Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެހިތަނަވަސް މާލެ މެނިފެސްޓޯ ލޯންޗްކުރުން

ފެހިތަނަވަސް މާލެ މެނިފެސްޓޯ ލޯންޗްކުރުން - ވައުދުތަކުގައި މަސްމާރުކޭޓް ހުރިތަން ބަދަލުކުރުމާއި، ޕޮކެޓް ޕާރކިން އަދި ޕޮކެޓް ޕާރކްތައް

22 ޑިސެމްބަރު 2023 | ހުކުރު 00:27

ޕަރމަނަންޓް ކާނިވަލެއް ޤާއިމްކުރުމަށް ވައުދުވެވަޑައިގެންނެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޑިސެމްބަރު 2023 | ހުކުރު 00:27
މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން 2024ގެ އެމް.ޑީ.ޕީ ފެހި ތަނަވަސް މާލެ މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން 2024ގެ އެމް.ޑީ.ޕީ ފެހި ތަނަވަސް މާލެ މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން 2024ގެ އެމް.ޑީ.ޕީ ފެހި ތަނަވަސް މާލެ މެނިފެސްޓޯ ލޯންކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މެނިފެސްޓޯގެ ތަފްސީލްތައް ހިއްސާކޮށްދެއްވީ އެމްޑީޕީގެ މާލެސިޓީ މޭޔަރ ކެނޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.

Advertisement - newsAdvertisement

ފެހި ތަނަވަސް މާލެ މެނިފެސްޓޯގެ ތެރޭގައި ޖުމްލަ 5 ކަމެއް ހާމަކުރައްވާފައިވާއިރު އޭގެ ތެރޭގައި ޒުވާނުންނާއި ގުޅުން ހުރި ކަންކަމާއި އިޖްތިމައީކަންކަން އަދި އިދާރީ ކަންކަން ވެސް ހިމެނެއެވެ.

އެ މެނިފެސްޓޯގެ ފުރަތަމަ ވައުދަކީ މާލޭގެ ގެދޮރުވެރިކަމާއި ގުޅުން ހުރި ވައުދެކެވެ. އާޒިމް ވަނީ އެމްޑީޕީން ވަނީ މީގެ ކުރިން ވެސް މާލޭގެ ބޯހިޔާވަހިކަމާއި ގުޅުން ހުރި މަސައްކަތްތަކުގެ ތެރެއިން އެއްބައި ނިންމާފައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއްމުންނަށް 40 އަހަރަށް ފަހު މާލެ އިން ގޯތި ލިބޭނެ މަގު ފަހިކޮށްދެއްވިކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވަނީ މޭޔަރުކަން ލިބިވަޑައިގެންފި ނަމަ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މާލެ ސަރަހައްދުން ގޯތިދިން ތަނުން ގޯތި ލިބޭކަން ކަށަވަރުކުރާނެ ކަަމަށް ވައުދުވެވަޑައިގަންނަވާފައެވެ. އަދި ފްލެޓްތަކަށް އެދިގެން ތިބި މީހުންގެ ހައްގުތައް މިހާރުން މިހާތަށް ރައްކާތެރިކޮށް ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އާޒިމް ވަނީ މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ނޫންކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތިދޭ ނަމަ އެތަނަކަށް ބްރިޖް ހުރަސްކޮށް ފަސޭހައިން ދެވެންވާނެ ކަަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ސަރުކާރުން ވަނީ ގޯތިދޭން ފަށާފައި ކަމަށާއި އެ މަސައްކަތް ކުރިއަށް ދާނީ ދަފްތަރުގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ކަަމަށް އާޒިމް ވިދާޅުވިއެވެ. އެ ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ހައްގު ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެެވެ.

މާލޭގައި ނުހެދި ހުރި ބިންތައް ހެދުމަށް ރަނގަޅު ފައިނޭންޝަލް މޮޑެލިންގެ ތެރެއިން މަސައްކަތްކުރުމަކީ މި މެނިފެސްޓޯގެ ދެވަނަ ވައުދެވެ. އެގޮތުން މާލެއަށް ދިމާވެފައިވާ ޕާކިން، ކުނި އަދި ހިތްފަސޭހަތަންތަން މަދުވުމުގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން ޕޮކެޓް ޕާކިން، ޕޮކެޓް ކުނި ނަގާތަންތަނާއި، ޕޮކެޓް ޕާރކްތައް ތައާރަފްކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަމަށް ހައްލު ހޯދާނީ މާލޭގައި ނުހެދި ހުރި ބިންތައް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ސާފު މާލެ ވައުދުގެ ތެރެއިން މާލެ އަށް ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބުޅަލުގެ ޕާރކެއް ހަދާ 6 މަސް ދުވަހުގެ ތެރޭގައި އެކަމަށް ހައްލު ގެންނަވާނެ ކަަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެތަނުގައި ވެޓް ކްލިނިކެއް ވެސް ޤާއިމްކުރައްވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށް ޕްރެކްޓިކަލް ސޮލިއުޝަންތަކެއް ދޭން ޖެހޭކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ކުނި ބަހައްޓާނެތަނެއް ނެތީމަ ފަސޭހަ ތަނެއްގައި ބަހައްޓާ ކަމަށާއި އެކަމަށް ހައްލެއް ހޯއްދަވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލިމާލެ އަށް އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގެނައީ ނިމިދިޔަ ސަރުކާރުންކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި ވިލިމާލޭގައި ކުރީގެ މޭޔަރ އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިލިމާލެ އަށް ގެންދިޔަ ބަގީތައް މިހާރު ބާދަގަނޑަށް ކިރާލަން ރެޑީކޮށްލާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވިލިމާލެ ޒީނަތްތެރިކޮށް ވިޔަފާރި ފުރުސަތުތަކެއް ހޯދާދޭން މަސައްކަތްކުރައްވާނެ ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އެތަނަކީ އާޓިސްޓުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމާއި ފުނަމާ ހިތްފަސޭހަ މައިޒާން ރީތިކޮށް ޗާލުތަނަކަށް ހެދުމަށް އޭނާ ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

މި ސިޔާސަތުގެ ދަށުން ޚިދުމަތްތައް ހޯދަން އާދޭސްކުރުން ނިމުމަކަށް ގެނައުމަށް ވައުދުވެލައްވާފައިވެއެވެ. މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ވަރުގަދަކުރުމާއި، ޕާކިން އަށް ރަނގަޅު ހައްލެއް ހޯދާދިނުމާއި، ޕާކިން ބިލްޑިންތައް ގަރާޖުތަކާއި އެއްކޮށް ޤާއިމްކުރުމާއި، ލޮނުޒިޔާރަތްކޮޅުން އުދަ އަރާ މައްސަލަ އަށް ހައްލެއް ހޯދާދިނުން ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އީގޭމިން މުބާރާތަކާއި މާލެސިޓީގެ މެރަތަން، ސިޓީ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވައުދުވެވަޑައިގަތެވެ.

އިތުރަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި އާމްދަނީ ހަރަދުތަކާއި ރިސޯސަސް ހާމަކުރައްވާނެ ކަަމަށް ވައުދުވެވަޑައިގަތެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން އެކަންކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އިތުރަށް އާޒިމްވެލައްވާފައިވާ ވައުދުތަކުގެ ތެރޭގައި

- ޕަރމަނަންޓް ކާނިވަލެއް ޤާއިމްކުރުން

- ސިޓީ ޝޮޕިން މޯލް ހުޅުވުން

- މަސްމާރުކޭޓްހުރިތަން ބަދަލުކުރުން

- 1 ނަމްބަރު ފާލަން ސަރަހައްދުން ފުރާ މީހުންނަށް ފަސޭހަވާނެހެން ހިޔަލުގައި ތިބެވޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

އާދަމް ޢާޒިމްއެމްޑީޕީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް