Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ފަރާތްތައް ފުލުހަށް

ސަމީރު ފުލުސް އޮފީހަށް ހާޒިރުވެއްޖެ

28 ޖުލައި 2017 | ހުކުރު 14:29

ސަމީރު ފުލުސް އޮފީހަށް ހާޒިރުވީ ގާނޫނީ ވަކީލް ހިސާން އާ އެކު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ޖުލައި 2017 | ހުކުރު 14:29
ސަމީރު މިއަދު ފުލުސް އޮފީހަށް ހާޒިރުވަނީ

ސަމީރު މިއަދު ފުލުސް އޮފީހަށް ހާޒިރުވަނީ

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙުމަދު ސަމީރު ފުލުހުންގެ އިދާރާއަށް ވަޑައިގެންފި އެވެ.

ސަމީރަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގީ ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އޮފީސް ބަލައި ފާސްކުރަމުންދިޔައިރު، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ކޯޓުން ފުލުހުންނަށް ދިން އަމުރު ތަންފީޒުކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

Advertisement - newsAdvertisement

ސަމީރު ވަނީ ބުރާސްފަތި ދުވަހުގެރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި މިއަދު އޭނާ ހާޒިރު ކޮށްފައިވަނީ ވަކީލަކު އައްޔަން ކޮށްގެން މިއަދު ހަވީރު ހާޒިރުވުމަށް އެންގުމުންނެވެ. ސަމީރު މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވީ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިންނާއެކު އެވެ.

ކުނޫޒު ބަލާ ފާސްކުރުމަށް ކޯޓު އަމުރު ނެރެފައި ވަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އަދި މިނޫން ވެސް ބައެއް ފަރާތްތަކުން އިސްކޮށް ތިބެ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި، ސަރުކާރު ވައްޓާލުމަށް ސައްލާކޮށް، ރާވާއި، އަދި ރައްޔިތުން މަޖިލީހުން ކުރާ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީ ކުނޫޒް ބަލައި ފާސްކުރުމަށެވެ. އަދި އެ އަމުރުގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފސް ގަޑިއިރެއްހާއިރު ބަލާ ފާސްކުރުމަށްފަހު ފުލުހުން ވަނީ އެތަން ބަލާ ފާސްކޮށް ނިމުކަމުގެ ލިޔުމެއް ދީފަ އެވެ. އަދި ދެ ވަަނަ ފަހަރަށް ބުދަ ދުވަހު ފުލުހުން ކުނޫޒު ބަލާ ފާސްކުރުމަށް ދިއުމުން ފުލުިހުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އެ ކޯޓު އަމުރުގެ ދަށުން ދެ ވަނަ ފަހަރަށް ބަލާ ފާސް ނުކުރެވޭނެ ކަަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުނޫޒު ބަލާފާސްކުރުމަށްފަހު، ފުލުހުން ދޫކޮށްފައިވާ ލިޔުމަކީ އެ ރޭ ފާސްކުރެވުނު ތަކެއްޗާއިބެހޭ ގޮތުން ދޫކޮށްފައިވާ ލިޔުމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ކުނޫޒު އެއްކޮށް ބަލާފާސްކޮށް ނިންމުމަށްފަހު ދުކޮށްފައިވާ ލިޔުމެއް ނޫން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
29 މާރިޗު 2017

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

29 މާރިޗު 2017
ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ
29 މާރިޗު 2017

އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

29 މާރިޗު 2017
އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
24 މާރިޗު 2017

ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

24 މާރިޗު 2017
ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް