Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތުރުކީ ސުޕަ ލީގު

ރެފްރީ އަށް ދިން ހަމަލާއާ ގުޅިގެން މެދު ކަނޑާލި ތުރުކީގެ ލީގު އަންނަ ހަފުތާގައި ފަށަނީ

މިހާރު ބޯޑުން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުރިހާ ލީގެއްގެ ކުޅުން އަލުން ފެށުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2023 | ބުރާސްފަތި 01:52
ތުރުކީ ފުޓުބޯޅަ ފެޑެރޭޝަންގެ ބޯޑު ބައްދަލުވުމުގެ ތެރެއިން

ތުރުކީ ފުޓުބޯޅަ ފެޑެރޭޝަންގެ ބޯޑު ބައްދަލުވުމުގެ ތެރެއިން

ތުރުކީ ސުޕަ ލީގުގައި ރިޒެސްޕޯ އަދި އަންކާރަގުޗޫ ބައްދަލު ކުރި މެޗުގެ ރެފްރީއަކަށް ހުރި، ހަލީލް އުމެޓް މެލާ އަށް ހަމަލާ ދިނުމުން މެދު ކަނޑާލަން ނިންމި ލީގު، އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

ހަލީލް އުމެޓް މެލާ އަށް ހަމަލާ ދީ، ޒަޚަމުކޮށްލުމުން ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމީ މުއްދަތެއް ނެތް ގޮތަށް އެ ޤައުމުގެ ލީގު މެދު ކަނޑާލުމަށެވެ. ނަމަވެސް، ހަމަލާ އަށް ފަހު ރެފްރީ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ބުދަ ދުވަހު ވަނީ ދޫކޮށްލައިފަ އެވެ. އެއާއެކު އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ބޯޑުން ބުދަ ދުވަހު ނިންމީ، އަންނަ ހަފުތާގައި ލީގު އަލުން ފެށުމަށެވެ.

ތުރުކީ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މެހްމަތު ބުޔުކެކްސީ ވިދާޅުވީ، ހަމަލާއާ ގުޅިގެން ތުރުކީގެ ހުރިހާ ލީގެއް މެދު ކަނޑާލަށް ނިންމީ ބޯޑުން ނިންމައިގެން ކަމަށެވެ. އޭގެ ފަހުން މިހާރު ބޯޑުން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުރިހާ ލީގެއްގެ ކުޅުން އަލުން ފެށުމަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ލީގުގެ ކުޅުން އަލުން ފަށާއިރު، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައި ބެހެއްޓުމަށް ވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރާއެކު ވެސް ބައްދަލު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކޮށްގެން ވެސް، ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ބޭނުންވާކަން ބުޔުކެކްސީ ފާހާގަ ކުރެއްވި އެވެ.

ބުޔުކެކްސީ ވިދާޅުވީ ފުޓުބޯޅަ އަދި އެހެނިހެން ކުޅިވަރުތަކުގައި ވެސް އެފަދަ ކަންކަން ހިނގައިގެން ނުވާނެ ކަމަށެވެ. އަދި ޚާއްސަކޮށް އެފަދަ ކަންކަމަށް ތަރުހީބު ލިބޭނެ ކަހަލަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު