Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭކަޕް

އެފްއޭކަޕް ނުކުޅެ ފުޓްބޯޅަ ސީޒަން ނިންމާލައިފި

އެފްއޭއެމަށް ވަނީ މާލީ މައްސަލަތައް ކުރިމަތިވެފައި

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 04:17
މެޗުގެ ހަމައެކަނި ގޯލްޖެހީ ކޯނޭ

މެޗުގެ ހަމައެކަނި ގޯލްޖެހީ ކޯނޭ

މާލީ ދަތިތަކާއި އިދާރީ މައްސަލަތައް ކުރިމަތިވެފައިވާ އެފްއޭއެމުން މި އަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތް ނުކުޅުވައި، ފުޓްބޯޅަ ސީޒަން ނިންމާލައިފި އެވެ.

މިހެންވެ ސީޒަނުގެ ފަހު މެޗަކަށްވީ އިއްޔެ ހަވީރު ދިވެހި ޕްރެމިއާ ލީގުގެ ފަހު މެޗުގައި މާޒިޔާ އާއި ކްލަބް އީގަލްސް ކުޅުނު މެޗެވެ.

އެފްއޭކަޕް ނުބޭއްވުމުން މި އަހަރުގެ ސީޒަނުގައި ކުޅުވާފައިމި ވަނީ އެންމެ ދެ މުބާރާތެވެ. އެއީ ދިވެހި ޕްރެމިއާ ލީގާއި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕެވެ.

އެފްއޭކަޕް ނުބޭއްވި ސަބަބެއް އެފްއޭއެމުން ނުބުނެ އެވެ. ނަމަވެސް މިއީ އެފްއޭއެމަށް ދިމާވެފައިވާ މާލީ ދަތިތަކާއި އެތަނުގެ މަސައްކަތް ކޮށްދޭން މުވައްޒަފުން ނުކުންނަން ބޭނުންނުވާތީވެ، މަޖުބޫރުވެގެން ނިންމި ނިންމުމެއް ކަމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ އިސް އޮފިޝަލަކު ބުންޏެވެ.

މާލީ ދަތިތަކާހުރެ އެފްއޭއެމަށް ވަނީ މި އަހަރުގެ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ވެސް ބޭއްވޭނެ ގޮތެއް ނުވެފަ އެވެ. އަދި މިއަންނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފަށަން ނިންމި ދިވެހި ޕްރެމިއާ ލީގުގެ ކޮލިފިކޭޝަން ވެސް ވަނީ ހުއްޓާލައިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭކަޕް

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު