Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ ސެކިއުރިޓީގެ މައުލޫމާތު

ރައީސް ނަޝީދުގެ ސެކިއުރީޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވާނެ: މިނިސްޓަރު މާރިޔާ

3 ޖޫން 2021 | ބުރާސްފަތި 10:09

އެކަމަނާއަށް ކުރެވޭ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2021 | ބުރާސްފަތި 10:09
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ސެކިއުރީޓީއާ ގުޅޭ ސިއްރު މައުލޫމާތުތައް ހާމަކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށް ދެކެވޭ ވާހަކަތައް އެކަމަނާ ދޮގު ކުރައްވައިފިއެވެ.

މިނިސްޓަރު މާރިޔާއަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މިނިސްޓަރު ވިދާޅުވީ އެފަދަ މައުލޫމާތެއް އެއްވެސް ނޫހަކަށް ދީފައިނުވާނެ ކަމަށެވެ. އަދި އެކަމަނާއަށް ކުރެވޭ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

''ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި'' ސުރުހީގެ ދަށުން މިހާރު އޮންލައިންގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެ ސަލާމަތާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ހިމެނެއެވެ. މިމައުލޫމާތުތައް ދީފައިވަނީ ސަލާމަތީ ޚިދުމަތުގެ އިސްބޭފުޅެއް ކަމަށްވާއިރު، މައުލޫމާތު ދިން މަސްދަރު ވަނީ ސިއްރު ކޮށްފައެވެ.

ނަމަވެސް މިމައުލޫމާތު ހިއްސާކޮށްފައިވަނީ މިނިސްޓަރު މާރިޔާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވެސް ރިޕޯޓުކޮށްފައިވެއެވެ. މި މަހުގެ 6 ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ އިތުރުން މިނިސްޓަރު މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވާތީ އެކަމާ ވެސް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ދަރިކަނބަލުންނާއި އެމަނިކުފާނުގެ އާއިލީ ބައެއް މެމްބަރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެއެވެ.

އެރިޕޯޓުގެ މައްސަލަ 241 ކޮމިޓީން ބަލަމުންދާއިރު އެ މައުލޫމާތު އެގޮތަށް އާންމުވުމަކީ، ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ގ.ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާކަމެއް ކަމާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމަށް އެކޮމިޓީން ބުނެފައިވެއެވެ. އަދި މިމައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ޚިދުމަތްތައް ހިނގާނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، އެ ކޮމިޓީން މިމައްސަލަ ބެލުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން މިހަމަލާގައި ސީރިއަސް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު ހުންނެވީ ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް