Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރާއި އިދިކޮޅު ސައިޓްތައް ބްލޮކްކުރުން

ސަރުކާރާއި އިދިކޮޅު ސައިޓްތައް ބްލޮކްކުރުމަކީ އެއީ ނޫސްވެރިންނާއި ނޫސްތަކަށް ދޭ ބޮޑު ނުރައްކަލުގެ ރަނގަބީލެއް - އެމްޖީއޭ

ސަރުކާރުން މީގެ ކުރިން ބުނީ ސަރުކާރުން ބްލޮކް ކުރަމުން ދަނީ ޤަވާއިދާއި ޚިލާފަށް ހިންގާ ސައިޓްތައް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޑިސެމްބަރު 2023 | ހުކުރު 12:57
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ބައިވެރިވަނީ

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ބައިވެރިވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުން އައި ބައެއް ވެބްސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދިޔަ ނޫހަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށްފިއެވެ.

އެ ޖަމިއްޔާއިން ބުނީ އެއީ ނޫސްވެރިންނާއި ނޫސްތަކަށް ދޭ ބޮޑު ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ. ސަރުކާރުން މީގެ ކުރިން ބުނީ ސަރުކާރުން ބްލޮކް ކުރަމުން ދަނީ ޤަވާއިދާއި ޚިލާފަށް ހިންގާ ސައިޓްތައް ކަމަށެވެ. އެމްޖޭއޭ އިން ވަނީ ސަރުކާރުގެ އެ އަމަލާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ" އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ޤަވާއިދާއި އެއްގޮތަށް ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ދިން ނަމަވެސް ސަރުކާރުން އެގޮތަށް އަމަލުނުކުރާކަން ފާހަގަކޮށްލެވެއެވެ.

ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކުރުމާ ގުޅިގެން އާއްމުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ. އެމްޖޭއޭ އިން ބުނެފައި ވަނީ ސަރުކާރުގެ މި އަމަލަކީ މިއީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަަށް އުނިކަން ގެނުވާ އަމަލެއް ކަމަށެވެ. އެފަދަ ޑިމޮކްރަސީއާ ބީރަށްޓެހި މި ފިޔަވަޅުތަކަކީ ސަރުކާރުން ދިން ބޮޑު ނުރައްކަލުގެ ރަނގަބީލެއް ކަމަށް ވަނީ ބުނެފައެވެ. ފާޑުކިޔުންތައް ބޮޑުވެ ސަރުކާރަށް ޕްރެޝަރ ބޮޑުވުމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ ފުރަތަމަ ބްލޮކްނުކުރާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ނޫހުން އެކަން ދޮގުކުރެއެވެ. އެ ނޫހުން ވަނީ އެ ނޫސް ބްލޮކްކޮށްފައި ވަނީ ނޫހުގައި ހިއްސާކުރި ރިޕޯޓަކަށް ފަހު ކަމަށް ބުނެފައެވެ.

ނޫސްވެރިން

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
18 ނޮވެމްބަރު 2024

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

18 ނޮވެމްބަރު 2024
މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު