5ޖީ އެއަރފައިބަރ ޑިވައިސް އަދި 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)، ތިން ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާގެ މޫލީ ވައުޗަރ އެއް ލިބޭނެއެވެ.

އަންނަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ރާއްޖޭގެ އެންމެ ފުރަތަމަ ޑްރޯން ރޭސިން ކޮމްޕެޓިޝަން ކަމުގައިވާ އުރީދޫ ޑްރޯން ރޭސްގެ ފައިނަލް ބަލާލުމަށް ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފަން ރަން 2023 ގެ ޕްރީމިއަމް ޕާޓްނަރު، ސްޓެބިސިސް އިން ދައުވަތު ދެއެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު