Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މޭޔަރު ކެންޑިޑޭޓް

ބޯހިޔާވަހިކަމާ މެދު މާލެ މީހުންގެ އޮތް މާޔޫސްކަމަށް ހައްލު ހޯދައިދެވޭނީ އާޒިމް އަށް - ހިސާން

މާލޭ މީހުން ބޭނުން ވަނީ ދޮގުވެރިއެއް ނޫން ކަމަށާއި ބޭނުންވަނީ ޤަނޫނު އަސާސީ އަށް އިޙުތިރާމްކުރާނެ މީހެއް ކަމަށް ހިސާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޑިސެމްބަރު 2023 | ބުރާސްފަތި 08:19
އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގެ ތެރެއިން

ބޯހިޔާވަހިކަމާއި މެދު މާލޭ މީހުންގެ އޮތް މާޔޫސްކަމަށް ހައްލު ހޯދައި ދެވޭނީ އެމްޑީޕީގެ މާލޭ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމްއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން އެފަދައިން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އަހްމަދު އިމްރާނުގެ ކެމްޕެއިންގެ ތެރެއިން ބުދަ ދުވަހުގެރޭ ވަނީ ބޮނޑިބަތްޕާކުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން މާލެ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ތަންކަމަށް ވާއިރު، މާލެއަށް މޭޔަރަކު ހޮވުމުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އާއްމުން ވޯޓު ދީގެން މާލެސިޓީ ކައުންސިލަށް މޭޔަރަކު ހޮވަނީ މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަޤްސަދުގައި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އެހެންކަމުން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތު އަދާކުރާނެ މީހަކަށް ވޯޓުދިނުން މުހިންމުކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ އާޒިމް އަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި އާޒިމް ވަނީ އޭނާ އަށް ހަވާލުކުރައްވާ ކޮންމެ ކަމެއް ވެސް ރަނގަޅަށް އަދާކުރައްވާ، ހަރުދަނާ، ޤާބިލް ބޭފުޅެއްކަން ސާބިތުކޮށްދީފައި ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އާޒިމްއަކީ ކަންކަމުގައި ޒިންމާ ނަންގަވާ، އެކަމަށް ފަރިތަ ބޭފުޅެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ މާލެ އަށް ބޭނުން ވަނީ އާޒިމް ފަދަ މޭޔަރެއް ކަމަށެވެ. މާލޭ މީހުން ބޭނުން ވަނީ ދޮގުވެރިއެއް ނޫން ކަމަށާއި ބޭނުންވަނީ ޤަނޫނު އަސާސީ އަށް އިޙްތިރާމްކުރާނެ މީހެއް ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިންއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު