Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާދަޔާ ޚި؛ލާފް ކަންކަން

40 ބުރީގެ އުސް އިމާރާތެއްގެ ބެރިތަކުގެ މަތީގައި ސްކޫޓަރު ދުއްވާ މަންޒަރުން މީހުން ކޮސްވެއްޖެ!

ވީޑިއޯ އިން ފެންނަނީ އުމުރުން 21 އަހަރުގެ ރަޝިއާގެ ޒުވާނެއް

ރާއްޖެ އެމްވީ | 2 ޖޫން 2018 | ހޮނިހިރު 14:14
ނިކިޓާގެ އާދަޔާ ޚިލާފް ސްޓަންޓުތައް އޭނާގެ ސޯޝަލް މިޑިއާ ފޮލޯ ކުރާ 138 ހާސް މީހުންނާ ގެންދަނީ ހިއްސާ ކުރަމުން

ނިކިޓާގެ އާދަޔާ ޚިލާފް ސްޓަންޓުތައް އޭނާގެ ސޯޝަލް މިޑިއާ ފޮލޯ ކުރާ 138 ހާސް މީހުންނާ ގެންދަނީ ހިއްސާ ކުރަމުން

މޮސްކޯގެ 40 ބުރީގެ އިމާރާތެއްގެ ބެރިތަކުގެ މަތީގައި އުމުރުން 21 އަހަރުގެ ނިކިޓާ ޑެފްޓް ސްކޫޓަރެއްގައި އުޅޭ ގޮތް ބަލާކަށް ބައެއް މީހުންނަށް ފަސޭހަ ނުވެދާނެއެވެ.

އެއް ބެރި މަތިން އަނެއް ބެރި މަތިން ފުމެ ހުރަސްކޮށް ހިނގާ ސްކޫޓަރު ދުއްވާ މި ޒުވާނާ އުޅޭ މަންޒަރު ފެންނައިރު ހީވަނީ ހަމަ ބިންމަތީގައި ހިނގާ ހެންނެވެ.

ނަމަވެސް ނިކިޓާގެ ބިރު ކުޑަ ހަރާކާތްތައް މި ފެންނަނީ ކިހާ އުސްމިނެއްގެ މަތިން ކަން އެންމެ ފަސޭހައިން ވިސްނާލެވޭނީ، ތިރިން ފެންނަ ކާރުތަކުގެ ސައިޒަށް ނަޒަރު ހިންގާލުމުންނެވެ.

ނިކިޓާގެ އާދަޔާ ޚިލާފް ސްޓަންޓުތައް އޭނާގެ ސޯޝަލް މިޑިއާ ފޮލޯ ކުރާ 138 ހާސް މީހުންނާ ގެންދަނީ ހިއްސާ ކުރަމުންނެވެ. ނިކިޓާ ބުނީ ފުރަތަމަ ފަހަރަށް އުސް އިމާރާތެއްގެ މަތީގައި ސްޓަންޓު ހެދި އިރު ތިރިއަށް ބަލާލަން ވެސް ނުކުރުނު ކަމަށެވެ. އެކަމަކު މިހާރު ކިތަންމެ އުސް އިމާރާތެއް ވިޔަސް ޖެހިލުމެއް ނުވާ ކަމަށް އޭނާ ބުނުފައި ވެއެވެ.

އެންމެ ފަހުން ނިކިޓާ މި އާއްމު ކުރި ވީޑިއޯގައިވެސް ފެންނަ ގޮތުން އެއްފަހަރު ނުރައްކާތެރި ގޮތަކަށް އޭނާ އަރި އަޅާލާ ތަން ފެނެއެވެ. ނަމަވެސް އޭނާގެ ނަސީބުވެސް، އަދި ހުޝިޔާރުކަން ވެސް ފެނުނީ ރަނގަޅަށެވެ.

ނިކިޓާ "މެއިލް އޮންލައިން" އަށް ކިޔައިދީފައިވާ ގޮތުގައި ސްޓަންޓުތަކުގައި އާދަޔާ ޚިލާފް ޙާލަތްތަކުގައި އޭނާ ސަމާލުކަން ދެނީ އެއްވެސް ކަމަކާ ނުވިސްނާ ހަމަޖެހިގެން ހުރުމަށެވެ. އެފަދަ ހާލަތެއްގައި ހާސްވެއްޖެ ނަމަ މައްސަލަ އިތުރަށް ގޯސްވެ ނަތީޖާ ވަރަށް ނުރައްކާވާނެ ކަމަށް ނިކިޓާ ބުންޏެވެ. ނިކިޓާ ބުނީ އޭނާއަކީ ލޮލުގެ ފެނުން އެހާ ރަނގަޅު މީހެއް ނޫން ކަމަށާއި، އެހެން ކަމުން ކޮންޓެކްޓް ލެންސް ލައްވައިގެން އުޅެން ޖެހުމުން އުދަނގޫތަކެއް ކުރިމަތިވާ ކަމަށެވެ. ނިކިޓާ ބުނީ ވަރަށް ބޮޑަށް ތަމްރިން ހަދާ ކަމަށާއި ކޮންމެ ދުވަހަކުވެސް ތަމްރީން ހަދާ ކަމަށެވެ. އަދި ފުރިހަމަ ތަމްރީންތަކުގެ ސަބަބުން ޔަގީން ކަމާއި އިތުބާރު އޮންނަ ކަމަށެވެ.

ނިކިޓާ ބުނީ އިމާރާތުގެ މައްޗަށް އެރުން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެތަނުގެ ދޮރުތައް ހުރީ ތަޅުލާފައި ކަމަށާއި އިމާރާތުގެ ސެކިއުރިޓީގެ ސަބަބުންވެސް ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ. އިމާރާތަށް އެރުމުގެ ސަބަބުން ނިކިޓާ ހައްޔަރުކޮށް ފުލުހުންނާ ހަވާލު ކުރި ކަމަށްވެސް އޭނާ ބުންޏެވެ. ފުލުސް އޮފީހަށް ގެންދިއުމަށް ފަހު އޭނާ ދޫކޮށްލިއިރު ވީޑިއޯ ސަލާމަތްވީ ކަމަށް ނިކިޓާ ބުންޏެވެ.

ނިކިޓާ ބުނީ އޭނާގެ ބައްޕަ ބޭނުންވީ ޕްރޮފެޝަނަލް ބޮކްސިން ތަޅާ މީހަކަށް ވުމަށެވެ. އެކަމަކު ނިކިޓާ ބުނީ އޭނާ ވާން ބޭނުން ވަނީ ކާކަށްކަން މިހާރު އެނގިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ އެހެން މީހުންނަށް ނުވާނެ ކަންކަން ކުރަން ކަމަށެވެ.

އިންޖިނިއަރިންގ ދާއިރާ އިން ކިޔަވަމުންދާ ނިކިޓާ އަކީ ފޮޓޯ ނެގުމަށާއި، އެކްރޮބެޓިކްސް އަށާއި އެކްސްޓްރީމް އާޓަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހައްދު"ގެ 15 ޝޯ ހައުސްފުލްކޮށް ދައްކައިފި

"ހައްދު"ގެ 15 ޝޯ ހައުސްފުލްކޮށް ދައްކައިފި

10 ސެޕްޓެމްބަރު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
ފިލްމު ޕްރޮޑިއުސްކުރަން ބޭނުން: ސިދާތު

ފިލްމު ޕްރޮޑިއުސްކުރަން ބޭނުން: ސިދާތު

22 އޯގަސްޓު 2017
ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟

ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟

13 ޖޫން 2017
ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!

ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!

07 މެއި 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު