Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ އިންތިޚާބުގައި ވާދަނުކުރައްވަން ބައްސާމް ނިންމަވައިފި

ބައްސާމް މިހާރު ފުރުއްވަމުން ގެންދަވަނީ ދެވަނަ ދައުރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2023 | އާދީއްތަ 10:28
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އަންނަ މަހު އޮންނަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވައި ބައްސާމް މީޑިއާތަކަށް ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ، އެފްއޭއެމްގައި އެކިއެކި ހައިސިއްޔަތުން އެތަކެއް ކާމިޔާބީތަކާއި ނާކާމިޔާބީތަކާ، އޭނާއާއި އޭނާގެ ޓީމުން ކުރިމަތިލައްވާފައި ވާނެކަމަށެވެ.

ބައްސާމްގެ ބަޔާނުގައި ވަނީ އޭނާގެ ދައުރުގައި ކުރެވުނު ބައެއް ކާމިޔާބު މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ސަރަހައްދީ މުބާރާތްތަކުން ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ވިދާޅުވެފައިވެއެވެ. ބައްސާމް ވިދާޅުވީ ފުޓުބޯޅައަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، އަދިވެސް ކުރަން ހުރި ކަންކަން ގިނަ ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ ދިވެހި ފުޓުބޯޅައަށް ފާގަތި ދުވަސްތަކެއް ހޯއްދަވައިދެއްވުމަކީ އޭނާގެ އުންމީދު ކަމަށެވެ. އެކަން ހާސިލްކުރެއްވުމަށް އޭނާވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވައި ބައްސާމް ވިދާޅުވީ، ދިވެހި ފުޓުބޯޅަ އައު ޒައާމަތެއްގެ ގިޔާދަތުގެ ދަށުން ކުރިއަށްގެންދިޔުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އެހެންވެ، އަންނަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އޮންނަ އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވާފައިވާކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ބަޔާން ނިންމަވާލައްވަމުން ބައްސާމް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ދިނުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން، އިލެކްޓޯރަލް ކޮމެޓީގެ ބެލުމުގެދަށުން ކުރިއަށް ގެންދެވޭނެ ކަމަށާއި، އިދާރީ ހިންގުމުގެ ކަންކަން ނައިބު ރައީސާއި ޖެނަރަލް ސެކްރެޓަރީގެ ބެއްލެވުމުގެދަށުން ކުރިއަށްދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަނުކުރެެއްވުމަށް ބައްސާމް ނިންމެވިއިރު، ބައްސާމް މިހާރު ހުންނެވީ ދެވަނަ ދައުރެއްގައެވެ. ބައްސާމްގެ ރައީސްކަމުގައި ދިވެހި ފުޓުބޯޅައިގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާއިރު، އެފްއޭއެމްގައި ކޮރަޕްޝަންގެ މައްސަލަތައްވެސް ވަނީ ބޮޑުވެފައެވެ. އެކަމާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، އެ މައްސަލަ އޮތީ ދައުވާކުރާ ހިސާބުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

04 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު