Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަމާއި-ކޮލަމްބޯ ދެމެދު ކުރާ ދަތުރުތައް

ގަމާއި ކޮލަމްބޯ ދެމެދު ސްރީލަންކަންގެ ދަތުރުތައް ހުއްޓާލަން ނިންމުުމުން ކަންބޮޑުވޭ: އިދިކޮޅު

19 ޖޫން 2020 | ހުކުރު 13:59

ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ޖޫން 2020 | ހުކުރު 13:59
ސްރީލަންކަންގެ ފްލައިޓެއްގައި ރަންވޭގައި

ސްރީލަންކަންގެ ފްލައިޓެއްގައި ރަންވޭގައި

އައްޑޫ ސިޓީގެ ގަމާއި ސްރިލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ސްރީލަންކަންއިން ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމުުމުން އިދިކޮޅު ޕީޕިއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ކޮލޮމްބޯއާ ގަމާއި ދޭތެރޭ ސްރީލަންކަން އިން ކުރަމުން ގެންދިޔަ ދަތުރުތައް ހުއްޓާލުމަށް ނިންމި ނިންމުމަކީ ކޯލިޝަނުން ވަރަށް ކަންބޮޑުވުމާ ކަމެއް ކަމަށެވެ. އެ ދަތުރުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބުނީ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮލޮމްބޯ އާއި ގަމާއި ދޭތެރޭގެ ދަތުރުތައް ފައްޓާފައިވަނީ އެ ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީއާއި ދެކުނު ގައި ދިރިއުޅޭ ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި އިތުރު ލުއިތައް ހޯދައި ދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަކޮށް ތަރައްގީ ކުރުމާއި ވިޔަފާރިތަކަށްވެސް ލުއި ފަސޭހަތައް ހޯދައިދިނުމުގެވެސް މަގްސަދު ގައި ކަމަށް ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް އެ ދަތުރުތައް ހުއްޓާލައިފިނަމަ، އެ ސަރައްހަދުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލްއަގްވާމީ ދަތުރުތައް ކުރުމުގައި އިތުރު ދަތިތައް ކުރިމަތިވުމުގެ އިތުރުން، ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމީ ޔަގީން ކަމެއްކަށެވެ.

ކުރީ ސަރުކާރުގައިވެސް ކޮލޮމްބޯއާއި ގަމާއި ދޭތެރޭ ކުރަމުން ދިޔަ ދަތުރުތަކުން އެއަރލައިން އަށް ގެއްލުންވާ ކަމަށް ބުނެ، އެދަތުރުތައް ހުއްޓާލުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް، އެއަރލައިންއަށް ގެއްލުން ނުވެ ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމުގެ ޔަގީންކަން ރައީސް ޔާމީނުގެ ވެރިކަމުގައި ސްރީލަންކަންއަށް ދިނުމަށްފަހު، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީވެ، އެ އިންތިޒާމްތައްވެސް އޭރު ހަމަޖައްސާފައިވާކަން ޕީޕީއެމުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޔާމީނުގެ ވެރިކަމުގައި ނިންމަވާ އިންތިޒާމުތައް ހަމަޖައްސަވާފައިވާ ގޮތަށް، ހުވަދޫއާއި އައްޑޫ ސިޓީ ދޭތެރޭގެ ޑޮމެސްޓިކް ދަތުރުތައް ރާއްޖޭގެ މޯލްޑިވިއަނުން ފެށުމާއެކު، ކޮލޮމްބޯ އާއި ގަމާއި ދޭތެރޭ ސްރީލަންކަން އެއަރލައިންސް އިން ކުރަމުން ގެންދާ ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓުމަކަށްނައިސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ގަމާއި ކޮލަމްބޯ ދަތުރުތަކާއި ގުޅޭ ގޮތުން އޭސް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ކުރެއްވި ފޭސްބުކް ޕޯސްޓެެއްގައި ވިދާޅުވި، ކޮލަމްބޯއިން ގަމަށްކުރާ ދަތުރުތައް ނިންމާވައިނުވާ ސަބަބަކަށް ދިމާވަނީ އެކަށީގެންވާ ވަރަށް ޕަސެންޖަރުން ނުލިބުމާއި އައްޑޫ ސިޓީ އެކަނި ހިމެނިގެން އެކަށީގެންވާ އަދަދަށް ފަސެންޖަރުން ނުލިބޭތީ ކަމަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑޫއާ ހުވަދޫ އަތޮޅާއި ދޭތެރޭގައި ދަތުރުތައް ފަށާނެ ކަމަށް އިއުލާންކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

27 ޖޫން 2017

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

27 ޖޫން 2017
މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!
03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
19 އެޕްރީލު 2017

ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި

19 އެޕްރީލު 2017
ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް