Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންއެފް އުފެއްދުން

ޕީއެންއެފް އިން ބޭނުންވަނީ ޔާމީން މިނިވަންވުމުން ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅަން: މަލީޙް

19 ޑިސެމްބަރު 2023 | އަންގާރަ 18:09

މަލީޙް ވިދާޅުވީ އެކަމުގެ ބޭނުމަކީ ޕާޓީ ރަޖިސްޓްރީވެ، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވުން ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 19 ޑިސެމްބަރު 2023 | އަންގާރަ 18:09
ރައީސް ޔާމީން

ރައީސް ޔާމީން

ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވި ނަމަވެސް، އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންފުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާއެކުގައި ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ޔާމީނާ ދުރަށްޖެހުމުން އެ ޕާޓީން އިން ވަކިވެވަޑައިގެން ރައީސް ޔާމީން އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ދީފަ އެވެ. އެއާއެކު އެ މަސައްކަތް އެ ޕާޓީން ފަށައި، ރަޖިސްޓްރީ ކުރަން ބޭނުންވާ ޢަދަދު ހަމަކޮށްފައިވީ ނަމަވެސް އަދިވެސް ރަޖިސްޓްރީ ކުރުމަަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހާޅާފައެއްނުވެއެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އިން ސުވާލުކުރުމުން މަލީޙް ވިދާޅުވީ ބޭނުންފުޅުވަނީ ޕާޓީ ރަޖިސްޓްރީވެ، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވުން ކަމަށެވެ.

އެގޮތުން މިހާރު ރައީސް ޔާމީންގެ މައްސަލައިގައި މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަން ފާހަގަ ކުރައްވަމުން ކުރީގެ ވަޒީރު ވިދާޅުވީ ކޯޓު ވެސް ރެސެސްގައި އޮތުމާއެކު، އެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަވަން ބޭނުންފުޅުނުވާ ކަމަށާއި، އެކަން ނަގަނީ ވަރަށް ޕޮޒިޓިވް ގޮތެއްގައި ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީނުގެ އަރިސް މަލީހް ވިދާޅުވީ މި ވަގުތު އަވަސް އަރުވާލައިގެން އެކަން ނުކުރެއްވުމުގެ އެއް ބޭނުމަކީ ވެސް ކުރިއަށް އިންތިހާބެއް އޮތުމާއެކު، އެ އިންތިހާބުގައި ރައީސް ޔާމީން ވަރަށް އިތުބާރު ކުރައްވާ ބޭފުޅުން ކުރިމަތިލައްވާތީ އެކަމަށް ވެސް ހުރަސް ނޭޅުއްވުން ކަމަށެވެ.

ރައީސް ޔާމީން ޕީއެންއެފް އުފެއްދެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، ޔާމީން ލީޑަރެއްގެ ގޮތުގައި ހުންނެވި ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން އެމަނިކުފާނާ ދުރަށް ޖެހި، ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ.

އެއާ އެކު ރައީސް ޔާމީންގެ އަރިސް އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލު މުޙައްމަދު ޖަމީލު އިސްވެހުންނަވައި ޕީއެންއެފް އުފެއްދެވި އެވެ. އެ ޕާޓީގެ މުއައްސިސަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމިނިސްޓަރ މަލީހުޑރ. މުޙައްމަދު ޖަމީލް އަޙުމަދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް