Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް

ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ އެންއެސްއޭގައި ބައިވެރިނުވެވުނީ އިދާރީގޮތުން ކުރިން ހަމަޖައްސަންޖެހޭ ކަންކަން ހަމަނުޖެހި ހުރުމުން - ޚަލީލް

14 ޑިސެމްބަރު 2023 | ބުރާސްފަތި 12:43

މި އަހަރުގެ ބައްދަލުވުން ބޭއްވީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް، މޮރިޝަސްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޑިސެމްބަރު 2023 | ބުރާސްފަތި 12:43
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެންއެސްއޭ ލެވެލްގެ ފަސްވަނަ ބައްދަލުވުމުގެ ތެރެއިން

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެންއެސްއޭ ލެވެލްގެ ފަސްވަނަ ބައްދަލުވުމުގެ ތެރެއިން

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެމްބަރު ގައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައި ނުވަނީ، އިދާރީގޮތުން ކުރިން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސާފައި ނެތުމުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގައި މި އަހަރު ރާއްޖެއިން ބައިވެރިއެއްނުވެއެވެ. މިކަމާ ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. މި އަހަރުގެ ބައްދަލުވުން ބޭއްވީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް، މޮރިޝަސްގައެވެ.

Advertisement - newsAdvertisement

މޮރިޝަސްގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރި އެކްސް ޕޯސްޓެއްގައި، ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ގޮތުގައި ލިސްޓްކޮށްފައިވަނީ؛ ލަންކާ، އިންޑިއާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އިތުރުން, އޮބްޒަރވަރުންގެ ގޮތުގައި ސީޝެލްސާއި ބަންގްލަދޭޝްގެ ވަފުދެކެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބައިވެރިވުމަށް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ކުރިން ފުރިހަމަކުރެވިފައި ނެތުމުންނާއި، އަދި ސަރުކާރު ބަދަލުވިފަހުން އައި ކަމަކަށްވުމާއެކު އެ ކޮންކްލޭވްގައި ބައިވެރިނުވެވުނު ކަމަށެވެ. ނަމަވެސް ރާއްޖެ އެ ކޮންކްލޭވްގައި އަދާކުރާ ދައުރަށާއި، ހިނގަމުންދާ ކަންތައްތަކަށް އެއްވެސްކަހަލަ ހީނަރުކަމެއް، އަދި ބަދަލެއް ނާންނާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، ޖަލްސާގައި ބައިވެރިވުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމާއި، އަދި ލިބުނު ވަގުތު ކުޑަވުމާއެކު މި ފަހަރުގެ ކޮންކްލޭވްގައި ބައިވެރި ނުވެވުނު ކަމަށެވެ. ޓްރާންސިޝަން މަރުހަލާގައި އެކަމާގުޅޭ މަޝްވަރާއެއް ކުރިކަމެއް ނުވަތަ ނޫންކަމެއް ނޭނގޭކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އޭނާ ޓްރާންސިޝަނަލް މަރުހަލާގައި ބައިވެރިނުވާކަމަށާއި، އެހެންކަމުން އެ މައުލޫމާތު ސާފުނޫން ކަމަށް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، ވަގުތު ލިބުނުގޮތުންނާއި ކަންކަން ދިމާވިގޮތުން ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބައިވެރިނުވެވުނުނަމަވެސް، ސަރުކާރު ބަދަލުވި މަރުހަލާގައިވެސް ބައެއް ކަންކަމުގައި ކުޑަ ވަގުތުކޮޅުގައި ބައިވެރިވެ، އަދި ބައިވެރިނުވެވެސް ހުންނާނެ ކަމަށެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބައިވެރިނުވުމަށް ނިންމައި އެއަށް ނުދިޔައީ ނޫންކަމަށާއި، އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަނުޖެހި ހުރުމުން ބައިވެރިނުވެވުނީ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އަދި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ރައީސް އޮފީހުން ކުރިކަމަށާއި، ނަމަވެސް ބައެއް ކަންކަން ފުރިހަމަނުވެ ހުރުމުގެ ސަބަބުން މިފަހަރު ބައިވެރިނުވެވުނު ކަމަށް ޚަލީލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޖޫން 2021

ރައީސް ނަޝީދުގެ ސެކިއުރީޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވާނެ: މިނިސްޓަރު މާރިޔާ

03 ޖޫން 2021
ރައީސް ނަޝީދުގެ ސެކިއުރީޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވާނެ: މިނިސްޓަރު މާރިޔާ
26 ޖޫން 2020

ސްރިލަންކަން އިން ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާނީ ހަފްތާއަކު ތިން ފްލައިޓް: އިނަރ މޯލްޑިވްސް

26 ޖޫން 2020
ސްރިލަންކަން އިން ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާނީ ހަފްތާއަކު ތިން ފްލައިޓް: އިނަރ މޯލްޑިވްސް
19 ޖޫން 2020

ގަމާއި ކޮލަމްބޯ ދެމެދު ސްރީލަންކަންގެ ދަތުރުތައް ހުއްޓާލަން ނިންމުުމުން ކަންބޮޑުވޭ: އިދިކޮޅު

19 ޖޫން 2020
ގަމާއި ކޮލަމްބޯ ދެމެދު ސްރީލަންކަންގެ ދަތުރުތައް ހުއްޓާލަން ނިންމުުމުން ކަންބޮޑުވޭ: އިދިކޮޅު
03 ސެޕްޓެމްބަރު 2019

ވައިގެ މަގުން ކޮލަމްބޯއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

03 ސެޕްޓެމްބަރު 2019
ވައިގެ މަގުން ކޮލަމްބޯއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
04 ސެޕްޓެމްބަރު 2018

ކޮލަމްބޯގައި މުޒާހަރާކުރާތީވެ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

04 ސެޕްޓެމްބަރު 2018
ކޮލަމްބޯގައި މުޒާހަރާކުރާތީވެ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
01 ސެޕްޓެމްބަރު 2018

ކޮލަމްބޯގެ މިނިވަން ޖައްވު ޖަގަހައިގައި މިރޭ ޖަލްސާއެއް އޮންނާނެ

01 ސެޕްޓެމްބަރު 2018
ކޮލަމްބޯގެ މިނިވަން ޖައްވު ޖަގަހައިގައި މިރޭ ޖަލްސާއެއް އޮންނާނެ
19 އޯގަސްޓު 2018

ކޮލަމްބޯގައި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހައަކާއި އަބުރުފުޅު ފަންޑުފޮށްޓެއް ހުޅުވައިފި

19 އޯގަސްޓު 2018
ކޮލަމްބޯގައި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހައަކާއި އަބުރުފުޅު ފަންޑުފޮށްޓެއް ހުޅުވައިފި
19 އޯގަސްޓު 2018

ކޮލަމްބޯގައި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަ އާއި އަބުރުފުޅު ފަންޑުފޮށި ހުޅުވަނީ

19 އޯގަސްޓު 2018
ކޮލަމްބޯގައި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަ އާއި އަބުރުފުޅު ފަންޑުފޮށި ހުޅުވަނީ
25 ޖުލައި 2017

އަސްކަރިއްޔާ ބޭނުންކޮށްގެން މަޖިލިސް ބަންދުކުރުން ބަލައެއް ނުގަނެވޭ: ކޮލަމްބޯ ޗެމްބާ އޮފް ކޮމާސްގެ ރައީސް

25 ޖުލައި 2017
އަސްކަރިއްޔާ ބޭނުންކޮށްގެން މަޖިލިސް ބަންދުކުރުން ބަލައެއް ނުގަނެވޭ: ކޮލަމްބޯ ޗެމްބާ އޮފް ކޮމާސްގެ ރައީސް
19 އެޕްރީލު 2017

ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި

19 އެޕްރީލު 2017
ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް