Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތު

ސީދާ ޖަވާބު ނުދެވޭ ސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތު

ޔާމީންއާއި ގުޅޭގޮތުން ކުރި ސުވާލަށް ރައީސް މުއިއްޒު ޖަވާބެއް ނުދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 18:11
މިސަރުކާރުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން

މިސަރުކާރުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކެންޕޭން ކުރެއްވިއިރު ވެސް އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވެސް އެންމެ ބޮޑަށް ޕްރޮމޯޓް ކުރައްވަމުން ގެންދަވަނީ ދެފުށް ފެންނަ ގޮތަށް ވެރިކަން ކުރައްވާނެ ސިޔާސަތެވެ. އެއާއެކު މިސަރުކާރުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވާ އެއް ވާހަކައަކީ ހުރިހާ ކަމެއް ވަރަށް ބޮޑަށް ހާމަކުރައްވާނެ ވާހަކައެވެ. އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރުނުކުރައްވައި މީޑިއާތަކާއި ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ތެދެކެވެ. ސަރުކާރުގެ ހާމަކުރެއްވުމުގެ ސިޔާސަތާއެކު ވަރަށް ގާތްގާތުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވައިފިއެވެ. ބައެއް މިނިސްޓްރީތަކާއި، މުއައްސަސާތަކުން ވަޒީރުންނާއި ސީދާ ގޮތަށް ސުވާލު ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ. މީޑީއާތަކަށް ޚާއްސަކޮށް ވައިބާ، ވަޓްސްއަޕް އަދި ޓެލެގްރާމް ގުރޫޕްތައް ހަދައިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރީ ސަރުކާރުންކޮށްފައިވާ މަސައްކަތްތަކުގެ ނަން ބަދަލުކުރުމަށްފަހު ޕްރޮމޯޓު ކުރަމުން ގެންދަނީ ވެސް ވަރަށް ފޯރިއާ ޖޯޝުގައެވެ.

ނަމަވެސް މިހާތަނަށް ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީދާ ނޫސްވެރިން ކުރާ ސުވާލުތަކަށް ސީދާ ޖަވާބު ދީފައިނުވެއެވެ. ރައީސް މުއިއްޒު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވެސް ސީދާ ޖަވާބު ނުދެއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ވަނީ ނިންމަވާލައްވާފައެވެ. އެގޮތުން މިފަހުން 5 ޑިސެންބަރު 2023 ވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައީސްގެ މުއިއްޒުގެ ގުޅުމާއި ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރި ނަމަވެސް ރައީސް މުއިއްޒު ސީދާ ޖަވާބެއްދެއްވާފައިނުވެއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި، އެއްވެސް ސިޔާސީ ލީޑަރަކީ ގައުމު އިސްނުކުރާ ބޭފުޅަކަށް ވާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ބައްލަވަނީ ކުރިއަށް ކަމަށާއި، ހިތުގައި އެއްވެސް މީހަކާ މެދު ޒާތީ ކަމެއް، ހިތްހަމަނުޖެހުމެއް ވެސް ނެތް ކަމަށެވެ.

މީގެ އިތުރުން 14 ޑިސެންބަރު 2023 ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޔާމީން ދޫކޮށްނުލެވި ވަނީ ކޮން ކަމެއް ނުކުރެވިގެންތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު އެކަމަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި ރިޔާސީ ގަނޑުވަރު، މުލިއާގެ މަރާމާތުކުރުމަށްދާ ހަރަދު އާއްމުކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފަހުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ވެސް މިއަދާ ހަމައަށް ހާމަކޮށްފައިނުވެއެވެ.

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިތުރުން ސަރުކާރުގެ އޮފީސް، މިނިސްޓްރީތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ނޫސްވެރިން ކުރާ ސުވާލުތަކަށް ސީދާ ޖަވާބުދީފައިނުވެއެވެ. އެގޮތުން 6 ޑިސެންބަރު 2023 ވީ ބުދަ ދުވަހު އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފަށަމުން އެ ކޯޕްރޭޝަންގެ މެނޭޖިން ޑިރެންޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުއްޔަށް ގެނެވުނު ބަދަލާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށާއި، މައުޟޫއާއި ނުގުޅޭ ސުވާލު ނުކުރެއްވުމަށެވެ. ނަމަވެސް އާބަންކޯއަކީ ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތެއް ކުރަމުންދާ ކުންފުންޏަކަށްވުމާއެކު ވަރަށް ގިނަ ސުވާލުތަކެއް ނޫސްވެރިންގެ ވެސް ހުއްޓެވެ. ސީދާ ގޮތުން މައުޟޫއާ ނުގުޅުނު ނަމަވެސް ހިޔާ ފްލެޓާއި ގުޅޭ ސުވާލެއް ކުރުމުން ވެސް މައުޟޫއާ ނުގުޅޭ ކަމަށް ވިދާޅުވެ، ޖަވާބު ދެއްވާފައިނުވެއެވެ. ނަމަވެސް ފަޒުލްއަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ޚާއްސަ އީމެއިލް އެޑްރެސްއެއް ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް މިވަގުތު ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ ބޮޑެތި މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް އާބަންކޯއިން ހާމަކޮށްފައިނުވެއެވެ. ކުރީ ސަރުކާރުގައި ފޭސް-3 ހިއްކުމުގެ މަޝްރޫއު ފެށުމަށްފަހު ސެގްމަންޓް އޭ ހިއްކާ ނިންމި ނަމަވެސް ސެގްމެންޓް ބީ ހިއްކާނެ ދުވަހެއް ހާމަކޮށްފައިނުވެއެވެ. އަދި މާލެގެ ރައްޔިތުންނަށް ދީފައިވާ ގޯތިތަކާއިމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. ބިންތައް އަތުނުލާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް އެބިންތަކުގެ ލޮކޭޝަނަށް ބަދަލުތަކެއް ގެންނަންޖެހިދާނެ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބަޖެޓުން އުނިކުރި ނަމަވެސް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިމަޝްރޫއުގެ ތަފްސީލް ވެސް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ކަންކަމުގައި ސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތު ގެއްލުމަކީ ވަރަށް ދެރަކަމެކެވެ. ގުޅާލާ ކޮންމެ ވަގުތެއްގައި ފޯނު ނުނެންގެވުނު ނަމަވެސް މެސެޖެއް ކޮށްލުމުން ޖަވާބުދެއްވާނެ ކަމަށް ވިދާޅުވި ވަޒީރުންގެ މިއަދު މާ ބޮޑަށް ހަނދާން ބަލިވެއްޖެއެވެ. އަދި ސަރުކާރުގެ ރަސްމީ ގަޑި ނިމިއްޖެ ކަމަށް ވިދާޅުވެ ނޫސްވެރިންގެ ސުވާލުތަކަށް މިސަރުކާރުގެ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބު ޖަވާބު ނުދެއްވުމާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެގޮތަށް އަމަލުކުރައްވަނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރާ ހިސާބަށް ދިއުމަކީ ލަދުވެތިކަމެކެވެ. މިސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތަކީ ސަރުކާރުގެ ޕްރޮމޯޝަންގެ މައުލޫމާތު އެކަނި ހާމަކުރުން ކަމަށްވާނަމަ އެކަން ވެސް ރައްޔިތުންނަށް ސާފުކޮށްލަދިނުމުން ރައްޔިތުންގެ ޝަކުވާ މަދުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު