Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ހަތަރު ލަނޑުން ޓީސީ ބަލިކޮށް، މާޒިޔާ އެއްވަނަ އަށް

ލީގު ހޯދުމުގެ ފުރުޞަތު އޮތީ މާޒިޔާއާއި އީގަލްސް އަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 15 ޑިސެމްބަރު 2023 | ހުކުރު 14:50
ލަނޑުޖެހުމަށްފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑުޖެހުމަށްފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ

4-0 ން ޓީސީ ސްޕޯރޓްސް ކްލަބް ބަލިކޮށް, ލީގު ޗެމްޕިއަން މާޒިޔާ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މާޒިޔާ އެއްވަނަ އަށް ޖެހިލީ 13 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އީގަލްސްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ޓީސީ އަތުން މޮޅުވި މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ބަލްބަނޮވިޗް އެވެ. އޭގެ ނުވަ މިނިޓްފަހުން ދެވަނަ ލަނޑު ޖެހީ މިޑްފީލްޑަރ އިބްރާހީމް އައިސަމް އެވެ. ފުރަތަމަ ހާފްގައި ތިންވަނަ ލަނޑު ޖެހީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. ހަމްޕު ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ހަތަރު ވަނަ ލަނޑު ވެސް ޖެހީ ބަލްބަނޮވިޗް އެވެ.

ލީގު ޗެމްޕިއަންކަމަށް ވާދަކުރަނީ މާޒިޔާއާއި އީގަލްސް އެވެ. ލީގުގެ ފަހު މެޗުގައި މިދެޓީމް ނިކުންނައިރު އެއްވަރުވިޔަސް މާޒިޔާއަށް ޗެމްޕިއަންކަން ދިފާއު ކުރެވޭނެއެވެ. އީގަލްސް އަށް އޮތީ މާޒިޔާ ބަލިކުރުމެވެ. ލީގު ޗެމްޕިއަން ކަނޑައެޅޭ މެޗަށް އީގަލްސްއާއި މާޒިޔާ ނިކުންނާނީ އަންނަ އަންގާރަ ދުވަހުއެވެ. މިދެޓީމްވެސް ލީގުގައި މިހާތަނަށް ބަލިނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު