Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރިސް އޮލިމްޕިކްސް 2024

އަންނަ އަހަރުގެ އޮލިމްޕިކްސް އަށް ރަޝިޔާ ދާން ޖެހޭނެ: ޕުޓިން

ރަޝިޔާ އިން ވާދަކުރާ އެތުލީޓުންނަކީ އެ ޤައުމުގެ ދިދައިގެ ދަށުގައި ތިބޭ ބައެއްކަން އެންމެނަށް އިނގޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2023 | ހުކުރު 00:28
ރަޝިޔާގެ ރައީސް ލެޑިމިއަ ޕުޓިން

ރަޝިޔާގެ ރައީސް ލެޑިމިއަ ޕުޓިން

އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރަން ރަޝިޔާގެ އެތުލީޓުން ދިޔުމަށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް ޙާލަތު ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރެއިނަށް ދެމުން އައި ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ކުޅިވަރު އިދާރާތަކުން ވަނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރަޝިޔާގެ ޤައުމީ ޓީމާއި، އެ ޤައުމުގެ ކުލަބުތައް ވެސް ސަސްޕެންޑުކޮށްފަ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ވެސް ވަނީ ރަޝިޔާގެ އެތުލީޓުނަށް ގޭމްސްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ނިންމައިފަ އެވެ. ނަމަވެސް ފަހުން ވަނީ ބައެއް ގޭމްސްތަކުގައި އެ ޤައުމުގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

ޕެރިސް އޮލިމްޕިކް ކޮމެޓީން ވެސް ވަނީ ރަޝިޔާ އަދި ބެލަރޫސްގެ އެތުލީޓުންނަށް މަރުޙަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ރަޝިޔާ އަދި ބެލަރޫސާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މުޅިން އުވާނުލާތީ، ބައެއް ކަހަލަ ކަންކަން ކުރުން އެތުލީޓުންނަށް މަނާ ވާނެ އެވެ. އެގޮތުން ޤައުމީ ދިދަ ބޭނުން ކުރުމާއި، ޤައުމީ ސަލާމް ޖެހުމުގެ އިތުރުން، ޓީމު ކުޅިވަރުތަކުގައި ބައިވެރިވުން މަނާ ވާނެ އެވެ.

ޕުޓިން ވިދާޅުވީ، ކޮންމެ ޙާލަތެއްގައި ވާދަކުރަން ޖެހުނު ނަމަވެސް، ރަޝިޔާ އިން ވާދަކުރާ އެތުލީޓުންނަކީ އެ ޤައުމުގެ ދިދައިގެ ދަށުގައި ތިބޭ ބައެއްކަން އެންމެނަށް އިނގޭނެ ކަމަށެވެ. ހަމަ އެހެންމެ، ނިންމުންތަކަށް އޭނާ އިޙުތިރާމް ކުރައްވާނެ ކަމަށާއި، އެތުލީޓުން ބައިވެރިވުމަށް ބާރު އަޅަނީ ވެސް އެ ސަބަބާ ހުރެ ކަމަށް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ، އައިއޯސީގެ ނިންމުންތަކާއި، ޙާލަތު ވަރަށް ރަނގަޅަށް ދިރާސާ ކުރަން ވެސް ޖެހޭ ކަމަށެވެ. އޭނާ ވަނީ އޮލިމްޕިކްސް ގައި ވާދަކުރާނެ ރަޝިޔާގެ އެތުލީޓުންނަށް ފުރިހަމަ ކާމިޔާބީ އަށް ވެސް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

އަންނަ އަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ ޖުލައި 26 އިން އޯގަސްޓު 11 އަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު