Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ

ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި

ސަންދުން އަކީ ލަންކާގެ އެންމެ މޮޅު ނުސްވެރިޔާގެ އެވޯޑް ހާޞީލްކޮށްފައިވާ ނޫސްވެރިއެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 22:15
ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯގެ ބިއުރޯ ޗީފަކަށް ލަންކާގެ މަޝްޙޫރު ނޫސްވެރިޔާ ސަންދުން އަރޯޝާ ފަރނާންޑޯ އައްޔަންކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯގެ ބިއުރޯ ޗީފަކަށް ލަންކާގެ މަޝްޙޫރު ނޫސްވެރިޔާ ސަންދުން އަރޯޝާ ފަރނާންޑޯ އައްޔަންކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯގެ ބިއުރޯ ޗީފަކަށް ލަންކާގެ މަޝްޙޫރު ނޫސްވެރިޔާ ސަންދުން އަރޯޝާ ފަރނާންޑޯ އައްޔަންކޮށްފިއެވެ.

މި މަޤާމަށް ސަންދުން އައްޔަންކޮށްފައިވަނީ ބުދަދުވަހު ސްރީ ލަންކާގެ ކޮލަމްބޯގައެވެ. މި މަޤާމަށް ސަންދުން ހަމަޖައްސާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ޓީވީ ޗެނަލަކުން ރާއްޖޭން ބޭރުގައި މިފަދަ މަޤާމެއް ޤާއިމް ކުރި ފުރަތަމަ ފަހަރެވެ.

މި މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަންދުން ވިދާޅުވީ، ސްރީ ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ތަނަކަށް ވުމާއި، ލަންކާގައި ދިރިއުޅޭ އެ ފަރާތްތަކުގެ އާއިލާގެ ގިނަ ބަޔަކު ރާއްޖޭގައިވެސް ދިރިއުޅެމުންދަތީ، ސްރީ ލަންކާގައި ކުރިއަށްދާ އެކި ކަންކަމާއި، އަދި ޚާއްސަކޮށް ދިވެހިންނާއި ގުޅުންހުރި ކަންކަމުގެ މަޢުލުމާތު ވަގުތުން ވަގުތަށް ދިވެހިންނަށް ލިބިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެން ކަމުން މި އެޅުނު ފިޔަވަޅާއިއެކު އެފަދަ ޚަބަރުތަކާއި މަޢުލޫމާތު ތާޒާކަމާއި އެކު ލަންކާއިން ގެނެސްދެމުން ދާނެކަން ސަންދުން ފާހަގަކުރެއްވިއެވެ.

ކޮލަމްބޯ ބިއުރޯގެ ޗީފަކަށް ސަންދުން އައްޔަން ކުރުމާއި ގުޅިގެން ރާއްޖެއެމްވީ އާއި ވާހަކަދައްކަވަމުން، ރާއްޖެ ޓީވީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖެ ޓީވީގެ ބިއުރޯ ޗީފެއް ކޮލަމްބޯގައި އައްޔަން ކުރެވުމަކީ ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ ރައްޔިތުންނާއި ހަމައަށް ތާޒާ ކަމާއި އެކު ޚަބަރު ފޯރުކޮށްދިނުމަށް ރާއްޖެޓީވީއިން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ތަނަކަށް ވެފައި، ގިނަ ޤައުމުތަކަކުން ރާއްޖެއަށް ކަނޑައަޅާފަ ހުރި އެމްބަސީތައްވެސް ހުރީ ކޮލޮމްބޯގައި ކަމަށް ވުމުގެ އިތުރުން ލަންކާ އަކީ ރާއްޖެއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިނގާ ޤައުމަކަށް ވާތީ، ތާޒާކަމާއެކު ލަންކާއިން ޚަބަރުތައް ގެނެސްދިނުމަކީ ރާއްޖެޓީވީގެ ވަރަށް ބޮޑު އަމާޒެއް. މިއަދު ކޮލަމްބޯ ބިއުރޯގެ ޗީފަކަށް ސަންދުން ކަހަލަ ޒުވާން، ހުނަރުވެރި، ކާމިޔާބު ނޫސްވެރިއަކު އައްޔަން ކުރެވުމަކީ މި އަމާޒަށް ވާސިލް ވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް"، ސަލީމް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯ ޗީފަކަށް އައްޔަން ކުރި ސަންދުން އަކީ 2015 ވަނަ އަހަރު ލަންކާގެ އެންމެ މޮޅު ނުސްވެރިޔާގެ އެވޯޑް ޙާސިލްކުރައްވާފައިވާ ޒުވާން ނޫސްވެރިއެކެވެ. މިހާތަނަށް ސަންދުން މަސައްކަތް ކުރައްވަމުން ގެންދެވީ ލަންކާގެ އެންމެ ބޮޑު އެއް މީޑިއާ ނެޓްވަރކް ކަމުގައިވާ ހިރޫ ނިއުސްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު