Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޯޖާން މިހަލޮވިޗް

މާޒިޔާ އަށް ސާބިއާގެ ޑިފެންޑަރެއް ގެނެސްފި

28 ޖުލައި 2017 | ހުކުރު 13:37

ޓްރާންސްފާގައި މާޒިޔާ އަށް ވަނީ ހަތަރު ކުޅުންތެރިން ގެނެސްފައި

ލީވާން އަލީ
ލީވާން އަލީ | 28 ޖުލައި 2017 | ހުކުރު 13:37
މާޒިޔާއާ އަލަށް ގުޅުނު ބޯޖާން މިހަލޮވިޗް

މާޒިޔާއާ އަލަށް ގުޅުނު ބޯޖާން މިހަލޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސާބިއާގެ ޑިފެންޑަރެއްކަމަށްވާ ބޯޖާން މިހަލޮވިޗް ގެނެސްފި އެވެ.

އުމުރުން 28 އަހަރުގެ މިހަލޮވިޗް މާޒިޔާއަށް ގެނެސްފައިވަނީ އެޓީމުގެ ރުމޭނިޔާގެ ޑިފެންޑަރު އަންދުރޭ ކޯޑޯސް ދޫކޮށްލުމަށްފަހު އެވެ.

މިހަލޮވިޗް ވަނީ މީގެކުރިން ބެލަރޫސް ޕްރިމިއާ ލިގުގެ އެފްސީ މިސްކް ރަޔޮން، އަރްމީނިއާ ޕްރިމިއާ ލީގުގެ އެފްސީ ބަނަންޓުސް އަދި ހަންގޭރީގެ ދެވަނަ ޑިވިޝަން ކްލަބެއްކަމަށްވާ ޖަޕެސްޓަށްވެސް ކުޅެފައެވެ. އޭނާ މިދިޔަ އަހަރު ކުޅުނީ އެފްސީ މިސްކް ރަޔޮން އަށެވެ.

މިހަލޮވިޗް މާލެ އައިސް މާޒިޔާ ޓީމާ ގުޅިފައިވާއިރު، އޭނާ ވަނީ ބުރާސްފަތި ދުވަހު އޮތް މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އަންނަ މަހު ފަށާ ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ މިހަލޮވިޗްގެ އިތުރުން ދިވެހި ދެ ކުޅުންތެރިން އަދި ބިދޭސީ ދެ ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނޭ ދިވެހި ދެ ކުޅުންތެރިންނަކީ ވިކްޓްރީ އަށް ކުޅުނު އިސްމާއިލް އީސާ (މެސީ) އަދި މުހައްމަދު އާރިފް (ބަކާ) އެވެ.

މާޒިޔާ އިން އެޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ދޫކޮށްލާފައިވާއިރު، އަލަށް ގެނެސްފައިވަނީ ވިކްޓްރީއަށް ކުޅެމުން އައި ސީރިޔާގެ ކީޕަރު މަހުމޫދު އަލްޔޫސުފް އަދި ކްރޮއޭޝިއާގެ އަންދުރޭ ކެރިޗް އެވެ. އެހެންނަމަވެސް މާޒިޔާއާ އެކު މާލޭ ލީގު ކުޅުނު މިލޮސް ކަވަސަވިޗް އެޓީމުން ދުލެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް