Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަތިޔާރުއެޅި ބަޔަކު ޕާކިސްތާނުގައި ދިން ހަމަލާ

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕޮލިސް ސްޓޭޝަނަކަށް ދިން ބޮމުގެ ހަމަލާއެއްގައި 23 އޮފިސަރުން މަރުވެ 32 މީހުން ޒަޚަމްވެއްޖެ

މި ހަމަލައަކީ ފާއިތުވި މަސްތަކުގައި އެގައުމުން ފެނުނު އެންމެ ނުރައްކާތެރި އެއް ހަމަލާ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 22 ޑިސެމްބަރު 2023 | ހުކުރު 06:13
ޕާކިސްތާނުގައި ހަތިޔާރު އެޅި ޖަމާޢަތަކުން ދިންހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތެއް

ޕާކިސްތާނުގައި ހަތިޔާރު އެޅި ޖަމާޢަތަކުން ދިންހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތެއް

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ޕޮލިސް ސްޓޭޝަނެއްގެ މައި ގޭޓުކައިރީގައި ހަތިޔާރުއެޅި ގްރޫޕަކުން ދިން ބޮމުގެ ހަމަލާއެއްގައި 23 ސިފައިން މަރުވެ 32 މީހުން ޒަޚަމްވެ އިމާރާތުގެ ބައެއް ވެއްޓިފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާ އާއިން ބުނެފިއެވެ.

މި ހަމަލައަކީ ފާއިތުވި މަސްތަކުގައި އެގައުމުން ފެނުނު އެންމެ ނުރައްކާތެރި އެއް ހަމަލާގެ ގޮތުގައި އަސްކަރިއްޔާއިން ވަނީ ސިފަކޮށްފައެވެ. އަދި މިހަމަލާގެ ސަބަބުން ވިޔަފާރިތަކަށާއި ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަ ހަނގުރާމަވެރިން ބަޑިޖަހާ، އެމީހުން މަރާލުމުގެ ކުރިން އެ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު އެތައް ގަޑިއިރެއް ވަންދެން ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި ހަމަލާދިން ހަ މީހުން ވެސް މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބައެއް އޮފިސަރުންގެ ހާލު ސީރިއަސްކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ފުލުހުންގެ އިސް އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވި 23 މީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ އެއް ސަރަޙައްދެއްގައި ހިންގި ގިނަ އޮޕަރޭޝަންތަކުގައި "ސިފައިން 27 ހަނގުރާމަވެރިން މަރާލާފައިވާ" ކަމަށެވެ.

މި ހަމަލަ ދީފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ޑެރާ އިސްމާއިލް ޚާންގެ ދަރަބާން ޕޮލިސް ސްޓޭޝަނަށްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މި ޕްރޮވިންސަކީ ހަނގުރާމަވެރި ޕާކިސްތާނު ޠާލިބާންނާއި، ގުޅުން އޮންނަނަ ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ޠާލިބާން ޕާކިސްތާން ނުވަތަ ޓީޓީޕީގެ ކުރީގެ ބާރުގަދަ ޕްރޮވިންސެކެވެ.

އެ ހަމަލާގެ ޒިންމާ އުފުލާފި، އަލަށް އުފެދުނު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ޖިހާދު ޕާކިސްތާން ނުވަތަ ޓީޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލައަމާޒު ކޮށްފައިވަނީ ޕޮލިސް ސްޓޭޝަނުގައި ތިބި އޮފިސަރުންނަށް ކަމަށް ބުނެފައެވެ.

އަދި 20 އޮފިސަރުން މަރާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަލާ ދިން ސަރަހައްދު ކައިރީގައި ހޮޓަލެއް ހިންގާ މެހެރްބާން ޚާން މީޑިއާށް ކިޔައިދިން ގޮތުގައި ޕޮލިސް ސްޓޭޝަނަށް ހަމަލާދެމުން ދިޔަ އިރު އޭނާހުރީ ބަލާށެވެ. އެ ހަމަލާތަކުގައި އަސްކަރިއްޔާގެ އެތައް ބަޔަކު މަރުވެ ނުވަތަ ޒަޚަމްވި ތަން އެނާއަށް ފެނުނު ކަމަށް އޭނާ ބުނެއެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވަނީ މި ހަމަލާ ކުށްވެރިކުރައްވައި "ޝަހީދުވި" މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި "އެމީހުންގެ ގުރުބާނީ ބޭކާރު ނުވާނެ" ކަމަށާއި އެފަދަ ހަމަލާތަކުން ސަލާމަތީ ބާރުތަކުގެ އަޒުމް ބަލިކަށި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ވަގުތީ ދާޚިލީ ވަޒީރު ސަފްރާޒް ބުގްޓީ ވަނީ މި ހަމަލާ ކުށްވެރިކުރައްވައި މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ.

ޚައިބަރު ޕަޚްތޫންޚުވާގައި ހަމަނުޖެހުންތައް އިތުރުވެ، މިއަހަރު ހަނގުރާމަވެރިން ވަނީ ނުރައްކާތެރި އެތައް ހަމަލާތަކެއް ދީފައެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގެ މިސްކިތަކަށް ފުލުހެއްގެ ޔުނީފޯމްގައި ހުރިމީހަކު ދިން ބޮމުގެ ހަމަލާއެއްގައި 101 މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ ފުލުހުންނެވެ.

ޕާކިސްތާނުގެ ޠާލިބާނުން ދަނީ 2022 ވަނަ އަހަރުން ފެށިގެން ސަލާމަތީ ބާރުތަކަށް ހަމަލާތައް ދެމުންނެވެ. ކަމާބެހޭ ފަރާތްތަކުން ބުނަނީ 2021 ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނު ހިފުމުން ހަނގުރާމަވެރިންނަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

ޠާލިބާނުންގެ އިތުރުން ޓީޓީޕީ އަކީ ވަކި ޖަމާއަތެއް ނަމަވެސް އަފްޣާނިސްތާނުގެ ޠާލިބާނުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޖަމާއަތެކެވެ.

ޕާކިސްތާންދުނިޔެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު