Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖުބޫރުކޮށްގެން ރިޓަޔަރކުރުވާ މައްސަލަ

ސިފައިންގެ ޖެނެރަލުންނަށް މަޖުބޫރުކޮށްގެން ރިޓަޔަރކުރުވާ ކަމަށް ބުނެ އެ މައްސަލަ 241 ކޮމިޓީއަށް

އެބޭފުޅުން ރިޓަޔަރ ކުރެއްވުމަށް މަޖުބޫރުކުރާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް މެމްބަރު ސަޢުދު ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޑިސެމްބަރު 2023 | ބުރާސްފަތި 12:26
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 19 ވަނަ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 19 ވަނަ ބައްދަލުވުން

ސިފައިންގެ ޖެނެރަލުންނަށް މަޖުބޫރުކޮށްގެން ރިޓަޔަރކުރުވާ ކަމަށް ބުނެ، އެ މައްސަލަ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިނެވެ. މި މައްސަލަ ބަލައިގަތުމަށް ތާއީދުކުރައްވާފައި ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒެވެ.

މައްސަލަ ހުށަހަޅުއްވަމުން ސަޢުދު ވިދާޅުވީ، ރާއްޖޭގެ ދިފާޢީބާރުގައި ދައުލަތުގެ އެތައް ފައިސާއެއް ޚަރަދުކޮށްގެން ތަމްރީނުވެފައިވާ ޖެނެރަލުންތައް ކުއްލިޔަކަށް ރިޓަޔަރ ކުރައްވާ ކަމަށާއި، އެބޭފުޅުން ރިޓަޔަރ ކުރެއްވުމަށް މަޖުބޫރުކުރާކަމުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހިނގަމުންދާ ގޮތް ބަލަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ޖެނެރަލުން ރާއްޖޭގައި ނެތްނަމަ ދެން ވާނެ ގޮތަކާމެދު ސުވާލު އުފެދޭ ކަމަށާއި، އަދި މިއީ ގައުމީ ދިފާޢީބާރު ނުރައްކާތެރި ހާލަތަކަށް ވެއްޓެމުންދާ ފަދަ ކަމެއް ކަމެއް ކަމަށް ގަބޫލުކުރެއްްވޭ ކަމަށް ސައުދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ، ކުރިއަށް އޮތް ކޮމިޓީ ބައްދަލުވުމުގައި މި މައްސަލަ ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ސިފައިންގެ ޖެނެރަލުންނަށް މަޖުބޫރުކޮށްގެން ރިޓަޔަރކުރުވާ ކަމަށް ބުނެ އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާފައިވާއިރު، ދިވެހި ސިފައިންގެ ޚިދުމަތަށް ދިގު މުއްދަތަށް ޚިދުމަތްކުރެއްވުމަށްފަހު، މޭޖަރ ޖެނެރަލް ވައިޘް ވަޙީދާއި މޭޖަރ ޖެނެރަލް ޙާމިދު ޝަފީޤު ވަނީ ދާދިފަހުން ޚިދުމަތުން ރިޓަޔަރ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު