Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން ފުޓްބޯޅަ

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމް ފުރަތަމަ ޑިވިޝަނަށް!

ދެވަނަ ޑިވިޝަން ފަށާނީ މިމަހު 26 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 05:23
ނިއުރޭޑިއަންޓްގެ ކޯފީ ބޯޅަ ހިފައިގެން ކުރިއަށްދަނީ: ފޮޓޯ-ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓްގެ ކޯފީ ބޯޅަ ހިފައިގެން ކުރިއަށްދަނީ: ފޮޓޯ-ނިއުރޭޑިއަންޓް

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށްވެސް ފުރަތަމަ ޑިވިޝަނުން ޖާގަދޭން ނިންމައިފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޖައުޝަން ޝަރީފް ވިދާޅުވީ އެބަދަލު ގެންނަން ނިންމައިފި ކަމަށާއި ގަވާއިދުގައި އެބަދަލު އޮންނާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ނިންމީ ޗެމްޕިއަން ޓީމަށް އެކަނި ފުރަތަމަ ޑިވިޝަންގެ ޖާގަ ދޭގޮތަށެވެ. ޖައުޝަން ވިދާޅުވީ ވަރަށްގިނަ ގޮތްގޮތަށް ބެލުމަށްފަހު ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލަކީ ދެޓީމަށް ފުރުޞަތު ދިނުން ކަމަށެވެ. އެބަދަލު ގެނައީ ކުޅިވަރު މިނިސްޓްރީން ވެސް އެކަމަށް އެދިގެންކަމަށް ޖައުޝަން ވިދާޅުވިއެވެ.

މީގެއިތުރުން ފުރަތަމަ ޑިވިޝަންގެ އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެކަމަށް ވެސް ޖައުޝަން ވިދާޅުވިއެވެ. ދިވެހި ލީގުގެ މެދުން މެޗުތަކަށް ހާޒިރުވެވެން ނެތްކަން އަންގާ ލީގުގެ ދެވަނަ ބުރުގެ ބޮޑުބައެއް ނުކުޅެ ދޫކޮށްލި ދެޓީމް ވެސް އަންނަ އަހަރުވެސް އޮންނާނީ ފުރަތަމަ ޑިވިޝަންގައެވެ. ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބޭނެ ޓީމެއް ކަނޑައެޅުމަށް ކޮލިފިކޭޝަން އެއް ނުކުޅޭނެއެވެ.

ނަމަވެސް ދެވަނަ ޑިވިޝަންގައި ވާދަކުރާ ކްލަބަކުން ބުނީ ދެވަނަ ޓިވިޝަންގެ ތިން ޓީމަކަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދޭނެކަމަށް ތަކުރާރުކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ކަމަށެވެ. އެކިފަހަރު މަތިން ފަސްވަމުން އައިސް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވާނެކަން އެފްއޭއެމްއިން ވަނީ ބުނެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް ބަހާލަނީ ތިން ގްރޫޕަކަށެވެ.

މުބާރާތް ފަށަން އެފްއޭއެމްއިން މިހާރު ކަނޑައަޅާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަ ދެބާރު ނިއުރޭޑިއަންޓާއި, ވިކްޓްރީއާއި, ލެގޫންސްއާއި މަސްއޮޑީއާއި ކުޑަހެންވެއިރު ވެސް ދަނީ ދެވަނަ ޑިވިޝަނަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު