Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓެމިލްނާޑޫގައި ފެންބޮޑުވުން

ޓެމިލްނާޑޫއަށް ބޯކޮށް ވާރޭވެހި 3 މީހުން މަރުވެ 500 އެއްހައި ފަސިންޖަރުން ރޭލްވޭތަކުގައި ތާށިވެއްޖެ

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސްޓޭޓަށް ބޯކޮށް ވާރޭ ވެހޭނެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 07:17
ޗެންނާއީގެ ބޮޑެތި މަގުތަކުގައިވަނީ ފެންބޮޑުވެފައި

ޗެންނާއީގެ ބޮޑެތި މަގުތަކުގައިވަނީ ފެންބޮޑުވެފައި

އިންޑިއާގެ ޓެމިލްނާޑޫގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، 3 މީހުން މަރުވެ 500 އެއްހައި ފަސިންޖަރުން ރޭލްވޭތަކުގައި ތާށިވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މިހާދިސާއާ ގުޅިގެން އިންޑިއާގެ ވައިގެ އަސްކަރިއްޔާ އާއި އަދި އެހެނިހެން ރެސްކިއު ޓީމުތަކުން ދަނީ ރިލީފް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސްޓޭޓަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

ފެންބޮޑުވެ ޓްރެކްތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 500 އެއްހާ ފަސިންޖަރުން ވަނީ ސޫތުކުޅި ޑިސްޓްރިކްޓްގެ ސްރީވައިކުންތަމް ރޭލްވޭ ސްޓޭޝަނުގައި ތާށިވެފައެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން އެމީހުންނަށް އެހީގެ ސާމާނު ވައިގެ މަގުން ވެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، އައިއޭއެފްގެ ހެލިކޮޕްޓަރުތަކުން ބޭސްފަރުވާއަށް ބޭނުންވާ މީހުން އެއާލިފްޓް ކުރާނެއެވެ.

އަދި ތާށިވެފައި ތިބި ފަސިންޖަރުން ޗެންނާއީއަށް ގެންދިއުމަށް ރޭލްވޭއޮތޯރިޓީން ހާއްސަ ރޭލެއް ހަމަޖައްސައިދޭނެއެވެ.

ބޯކޮށް ވާރޭ ވެހެން ފެށުމުން އިންޑިއާގެ ވައިގެ ސިފައިންގެ ސަދަން އެއާ ކޮމާންޑުން ވަނީ އެ ގައުމުގެ އެމްއައި-17 ވީ5 ހެލިކޮޕްޓަރުތައް ރިލީފް މިޝަންގައި ބަހައްޓައިފައެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ސޫތުކުޅި ވަސަވައްޕަޕޫރަމް ސަރަހައްދުން ގާތްގަނޑަކަށް 118 މީހުން ސަލާމަތްކޮށްފައެވެ.

އިންޑިއާގެ ދެކުނުއިރުމަތީ އައްސޭރިފަށުގައި އޮންނަ ޓެމިލްނާޑޫގައި އާންމުގޮތެއްގައި މައިގަނޑު ތިން މޫސުމެއް އޮންނައިރު އެއީ މާޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހޫނު މޫސުމާއި ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޫސުމީ މޫސުމާއި އޮކްޓޯބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ފިނި މޫސުމެވެ.

ޓެމިލްނާޑޫއަށް އަހަރަކު އެވްރެޖްކޮށް 945 މިލިމީޓަރުގެ ވާރޭ ވެހެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެވްރެޖުކޮށް ވާރޭ ވެހުމާއި އެކި ފަހަރު މަތިން ހިރަފުހުގެ ހާދިސާތައް ހިނގަމުންދާއިރު، އޭގެ ތެރޭގައި 2019 ވަނަ އަހަރު ހަނަފަސްކަން ބޮޑުވެ، ފެނުގެ ދަތިކަން ވަނީ ބޮޑުވެފައެވެ.

2015 ވަނަ އަހަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ސަބަބުން އެ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ ބޮޑު ބައެއް ވަނީ ފެނު އަޑީގައެވެ.

ދުނިޔެއިންޑިއާފެންބޮޑުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު