Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ކުޅުންތެރިން ތިބީ ޒަވީ އާއެކު: ކަންސޭލޯ

18 ޑިސެމްބަރު 2023 | ހޯމަ 01:52

ޒަވީ އާއެކު ކުރިއަށް ގޮސް، ޒަވީ އަށް ދޭން ޖެހޭ އެންމެހާ ސަޕޯޓެއް ކުޅުންތެރިން ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2023 | ހޯމަ 01:52
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ބާސެލޯނާގެ އެންމެހާ ކުޅުންތެރިން ތިބީ އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް އާއެކު ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ ބުނެފި އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ މިހެން ބުނީ، ނަތީޖާ ނުނެރެވި ޒަވީ އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ.

ކަންސޭލޯ ބުނީ، އޭނާ ހިމެނޭހެން ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ތިބީ ޒަވީ އާއެކު ކަމަށެވެ. މީޑިއާ ތަކުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، އެ ޓީމުގެ ކުޅުންތެރިންގެ ފުރިހަމަ އިތުބާރު ޒަވީ އަށް އޮންނަ ކަމަށް އޭނާ ވަނީ ބުނެފަ އެެވެ. އަދި ޒަވީ އާއެކު ކުރިއަށް ގޮސް، ޒަވީ އަށް ދޭން ޖެހޭ އެންމެހާ ސަޕޯޓެއް ކުޅުންތެރިން ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކަންސޭލޯ ބުނީ، ޒަވީ އަކީ ވަރަށް ރަނގަޅު ކޯޗެއް ކަމަށާއި، ބާސެލޯނާ އަށް ދެރައެއް ލިބެން އޭނާ ބޭނުންނުވާނެ ކަމަށެވެ. ޒަވީ އަކީ ބާސެލޯނާގެ ފުރިހަމަ ލެޖެންޑެއްކަން ފާހަގަކޮށް ކަންސޭލޯ ބުނީ، ނަތީޖާ ނުނެރެވޭތީ އަބަދު ވެސް ޒަވީ ކަންބޮޑުވާ ކަމަށެވެ. ކަންސޭލޯ ދެކޭ ގޮތުގައި އެކަން ރަނގަޅު ކުރެވޭނީ ބާސެލޯނާގެ ކުޅުންތެރިން އަދި ޒަވީ އެކުވެގެން ކުރެވޭ މަސައްކަތުންނެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަބަދު ވެސް ޒަވީ މަސައްކަތް ކުރަމުން އަންނަނީ ބާސެލޯނާ އަށް އެންމެ ރަނގަޅުވާނެ މަގުންނެވެ. އަދި ޒަވީ އާއެކު މަސައްކަތް ކުރުމުގެ އިތުރުން، ޒަވީގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާގައި އޭނާގެ ކުޅުމާ ގުޅޭ ގޮތުން ކަންސޭލޯ ބުނީ، ބާސެލޯނާގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. މެންޗެސްޓަރ ސިޓީގައި ހުރުމަށްފަަހު ކަަންސޭލޯ ބާސެލޯނާ އަށް ބަދަލުވީ އެއް އަހަރުގެ ލޯނު އެއްބަަސްވުމެއްގެ ދަށުންނެެވެ. އެ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ބާސެލޯނާ އިން ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ބަހައްޓަން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް