Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ރަސްމާލެ" ތަރައްޤީކުރުން

"ރަސްމާލެ" އަށް ސަރުކާރުން ޚަރަދެއް ނުކުރާނެ، ޚަރަދު ހޯދާ ގޮތުގެ ތަފްސީލެއް އަދިވެސް ނުދޭ!

އެ މަޝްރޫޢުއަށް ޚަރަދުކުރާ ގޮތާއި ހިނގާ ޚަރަދުގެ ތަފްސީލެއް ހާމައެއް ނުކުރައްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 01:28
ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ

ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އުނިކޮށްފައި ވަނިކޮށް، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރަން ފަށާފައިވާ "ރަސްމާލެ" އަށް ސަރުކާރުން ޚަރަދެއް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެފަދައިން ވިދާޅުވީ ކަންގަތި އެވޯޑް 2023 ދިނުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރަސްމާލެ މަޝްރޫޢު ފެށިގެން މިހާރު ކުރިއަށްދާއިރު އެ މަޝްރޫޢު ކުރިޔަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމާލާނެކަމަށް ވެސް ރައީސް ވަނީ އެ ހަފްލާގައި ވިދާޅުވެފައެވެ. ރައީސް އެހެން ވިދާޅުވެފައި މިވަނީ ފުށިދިއްގަރުފަޅުގެ ބަޖެޓް ކޯޑުވެސް މަޖިލީހުން އުނިކޮށްފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ފުށިދިއްގަރު ފަޅު "ރަސްމާލެ"ގެ ނަމުގައި ހިއްކުމަކީ ބިޔަ މަޝްރޫޢުއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެތަނަކީ އެއީ ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އިތުރަށް، ގިރާވަރު ފަޅާއި، ގުޅިފަޅު ހިއްކައި، އެންމެ ޒަމާނީ ފެންވަރުގައި، އާ ޝަހަރުތަކެއް ދިވެހީންގެ ޙަޔާތަށް ހަދިޔާކުރެވޭނެ ކަމަށެވެ.

ހަމައެހެންމެ ރަސްމާލެ ވާނީ ނިކަން ވިންދު ހުރި ސިޓީއަކަށް ކަމަށާއި އެތަން ވާނީ ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރަސްމާލެ މި ބިނާކުރަނީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ، ޑިޖިޓަލް، ސްމާޓް ސިޓީއެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތި ނުހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. ފުށިދިއްގަރުފަޅުގެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ކަނޑައަޅައި، އެ އަދަދު އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ހިމެނިއެވެ. ނަމަވެސް އެ މަޝްރޫއުގެ ފައިނޭންސާގުޅޭ ތަފްސީލެއް ނެތުމާއެކު، މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓުން އެ 400 މިލިއަން އުނިކޮށްްފައެެވެ. ފުށިދިއްގަރުފަޅު ތަރައްްޤީކުރުމުގެ މަސައްކަތުގެ މާލީ ތަފްސީލްތައް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. އެގޮތުން އެ މަޝްރޫޢުއަށް ޚަރަދުކުރާ ގޮތާއި ހިނގާ ޚަރަދުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުފުށިދިއްގަރުފަޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު