Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ ސިޓީއަކަށް ހެދުން

ތިނަދޫ ސިޓީއަކަށް ހެދުމަށް މަޖިލީހުން މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ޝަރީފަށް މެންބަރު ނިޔާޒުގެ ވަރުގަދަ ރައްދެއް!

ސަރުކާރުގެ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އެއް މަސްދުވަސް ފަހުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ޑިސެމްބަރު 2023 | ބުދަ 06:45
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު

ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވުމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް، ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރުއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވަނީ މަޖިލީހުގެ މެޖޯރިޓީއޮތް އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ތިނަދޫ ސިޓީއަކަށް ހެދުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މަސައްކަތް ކުރާތަނެއް އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި މެޖޯރިޓީ އޮތީ އެމްޑީޕީއަށްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ "އެ މީހަކު ކެނޑި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހަކު" ކަމަށެވެ. އޭނާ މިގޮތަށް ވިދާޅުވީ ތިނަދޫ ސިޓީއެއް ކަމަށް ކަނޑައަޅާފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށްވާތީއެވެ.

ޝަރީފު ވިދާޅުވީ އެމްޑީޕީ މަޖިލިސް މެންބަރުން ބޭނުން ގޮތަކަށް ގަވާއިދަށް ބަދަލު ގެނެސް މަޖިލިސް ދިގުދަންމާލާގޮތަށް ޗުއްޓީއަށް ވަޑައިގަންނަވާނީ ތިނަދޫ މައްސަލަ ހައްލު ކުރުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖްލީހުން އެއްވެސް ކަމެއް ނުކުރާކަމަށް ވިދާޅުވާ އިރު ޝަރީފު ހަވާލުވެ ހުންނެވި ވުޒާރާގެ މެންޑޭޓު، ޤާނޫނާ އެއްގޮތަށް އަދި ފާސްނުކުރައްވާ ކަމަށެވެ. އޭނާ މިގޮތަށް ވިދާޅުވިއިރު ލޯކަލް ގަވަރމަންޓް މިނިސްޓްރީއަކީ މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީއެކެވެ. ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާތީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް މަޖިލީހުގެ ތަޅުމުން އަނބުރާ ކޮމިޓީ އަށް މިދިޔަ ހޯމަ ދުވަހު ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އެއް މަސްދުވަސް ފަހުން މިދިޔަ ހޯމަ ދުވަހުއެވެ.

އަލީ ނިޔާޒު ވަނީ ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނުމަށް އޮތް އޮޅޮން ހައްލު ކުރުމަށް ޤާނޫނަށް އިސްލާހު ހުށައަޅައިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ލާމަރުކަޒީ ކޮމިޓީން ވަނީ މިދިޔަ ހޯމަ ދުވަހު ނިންމާފައެވެ. އެ ކޮމިޓީގެ މުގައްރިރަކީ އަލީ ނިޔާޒުއެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން ގާނޫނު މާނަ ކުރުމުގައި ތަފާތު މާނައެއް ނެގި ދާނެ ކަމަށް މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާދެއްވާފައިވާ ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އެހެންވެ، އިތުރު އޮޅުމެއް ނާރާނެ ގޮތަށް ގާނޫނު މާނަކޮށް، މިހާރު ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް، ކޮމިޓީން ފާސް ކުރި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން، އިތުރު އިސްލާހެއް ގެނައުން މުހިންމު ކަން ވެސް އޭނާ އޭރު ފާހަގަކުރެއްވިއެވެ.

އެ ކޮމިޓީން ވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ އިސްލާހަކާއި ސިޓީއަކަށް ބަދަލުކުރިއިރު ކައުންސިލްގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ ދައުރު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން ސިޓީ ކައުންސިލަކަށް ބަދަލުވާނެ އިސްލާހަކާއި އެއް އަހަރަށް ވުރެ ދައުރު ދިގު ނަމަ ކައުންސިލްގެ ދަރަޖަ ސިޓީ ކައުންސިލަކަށް ބަދަލުވާނެ އިސްލާހެއްގެ އިތުރުން ސިޓީ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބޭނެ އިސްލާހެއް ގެނައުމަށް ނިންމާފައެވެ.

ތިނަދޫ ސިޓީއާދަމް ޝަރީފު އުމަރުއަލީ ނިޔާޒްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި

22 އޮކްޓޯބަރު 2025
ރައީސް ސާލިހްގެ ސަރުކާރުން ތިނަދޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދިއުމުގެ މަަސައްކަތް ފަށައިފި
14 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!

14 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އައްޑޫ އަށް ކުރައްވާ ދަތުރާ ދިމާކޮށް، ތިނަދޫ އިން ދެ ޖަނަރޭޓަރު އައްޑޫ އަށް ގެންދަނީ!
05 އޮކްޓޯބަރު 2025

ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ

05 އޮކްޓޯބަރު 2025
ތިނަދޫ ސިޓީގައި މަގު ހުރަސްކުރި ހަ އަހަރުގެ ކުއްޖެއް ގައިގައި ސައިކަލުން ޖެހި ފަރުވާ ދެނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
28 ސެޕްޓެމްބަރު 2025

ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

28 ސެޕްޓެމްބަރު 2025
ތިނަދޫ ސިޓީ ޕޮލިހުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
06 ސެޕްޓެމްބަރު 2025

މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް

06 ސެޕްޓެމްބަރު 2025
މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް
05 ސެޕްޓެމްބަރު 2025

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު