Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމުޙައްމަދު އަބޫ ޢުބައިދުގެ ދިރިއުޅުން

ގަހެއް ހެދި ބޮޑު ވަނީ ވަރަށް ދުވަހުން، ދިރިއުޅުން އާރާސްތު ކުރުންވެސް އޮތީ ހަމަ އެހެން!

އަބޫ ޢުބައިދުގެ ޢާއިލާއަކީ ޣައްޒާގެ އުތުރު ދޫކޮށް، ދެކުނަށް ބަދަލުވުމަށް ޔަހޫދީން އެންމެ ފުރަތަމަ ދިން އިންޒާރާއެކު އަމިއްލަ ގެދޮރު ދޫކޮށް ނުކުތް މީހުންގެ ތެރޭގައި ހިމެނޭ ބައެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 ޑިސެމްބަރު 2023 | ހުކުރު 17:27
މުޙައްމަދު އަބޫ ޢުބައިދު؛ ނާސަރީގައި ހުރި ގަސްތަކަށް ފެންދެނީ

މުޙައްމަދު އަބޫ ޢުބައިދު؛ ނާސަރީގައި ހުރި ގަސްތަކަށް ފެންދެނީ

ޔަހޫދީ އިޒްރޭލުގެ ލާއިންސާނީ ޤަތުލުޢާންމުގެ ޝިކާރައަކަށް ވެފައި އޮތް ޣައްޒާގެ އުތުރުގައި އެ ޢާއިލާއިން ދިރިއުޅެމުން ދިޔަ ގެދޮރު ދޫކޮށް ރަފަޙުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ އެއް ޢާއިލާއަކީ އަބޫ ޢުބައިދުގެ ޢާއިލާއެވެ. އަބޫ ޢުބައިދުގެ ޢާއިލާއިން ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީ ރަފަޙުގައި ގަސް އިންދާ ހެއްދުމުގެ މަސައްކަތް ކުރާ ނާސަރީއެއްގައެވެ. ނާސަރީގައި ހުރި ގަސްތައް ބެލެހެއްޓޭތޯ ވީ ވަރަކުން މަސައްކަތް ކުރިއެއްކަމަކު އެ ޢާއިލާގެ ޛަރޫރީ މުހުދާތުތައްވެސް އޮތީ ނުފުދިއެވެ.

އަބޫ ޢުބައިދުގެ ޢާއިލާއަކީ ޣައްޒާގެ އުތުރު ދޫކޮށް، ދެކުނަށް ބަދަލުވުމަށް ޔަހޫދީން އެންމެ ފުރަތަމަ ދިން އިންޒާރާއެކު އަމިއްލަ ގެދޮރު ދޫކޮށް ނުކުތް މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ބާރު ކަނޑުވާލުމަށް ކަމަށް ބުނެ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤާތުލުޢާންމުގެ ޙަމަލާތަކުން އަބޫ ޢުބަދިގެ ޢާއިލާއަށް މިއަދު ކިރިޔާވެސް ހިމާޔަތެއް ލިބެނީ އެ ނާސަރީއިންނެވެ.

ނާސަރީ ތެރޭގައި ދަމާފައި ހުރި ރޯނުތަކުގައި، ދޮވެ ހިއްކަން އަޅާފައި ހުރި ގިނަ ޢަދަދެއްގެ އަންނައުނު ހުއްޓެވެ. އެތާ ކައިރީގައި އަބޫ ޢުބަދު ޢާއިލާގެ ބައެއް މެންބަރުން އިށީނދެލައިގެން ތިބި އިރު، އަނެއް ބަޔަކު އަވަދިނެތި އުޅެމުން ދިޔައީ ނާސަރީ ތެރޭގައި ގަސް އިންދަން ޚާއްޞަކޮށްފައި ހުރި ގްރީންހައުސް ތެރޭގައެވެ.

އަބޫ ޢުބައިދުގެ ޢާއިލާއަށް ގަސްތަކުން އުންމީދު އައު ކޮށްދެއެވެ. ޙަޔާތަށް އައު މާނައެއް ގެނެސްދޭ ފަދައެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގައި މިއަދު ގިނައީ ގެދޮރު ނެތް މީހުންނެވެ. އާބާދީގެ 80 ޕަސެންޓަށްވުރެ ބޮޑު ބައެއްގެ އަދުގެ ޙާލަކީ އެއީއެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު ޤަތުލުޢާންމު ފެށިފަހުން، އެތައް ފަހަރެއްގެ މަތިން އެއް ހިޔާވަހިން އަނެއް ހިޔާވައްސަށް ހިޖުރަ ކުރި މީހުންގެ ޢަދަދު މަދެއް ނުނެވެ. އިޒްރޭލުގެ މުށްބާރުކަމުން ޣައްޒާއަށް ބޭނުންވާ ޛަރޫރީ ޚިދުމަތްތަކުގައިވެސް އޮތީ އަތް އަޅާފައެވެ. ޣައްޒާއަށް ބޭނުންވާ މުހިންމު އެތައް ސާމާނެއް ލިބޭނެ ގޮތް ނުވެ، މުޅި ޣައްޒާ ބަނޑަށް ޖެހި، ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރުގެ އަޑު ކަނޑައިގެން ނުދެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު