Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2024

އަންނަ އަހަރަށް ލަފާކުރާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

49.8 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ 65 މެންބަރުންގެ އަގުލަބިއްޔަތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2023 | ބުދަ 09:31
ބަޖެޓް 2024، ބަޖެޓް ވަނީ އަގުލަބިއްޔަތުން ފާސްކޮށްފައި

ބަޖެޓް 2024، ބަޖެޓް ވަނީ އަގުލަބިއްޔަތުން ފާސްކޮށްފައި

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ފާސްކޮށްފިއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް 300 މިލިއަން ރުފިޔާ އިތުރުކޮށް, 49.8 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް ފުރަތަމަ ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެކި ދާއިރާތަކުން 306 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ.

އެގޮތުން ބަޖެޓަށް އިތުރުކުރި ބައިތަކުގެ ތެރޭގައި ދައުލަތުގެ އައު އޮނިގަނޑާއި އެއްގޮތަށް އިތުރުވި މިނިސްޓްރީތަކަށް 20.5 މިލިއަން އިތުރުކޮށްފައިވެއެވެ. މީގެއިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލު ޚަރަދަށް ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ އިތުރުވެގެންދާނެއެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު 8.9 މިލިއަން ރުފިޔާއަށް ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އިތުރުވެގެންދާނެއެވެ.

ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކުރާ މަސައްކަތުގައި ގާނޫނީ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް 10 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ. އަދި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ހާއްސަކުރި 400 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އުނިކޮށްފައެވެ.

މި ބަދަލާ ގުޅިގެން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އޯވަރއޯލް ބަޖެޓު ޑެފިސިޓް 13,769.6 (ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ނުވައެއް ޕޮއިންޓް ހައެއް) މިލިއަން ރުފިޔާއިން 14,075.7 (ސާދަހާސް ހަތްދިހަ ފަހެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

މި ބަދަލާ ގުޅިގެން ދައުލަތުގެ ޖުމުލަ ދަރަނީގެ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 (ސަތޭކަ ސާދަ ޕޮއިންޓް ތިނެއް) އިންސައްތަ އިން 114.6 (ސަތޭކަ ސާދަ ޕޮއިންޓް ހައެއް)އިންސައްތަ އަށް އިތުރުވެގެންދާނެއެވެ. އަދި ނޮމިނަލް ޖ.ީޑ.ީޕީގެ ނިސްބަތުން އޯވަރއޯލް ބެލެންސް ޑެފިސިޓް 12 އިންސައްތައިން 12.3 އިންސައްތައަށް އިތުރުވާނެއެވެ.

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33,547,021,929 (ތިރީސްތިން ބިލިއަން ފަސްސަތޭކަ ސާޅީސް ހަތް މިލިއަން އެކާވީސްހާސް ނުވަސަތޭކަ ނަވާވީސް) ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު