Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ޣައްޒާއާ ޔޫކްރެއިންގެ ހާލަތު އަޅާ ނުކިޔޭނެ: ޕުޓިން

ޕުޓިން ވަނީ ޣައްޒާގައި މިހާރު ހިނގާފަދަ އެއްވެސް ކަމެއް ޔޫކްރެއިނުން ނުފެންނާނެ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 15:10
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ޣައްޒާގެ ހާލަތާ، ޔޫކްރެއިންގެ ހާލަތު އަޅާ ނުކިޔޭނެކަމަށް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވެފައި ވަނީ މޮސްކޯގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕުޓިން ވަނީ ޣައްޒާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޣައްޒާއަށް މިހާރު ކުރިމަތިލާންޖެހިފައި ވަނީ ބޮޑު ކާރިސާއަކާ ކަމަށާއި، ޣައްޒާގެ ހާލަތާ ޔޫކްރެއިންގެ ހާލާތު އަޅާ ނުކިޔޭނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ ޣައްޒާގައި މިހާރު ހިނގާފަދަ އެއްވެސް ކަމެއް ޔޫކްރެއިނުން ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޣައްޒާގައި ހިނގާ ކަންތަކާއި ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ ހާއްސަ އަސްކަރީ އޮޕަރޭޝަންގެ ހުރިހާ ކަމެއް މުޅި ދުނިޔޭގެ އެންމެނަށްވެސް ފެންނާނެ ކަމަށާއި، މިކަންތަކަށް ބަލާލުމުންވެސް ޣައްޒާގައި ހިންގަމުންދާ ކަންތައްތަކުގެ ތަފާތު ފެންނާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޕުޓިންގެ އަމުރަށް ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އަރާފައެވެ. ރަޝިއާގެ އަސްކަރިއްޔާ އާއި ޔޫކްރެއިންގެ އަސްކަރިއްޔާއާ ދެމެދު ކުރިމަތިލުންތައް ހިނގަމުދާއިރު، ހުޅަނގުގެ ގިނަ ގައުމުތަކަކުން ދަނީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު، އިސްރާއިލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު ރަޝިއާއިން ވަނީ އިސްރާއިލުން މުޅި ޣައްޒާގެ ހުރިހާ އާންމުންނަށް އަމާޒުކޮށް ހަމަލާދެމުންދާ ދިއުން ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
29 މެއި 2017

އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ

29 މެއި 2017
އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ
21 މެއި 2017

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި

21 މެއި 2017
ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް