Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުނަރު ވެރި

އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމުކުރި "ހުނަރު ވެހި" ހުޅުވައިފި

13 ޑިސެމްބަރު 2023 | ބުދަ 02:59

މިއީ އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މަޝްރޫއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2023 | ބުދަ 02:59
ހުރަވީ ސްކޫލުގައި ގާއިމުކުރި، ވޮކޭޝަނަލް ހަބް "ހުނަރު ވެހި" ގައި ދަރިވަރުންތަކެއް

ހުރަވީ ސްކޫލުގައި ގާއިމުކުރި، ވޮކޭޝަނަލް ހަބް "ހުނަރު ވެހި" ގައި ދަރިވަރުންތަކެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރު ވެހި" ހުޅުވައިފިއެވެ.   

އަންގާރަ ދުވަހު ހުރަވީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުއެވެ.

Advertisement - newsAdvertisement

އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި ހުނަރު ވެހި ބިނާކުރުމުގެ މަޝްރޫއަކީ، ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިންގ އަދި ވެލްޑިންގ ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ހުނަރު ވެހި ތަރައްޤީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމްއޭސީއެލް އިން ވަނީ ފޯރުކޮށްދީފައެވެ.

ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭގިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއެކު، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.

އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުނަރު ވެހިފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއްކަމަށް ވެސް އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ، ހުރަވީ ސުކޫލުން މިއަދު މި ޤާއިމުކުރިފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެހެން ސްކޫލްތަކުގައި ވެސް ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޘާނަވީ ތަޢުލީމް ޙާސިލްކުރާ ހުރިހާ ދަރިވަރުންނަށްވެސް އެފަދަ ޕްރޮގްރާމްތަކުގެ ފައިދާ ފުރިހަމައަށް ކުރުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޫލުގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނަކީ ތަޢުލީމީ ގޮތުންނާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހެދުންކަމަށެވެ. ހުނަރު ވެހި ތަރައްޤީކުރުމަށް ކުރެއްވި މަސައްކަތަށް އަލި އަޅުއްވާ ލައްވާ ޕްރިންސިޕަލް ވިދާޅުވީ، މިފަދަ ބޮޑު މަސައްކަތެއްކޮށް ނިންމާލެވުނީ މިފަދަ ކަންކަމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވާ އަހަމިއްޔަތުގެ ސަބަބުންކަމަށެވެ.

ހުނަރު ވެހި ހުޅުމުގެ އިތުރުން، ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝަރ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ ހުޅުވާފައެވެ. މިގޮތުން، ދަސްވެށި ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު އަދި މަރިޔާދު ހުޅުއްވައި ދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

11 މެއި 2018

ފްރިކުއެންސީ މޮޑިއުލޭޝަން ސިސްޓަމެއް ޖަމާލުއްދީން ސްކޫލުގައި ބަހައްޓައިފި

11 މެއި 2018
ފްރިކުއެންސީ މޮޑިއުލޭޝަން ސިސްޓަމެއް ޖަމާލުއްދީން ސްކޫލުގައި ބަހައްޓައިފި
19 އެޕްރީލު 2018

އެމްއޭސީއެލްގެ ފެރީ އަކާއި ދޯންޏެއް އެކްސިޑެންޓްވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

19 އެޕްރީލު 2018
އެމްއޭސީއެލްގެ ފެރީ އަކާއި ދޯންޏެއް އެކްސިޑެންޓްވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ
17 އެޕްރީލު 2018

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ލ.މާމެންދޫ ސްކޫލުގައި ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

17 އެޕްރީލު 2018
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން ލ.މާމެންދޫ ސްކޫލުގައި ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި
24 ޖެނުއަރީ 2018

ހައްޖު ކޯޕަރޭޝަން، އެމްޕީއެލް، އެސްޓީއޯ އަދި އެމްއޭސީއެލްގެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވައިފި

24 ޖެނުއަރީ 2018
ހައްޖު ކޯޕަރޭޝަން، އެމްޕީއެލް، އެސްޓީއޯ އަދި އެމްއޭސީއެލްގެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވައިފި
24 ޑިސެމްބަރު 2017

ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި

24 ޑިސެމްބަރު 2017
ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި
25 ސެޕްޓެމްބަރު 2017

ފުޓްސަލް ކުޅެނިކޮށް އެމްއޭސީއެލްގެ މުވައްޒަފަކު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2017
ފުޓްސަލް ކުޅެނިކޮށް އެމްއޭސީއެލްގެ މުވައްޒަފަކު ނިޔާވެއްޖެ
10 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި

10 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
19 ޖޫން 2017

ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި

19 ޖޫން 2017
ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި
14 މާރިޗު 2017

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017
ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް