Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްޠީނުގެ ކޫފިއްޔާ

ކޫފިއްޔާއެއް އަޅާލައިގެން ހުރުން ނޫން ގޮތެއް ހަމަ ނެތީތަ؟

ކޫފިއްޔާގެ ފަރުމާ ވުޖޫދުވީ 1950 ވަނަ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2023 | އާދީއްތަ 11:02
ކޫފިއްޔާ

ކޫފިއްޔާ

ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދެވިފައި ވަނިކޮށް އަވަހާރަވި ފަލަސްޠީނުގެ ކުރީގެ ލީޑަރު ޔާސިރު ޢަރަފާތުގެ ނަންފުޅު އިވުމާއެކު، ގިނަ މީހުންގެ ޚިޔާލަށް އެންމެ ފުރަތަމަވެސް ތަސްވީރު ކުރެވިގެންދާނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އޮންނަ ފަގުޑިކޮޅެވެ. ނުވަތަ ކޫފިއްޔާއެވެ. ޢަރަބިންގެ ބަހުރުވައިންނަމަ ޣުތުރާއޭވެސް ދެންނެވިދާނެއެވެ. ހިރުބާވީއަކީ ފަލަސްޠީނުގައި މިއަދު ކޫފިއްޔާ ތައްޔާރުކުރާ ހަމައެކަނި ކާރުޚާނާއެވެ. ދުނިޔޭގައި ހުންނެވި ދުވަސްވަރު، ހިރުބާވީގައި ކޫފިއްޔާ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، ސީދާ ޔާސިރު ޢަރަފާތުގެ ބެއްލެވުމުގެ ދަށުންނެވެ.

ނިރުބަވެރި ޔަހޫދީންގެ ޢުދުވާންތަކުގައި ޣައްޒާ ހަފުސްކުރަމުންދާ މި ދަނޑިވަޅުގައި، ކޫފިއްޔާގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހިރުބާވީއަށް ލިބޭ އޮންލައިން އޯޑަރުތައްވެސް އިންތިހާއެވެ. ހިރުބާވީއަކީ މަހެއްގެ މައްޗަށް 5000 ކޫފިއްޔާ އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ކާރުޚާނާއަކަށް ވާއިރު، އޯޑަރުތައް ލިބެމުންދަނީ، ސަޕްލައި ކޮށްދެވޭ ވަރަށްވުރެ އިތުރަށެވެ.

ސްކާފެއްހެން ކަރުގައި އޮޅާލައިގެން، ނޫނީ ކޮނޑުމައްޗަށް އެއްލާފައި ވާ ކޫފިއްޔާއަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ރައްޔިތުންގެ ޙައްޤުގައި ދުނިޔޭގެ އެކި ހިސާބުތަކުން އަޑު އުފުލަމުންދާ އެތައް މިލިއަން ބަޔަކު ގަބޫލުކުރާގޮތުގައި، ކޫފިއްޔާއަކީ މިއަދު ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލުމަށް ބޭނުންކުރާ އެންމެ ވަރުގަދަ ރަމްޒެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ގޮވާލާ މެސެޖެއްގެ ގޮތުގައެވެ.

ކަން މިހެން އޮތްއިރު، ކޫފިއްޔާ އަޅައިގެން މި ދުވަސްވަރު އުޅޭ މީހުންނަކީ، ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާގައި ބަޔަކު މަރާލި މަރާލުން މާ ބޮޑު ކަމަކަށް ނުހަދާ މީހުން ކަމަށް ބުނެ، ނަފުރަތުގެ ހުޅުޖަހަންވެސް އެއް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޫފިއްޔާއަކީ ދުނިޔޭގެ ކޮންމެ ކޮންމެ ހިސާބެއްގައި ބަލައިގަނެވޭ އެއްޗަކަށް ނުވިއެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގެ ފުލުހުންވަނީ ކޫފިއްޔާ ބޭނުންކުރުމާ ދެކޮޅަށް އިންޒާރުދީފައެވެ. ކޫފިއްޔާ އަޅައިގެން ތިއްބައި ފެނުނު ބައެއް މީހުން ޖޫރިމަނާކޮށްފައި ވާއިރު، ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގެ ފުލުހުން ބުނާގޮތުގައި، މޫނު ނިވާނުކުރާހާ ހިނދަކު، ކޫފިއްޔާ އެޅުމަކީ ޣައިރު ޤާނޫނީ ޢަމަލެއް ނޫނެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އެކި މީސްމީހުންގެ އަތުން ނަގާފައިވާ ކޫފިއްޔާގެ ތަފާސް ހިސާބުތަކުގެ ރެކޯޑެއް ބަލަހައްޓާފައި ނުވާނެކަމަށްވެސް ޖަރުމަނުވިލާތުގެ ފުލުހުން ވަނީ ބުނެފައެވެ.

ތާރީޚު ޢިލްމުގެ ރޮނގުން ފާހަގަކޮށްލެވޭ އެމެރިކާގެ ޓެޑް ސްވީޑެންބަރގް، އޭނާގެ ފޮތް، "މެމޮރީޒް އޮފް ރިވޯލްޓް"ގައި ލިޔެފައިވާގޮތުގައި، ކަޅާއި ހުދުގެ ކޫފިއްޔާ ފަރުމާ ވުޖޫދުވީ 1950 ވަނަ އަހަރުއެވެ. އެއީ އުރުދުންގެ ސިފައިން ބޭނުންކުރަމުން ދިޔަ ރަތާއި ހުދު ކޫފިއްޔާއާއި، ފަލަސްޠީނުގެ އަސްކަރިއްޔާގެ ކޫފިއްޔާ ތަފާތު ކުރުމުގެ ގޮތުން، އިނގިރޭސި ކޮމާންޑަރު ގުލާބް ޕާޝާ އެންގެވި އެންގެވުމެއްގެ ދަށުންނެވެ.

1960ގެ އަހަރުތަކުގެ ތެރޭގައި ފަލަސްޠީނުގެ ރަމްޒަކަށް، ކަޅާއި ހުދުގެ ކޫފިއްޔާ ވެގެންދިޔައީ އެ ސަބަބާ ހެދިއެވެ. ޔަހޫދީންގެ މުށުތެރޭގައި ފިއްތާލެވިފައި ވަނިކޮށް ޔާސިރު ޢަރަފާތު އަވަހާރަވީ 2004 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަދުވެސް، ފަލަސްޠީނު އޮތީ ޔަހޫދީންގެ މުށުތެރޭގައެވެ. ޣައްޒާގައި ނަސްލު ދޮވެލުމުގެ ޖަރީމާ ހިންގުމުގައި ޔަހޫދީ ހޭބޯނާރާ އުޅޭއިރު، ކޫފިއްޔާއެއް ކޮނޑުމަތީގައި އަޅާލައިގެން ހުރުން ފިޔަވާ، އާންމު މީހަކަށް ކުރެވޭނެ މާ ބޮޑު ކަމެއް މިއަދު ނެތްކަހަލައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބަކީ ވަކި މީހަކު ފިލްމެއްގައި އުޅެގެންވާ ކަމެއް ނޫން: ސަލްމާން

ކާމިޔާބަކީ ވަކި މީހަކު ފިލްމެއްގައި އުޅެގެންވާ ކަމެއް ނޫން: ސަލްމާން

26 ޑިސެމްބަރު 2017
ސެންސަރު ބޯޑުން ޕަދްމަވަތީ އާމެދު މިއަދު ގޮތެއް ނިންމާނެ

ސެންސަރު ބޯޑުން ޕަދްމަވަތީ އާމެދު މިއަދު ގޮތެއް ނިންމާނެ

20 ޑިސެމްބަރު 2017
"ޕަދްމާވަތީ"އާއި މެދު ގޮތެއް ނިންމާނީ ސެންސަރު ބޯޑުން: އިންޑިއާގެ ސުޕްރީމް ކޯޓު

"ޕަދްމާވަތީ"އާއި މެދު ގޮތެއް ނިންމާނީ ސެންސަރު ބޯޑުން: އިންޑިއާގެ ސުޕްރީމް ކޯޓު

12 ނޮވެމްބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު