Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ފުޓުބޯޅަ އަށް އައި ނުރައްކަލަކީ ސަވީދު: އަލީ އާޒިމް

އާޒިމް ސިފަ ކުރެއްވި ގޮތުގައި އެފްއޭއެމުން އޭނާ ދުރުކުރުމުގެ މަސައްކަތް ކުރުމުގައި ސަވީދު ވެސް ވަނީ އިސް ދައުރެއް އަދާ ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2023 | ބުދަ 01:53
އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ދިވެހި ރާއްޖޭގެ ފުޓުބޯޅަ އަށް އައި އެންމެ ބޮޑު ނުރައްކަލަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ކުރީގެ ރައީސް މުޙައްމަދު ސަވީދު ކަމަށް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ފުޓުބޯޅަ މިހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭ ހަމައެކަނި ފަރާތަކީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނޫން ކަމަށެވެ. އެގޮތުން އެފްއޭއެމް ހަލާކުކޮށް، އެކި ގޮތްގޮތުން ކޮރަޕްޓު ކުރުމަށް މެދުވެރިވި ހަމައެކަނި ފަރާތަކީ ބައްސާމް ނޫންކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، ސަވީދަކީ ދިވެހި ފުޓުބޯޅަ އަށް އައި ނުރައްކަލެއް ކަމަށެވެ. އެކަން ފާހަގަކޮށް އާޒިމް ވަނީ އެފްއޭއެމްގައި އެންމެ ފަހުން އާޒިމް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއެއްގައި ވިދާޅުވި ވާހަކައެއް ތަކުރާރު ކުރައްވައިފަ އެވެ.

އެގޮތުން އާޒިމް ވިދާޅުވީ، އެފްއޭއެމަށް "ކެންސަރު ބަލި" ޖެހެމުން އަންނަ ކަމަށް އޭރު ވިދާޅުވެފައި އޮންނާނެ ކަމަށެވެ. ހަމައެއާއެކު އެ ބަލީގައި ކުރިމަތިވާ ކަންކަމުގެ މިސާލު ވެސް އާޒިމް ވަނީ ދައްކަވައިފަ އެވެ. އެއީ ކެންސަރު ބަލި ޖެހޭ ގުނަވަނެއް، އެންމެ ގޯސް ޙާލަތުގައި ބުރިކުރަން ޖެހުމެވެ. އާޒިމް ވިދާޅުވީ ފުޓުބޯޅަ އަށް ވެސް އެކަން ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވެފައި އޮންނާނެ ކަމަށެވެ. އެހެންކަމުން، އޭނާ އަށް ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ފުޓުބޯޅަ އިން އެކަން ފޮހެލާނެ ކަމަށް އެ ދުވަހު ވިދާޅުވެފައި އޮންނާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އާޒިމް ސިފަ ކުރެއްވި ގޮތުގައި އެފްއޭއެމުން އޭނާ ދުރުކުރުމުގެ މަސައްކަތް ކުރުމުގައި ސަވީދު ވެސް ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ. އެކަމުގެ ބޭނުމަކަށް އޮތީ ފުޓުބޯޅައިގެ ތެރެއިން ނާޖާއިޒު ފައިދާތަކެއް ނަގައި، ފުޓުބޯޅަ ހަލާކުގެ ތެރެއަށް ގެންދިޔުންކަމަށް އާޒިމް ވިދާޅުވި އެވެ. އެ މަގުން އެ ހުރިހާ މަސައްކަތެއް ކުރީ ސަވީދު އިސްވެ ހުންނަވައި ކަމަށް އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އާޒިމްގެ ފަހުން، އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވީ އިލްހާމް އަޙުމަދު އެވެ. ނަމަވެސް، އިލްހާމްގެ ދައުރު ހަމަ ނުވަނީ ވެސް، އޭނާ ވަކި ކުރުމަށްފަހު، ދެން މަގާމަށް ވަޑައިގެންނެވީ އަޙުމަދު ޠާރިޤު (ޓޮމް) އެވެ. އާޒިމް ޤަބޫލު ކުރައްވާ ގޮތުގައި ހަ މަސް ދުވަހުގެ ތެރޭގައި ޓޮމްގެ އިތުބާރު ނެތް ކަމަށް ފާސް ކުރީ ވެސް ސަވީދު އިސްވެ ހުރެގެން، ފޯރުވި ނުފޫޒުންނެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، ހަމައެކަނި ބައްސާމްގެ ބޮލުގައި ފުޓުބޯޅަ ހަލާކު ކުރުމުގެ ތުހުމަތު އަޅުވާ، ނިންމާލެވެން ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާނެ ކަމަށެވެ. އެހުރިހާ ކަމެއްގައި ސަވީދުގެ ބޮޑު ދައުރެއް އޮތްކަން ފާހަގަކޮށް އާޒިމް ވިދާޅުވި ގޮތުގައި، އެ ވާހަކަ ދައްކަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ތަކުރާރުކޮށް އާޒިމް ވިދާޅުވީ، ދިވެހި ފުޓުބޯޅަ ހަލާކުގެ މަގަށް ގެންގޮސް، ފުޓުބޯޅަ ހަލާކުކޮށްލީ ސަވީދު ކަމަށެވެ.

އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބު 2008 ވަނަ އަހަރު ބޭއްވިއިރު، ސަވީދު އިސްވެ ހުންނަވައިގެން ވަނީ އެކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެ އިންތިޚާބު ކާމިޔާބު ކުރައްވައި، އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސަކަށް ވެވެޑައިގެންނެވީ އާޒިމް އެވެ. ހަތަރު އަހަރުގެ ދައުރަކަށް ފަހު، 2012 ވަނަ އަހަރު އާޒިމް ވަނީ ދެ ވަނަ ދައުރަކަށް ނިކުންނަވައިފަ އެވެ. ނަމަވެސް، އޭރުގެ ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގެ މެމްބަރަކަށް ހުންނެވި، ދަނގެތީ ދާއިރާގެ އޭރުގެ މެމްބަރު އިލްހާމް އަޙުމަދާ ވާދަކޮށް، އާޒިމަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި އިިލްހާމް، ދެ އަހަރު ފަހުން 2014 ވަނަ އަހަރު މަގާމުން ވައްޓާލުމުގައި ވެސް ސަވީދު ވަނީ އިސްކޮށް އުޅުއްވައިފަ އެވެ. އެއަށްފަހު އެފްއޭއެމްގެ އިންޓަރިމް ރައީސަކަށް ވަޑައިގެންނެވީ ވެސް ސައީދު އެވެ.

އިންޓަރިމް ރައީސަކަށް ހުންނަވާ، އެފްއޭއެމްގެ ރައީސަކަމަށް ވަޑައިގަންނަވަން ވެސް ސަވީދު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، އޭރު ވެސް އޭނާއާ ދެކޮޅަށް ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން އެ މަގާމަށް ވަޑައިގެންނެވޭ ގޮތް ސަވީދަށް ނުވީ އެވެ. ޖެހިގެން އައި އިންތިޚާބުގައި އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވަޑައިގެންނެވުމުގައ ވެސް ސަވީދުގެ ބައިވެރިވުން އޮތެވެ. ނަމަވެސް، އެންމެ ހަ މަސް ފަހުން ޓޮމް މަގާމުން ދުރު ކުރީ ވެސް ސަވީދުގެ ބައިވެރިވުމާއެކު އެވެ. އެއަށްފަހު، އެފްއޭއެމްގެ ރައީސްކަމަށް، މިހާރުގެ ރައީސް ބައްސާމް ވަޑައިގެންނެވީ ވެސް ސަވީދުގެ ބައިވެރިވުމާއެކު އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު