Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޮޓިންހަމް ފޮރެސްޓް

އަލް އިއްތިހާދުން ވަކިކުރިން ސަންޓޯ، ނޮޓިންހަމް ފޮރެސްޓާ ހަވާލުވެއްޖެ

21 ޑިސެމްބަރު 2023 | ބުރާސްފަތި 01:00

އުމުރުން 49 އަހަރުގެ ސަންޓޯ ނޮޓިންހަމް ފޮރެސްޓާ ހަވާލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޑިސެމްބަރު 2023 | ބުރާސްފަތި 01:00
ނޮޓިންހަމް ފޮރެސްޓުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ

ނޮޓިންހަމް ފޮރެސްޓުގެ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ

މިދިޔަ ނޮވެމްބަރު މަހު އަލް އިއްތިހާދުގެ ކޯޗުކަމުން ވަކި ކުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓާ ހަވާލުވެއްޖެ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުގެ ކޯޗުކަމުން އޭނާ ވަކިކޮށްފައި ވަނީ، އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ، ހުސްވެފައިވާ ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. ނޮޓިންހަމް ފޮރެސްޓުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ސްޓީވް ކޫޕާ މަގާމުން ވަކިވުމުންނެވެ.

އުމުރުން 49 އަހަރުގެ ސަންޓޯ ނޮޓިންހަމް ފޮރެސްޓާ ހަވާލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. ސަންޓޯގެ އިރުޝާދުގެ ދަށުން ނޮޓިންހަމް ފޮރެސްޓް ކުޅޭނެ ފުރަތަމަ މެޗަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ.

އަލް އިއްތިހާދުގެ ކޯޗުކަމާ ސަންޓޯ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ އޭނާ ވަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިއަހަރުގެ ޖަނަވަރީ މަހު އެ ކުލަބާއެކު ސައުދީ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން މެއި މަހު އޭނާ ވަނީ އެ ކުލަބަށް ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްދީފަ އެވެ. މިއީ 14 އަހަރުގެ ތެރޭގައި އެ ކުލަބަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެ ކާމިޔާބީތަކާ އެކު ވެސް، މި ސީޒަންގައި ސަންޓޯ އަށް ނަތީޖާ ނުނެރެވޭތީ, ކުލަބުން ނިންމީ އޭނާ ވަކި ކުރުމަށެވެ.

ސަންޓޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2012 ވަނަ އަހަރު ޕޯޗުގަލްގެ ރިވޯ އޭވް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ވެލެންސިއާ، ޕޯޓޯ، ވުލްވްސް އަދި ޓޮޓެންހަމަށް ވެސް އިރުޝާދު ދީފަ އެވެ.

ނޮޓިންހަމް ފޮރެސްޓްނޫނޯ އެސްޕިރީޓޯ ސަންޓޯ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2024

އަމިއްލަ ދަނޑުގައި ފޮރެސްޓު އަތުން ޔުނައިޓެޑު ބަލިވެއްޖެ

08 ޑިސެމްބަރު 2024
އަމިއްލަ ދަނޑުގައި ފޮރެސްޓު އަތުން ޔުނައިޓެޑު ބަލިވެއްޖެ
05 ޑިސެމްބަރު 2024

ހަތް މެޗަށް ފަހު ސިޓީ އަށް މޮޅެއް

05 ޑިސެމްބަރު 2024
ހަތް މެޗަށް ފަހު ސިޓީ އަށް މޮޅެއް
24 ނޮވެމްބަރު 2024

އާރސެނަލް އިން ފޮރެސްޓް ބަލިކޮށްފި

24 ނޮވެމްބަރު 2024
އާރސެނަލް އިން ފޮރެސްޓް ބަލިކޮށްފި
07 އޮކްޓޯބަރު 2024

ފޮރެސްޓް ކައިރިން ޗެލްސީ އެއްވަރު

07 އޮކްޓޯބަރު 2024
ފޮރެސްޓް ކައިރިން ޗެލްސީ އެއްވަރު
20 މެއި 2024

ފޮރެސްޓުން ވިސްނަނީ ކޯޗުކަމުގައި ސަންޓޯ ބަހައްޓަން

20 މެއި 2024
ފޮރެސްޓުން ވިސްނަނީ ކޯޗުކަމުގައި ސަންޓޯ ބަހައްޓަން
12 މެއި 2024

ލީގުގައި ޖެހިޖެހިގެން ޗެލްސީ އަށް ތިން ވަނަ މޮޅު

12 މެއި 2024
ލީގުގައި ޖެހިޖެހިގެން ޗެލްސީ އަށް ތިން ވަނަ މޮޅު
29 އެޕްރީލު 2024

ފޮރެސްޓު ބަލިކޮށް، ސިޓީން އާސެނަލްގެ ފުލުގައި ވިއްދާފައި

29 އެޕްރީލު 2024
ފޮރެސްޓު ބަލިކޮށް، ސިޓީން އާސެނަލްގެ ފުލުގައި ވިއްދާފައި
07 އެޕްރީލު 2024

ފޮރެސްޓް ބަލިކޮށް، ޓޮޓެންހަމް ހަތަރު ވަނަ އަށް

07 އެޕްރީލު 2024
ފޮރެސްޓް ބަލިކޮށް، ޓޮޓެންހަމް ހަތަރު ވަނަ އަށް
31 ޑިސެމްބަރު 2023

29 އަހަރު ތެރޭ ނޮޓިންގހަމް ފޮރެސްޓުން ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި

31 ޑިސެމްބަރު 2023
29 އަހަރު ތެރޭ ނޮޓިންގހަމް ފޮރެސްޓުން ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި
13 އޯގަސްޓު 2023

ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލަށް ރަނގަޅު ފެށުމެއް

13 އޯގަސްޓު 2023
ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް