Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިލޭރިޔާ ބަލި ފެނުން

ފައިލޭރިއާ ޖެހުނު މީހުންގެ ތެރެއިން 9 މީހަކަށް ހެދި އިތުރު ޓެސްޓުތަކުގެ ނަތީޖާ މާދަމާ ލިބޭނެ

15 ޑިސެމްބަރު 2023 | ހުކުރު 09:50

ފައިލޭރިއާގެ ކޭސްތައް ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 15 ޑިސެމްބަރު 2023 | ހުކުރު 09:50
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިޔާ ބަލިޖެހުނު 17 މީހުންގެ ތެރެއިން، ބަލި ދެނެގަތުމަށް ނުވަ މީހަކަށް ހެދި ޓެސްޓްތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް ކުޅުދުއްފުށި ސިޓީގެ ހޮސްޕިޓަލުން ބުނެފި އެވެ.

2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ފައިލޭރިއާ އަލުން ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

Advertisement - newsAdvertisement

އެކަން އަންގައި އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޭސްތައް ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ކަމަށާއި، އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށެވެ.

އެހެންކަމުން އެ ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރަމުން ދިޔަ ކަން އެ އިދާރާގެ ބަޔާނުގައި ފާހަގަ ކުރި އެވެ.

އެކަމުގެ މައުލޫމާތު ހޯދުމަށް އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން މީޑިޔާ އޮފިޝަލް މުޙައްމަދު މޫސާ ވިދާޅުވީ ބަލީގެ ޓެސްޓުން ޕޮޒިޓިވްވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކައި އިތުރު ކޮންފަރމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތްކުރި ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި 9 މީހަކަށް ހެދި ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ ހޮނިހިރު ދުވަހު ކަމަށް އެ ހޮސްޕިޓަލުގެ ލެބުން އަންގާފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ.

އެ ބަލި އެހެން ބައެއްގެ ފަރާތުން އަދި ފެނިފައިނުވާއިރު، އެހެން ބައެއްގެ ފަރާތުން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރާނީ މިހާރު ހުރި ޓެސްޓްތަކުގެ ނަތީޖާތަކަށް ބެލުމަށްފަހުގައި ކަމަށް ވެސް މުޙައްމަދު ވިދާޅުވި އެވެ.

އަދި އެ ސިޓީގެ 17 މީހަކަށް ފައިލޭރިއާ ޖެހިފައިވާކަމަށް ވާއިރު، އެ ބިދޭސީންގެ ގައުމުގެ މައުލޫމާތު ފޯރުކޮށްދެވޭނީ ކޮންފާމެޓަރީ ޓެސްޓުތަކަށް ފަހުގައި ކަމަށް ވެސް މުޙައްމަދު ވިދާޅުވި އެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބައްޔަކަށް ވުމުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭގެ ލަފާގެ މަތިން އެ ހޮސްޕިޓަލުން ދަނީ އާންމުންނަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުން ފަދަ މައުލޫމާތުތައް މިވަގުތަށް ދަނީ ފޯރުކޮށްދެމުންނެވެ.

ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް