Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރިސް އޮލިމްޕިކްސް 2024

ޕެރިސް 2024 ގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް "މަރުހަބާ" ކިޔާނެ

އެ އެތުލީޓުންނަށް ދިދަ ބޭނުން ނުކުރެވޭނެ، ޤައުމީ ސަލާމް ނުޖަހާނެ އަދި ޓީމު ކުޅިވަރުގައި ބައިވެރި ނުވެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2023 | ބުދަ 03:10
އައިއޯސީގެ ރައީސް އަދި ޕެރިސް 2024 ގެ ރައީސް

އައިއޯސީގެ ރައީސް އަދި ޕެރިސް 2024 ގެ ރައީސް

އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސްގައި ރަޝިޔާ އަދި ބެލަރޫސްގެ އެތުލީޓުންނަށް މަރުހަބާ ކިޔާނެ ކަމަށް، ޕެރިސް 2024ގެ ރައީސް ޓޯނީ އެސްޓަންގުއޭޓް ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރެއިނަށް ދެމުން އައި ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ކުޅިވަރު އިދާރާތަކުން ވަނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރަޝިޔާގެ ޤައުމީ ޓީމާއި، އެ ޤައުމުގެ ކުލަބުތައް ވެސް ސަސްޕެންޑުކޮށްފަ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ވެސް ވަނީ ރަޝިޔާގެ އެތުލީޓުނަށް ގޭމްސްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ނިންމައިފަ އެވެ. ނަމަވެސް ފަހުން ވަނީ ބައެއް ގޭމްސްތަކުގައި އެ ޤައުމުގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

އެސްޓަންގުއޭޓް ވިދާޅުވީ، ބައިނަލްއަގްވާމީ ފެޑެރޭޝަނުން ކޮލިފައިވެ، އިންޓަނޭޝަނަލް ޕެރަލިމްޕިކް އަދި އޮލިމްޕިކް ކޮމިޓީން ވެލިޑޭޓްކޮށްފައިވާ އެތުލީޓުންނަށް އިޝާރާތް ކުރެވިފައިވާ އުސޫލެއްގެ ތެރޭގައި ބައިވެރިވުމަށް މަރުހަބާ ކިޔާނެ ކަމަށެވެ. އޭގެ މާނައަކީ އެ އެތުލީޓުންނަށް އެއްވެސް ދިދައެއް ބޭނުން ނުކުރެވޭނެ ކަމަށާއި، ޤައުމީ ސަލާމް ޖެހުމެއް ނޯންނާނެ ކަމަށާއި، އަދި އެއްވެސް ޓީމު ކުޅިވަރެއްގައި ބައިވެރިނުވެވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެ އެތުލީޓުން ހިމެނޭ ޑެލިގޭޝަން ކުޑަ ވާނެ ކަމަށާއި، ނަމަވެސް، ޕެރިސް 2024 އިން އެ އެތުލީޓުންނަށް މަރުޙަބާ ކިޔާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ ޖުލައި 26 އިން އޯގަސްޓު 11 އަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު