Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެްހުރަވީ ދުވަސް

ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ޤައުމަށް ޣައްދާރުވުން: ރައީސް މުޢިއްޒު

ރައީސް އިތުރަސް ވިދާޅުވީ ހުރަވީ ދުވަހުގެ ބަޠަލުގެ މާތް އެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ޤައުމާ އެއްކޮޅަށް ނިންމެވުން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޑިސެމްބަރު 2023 | އާދީއްތަ 01:46
 ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ 1445 ވަނަ އަހަރުގެ ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހުރަވީ ދުވަހަކީ ދިވެހިންގެ މާޒީން މުހިންމު ފިލާވަޅުތަކެއް ލިބޭ ދުވަހެއް ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ތާރީހުގެ އަލި ފަރާތަކާއި އަނދިރި ފަރާތެއް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތާރީހުގެ އަލި ފަރާތުން ފެންނަނީ ދިވެހި ގައުމުގެ ބަޠަލުން ކަމަށާއި އަނދިރިފަރާތުން ފެންނަނީ ޤައުމަށް ޣައްދާރުވި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށް ވިދާޅުވެފައެވެ. އޭރު  ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން ކަމަށް ވާއިރު ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތާރީހުގެ ތެރެއިން ހުރަވީ ދުވަހުގެ ހާދިސާއަށް އަލިއަޅުވާލެއްވިއެވެ.

ރައީސް ވަނީ އެ ދުވަހުގެ މެސެޖާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ.

ހުރަވީ ދުވަހުގެ އަލިފަރާތަށް ނިސްބަތް ކުރައްވާ ރައީސް ވިދާޅުވީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން އޭރު ފެނިގެން ދިޔަކަމަށެވެ. އެ ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަމަށާއި އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ އިޚްލާޞްތެރިކަމާއި މާތް އަޚްލާޤަކީ މި ހާދިސާގައި ތާރީޚުގެ އަލިފަރާތުން ފެންނަ ވަރަށް އުޖާލާ މިސާލެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރަވީ ދުވަހުގެ ބަޠަލުގެ މާތް އަނެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ޤައުމާ އެއްކޮޅަށް ނިންމެވުން ކަމަށެވެ. އަދި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަންވެސް ފާހަގަވާކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2017

ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ

19 ޖުލައި 2017
ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ
18 ޖުލައި 2017

ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން

18 ޖުލައި 2017
ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން
05 ޖޫން 2017

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ

05 ޖޫން 2017
ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ
14 މެއި 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި

14 މެއި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު