ސައިބޯނި އުފެއްދުމުގެ މަސައްކަތުގައި ޞާދު ޢައިން ކާރުޚާނާއިން ހަރަކާތްތެރި ވަމުން ދާ ދިއުމަށް އޭގެ ފަހުން ހުއްޓުމެއް، ނުވަތަ މަޑު ޖެހުމެއް އައިސްފައެއް ނުވޭ


ޞާދު ޢައިން ސައިބޯނި ކާރުޚާނާގެ މަސައްކަތް ފެށިގެން އައީ މީލާދީން 1890 ވަނަ އަހަރު
ކަމެއްގައި ދެމި ހުރުމަށްޓަކައި، ހިތުގެ ޢަޒުމާއި ސާބިތުކަމަކީ ކޮންމެހެންވެސް ބޭނުންވާ ކަމެއްކަން އެންމެ ސާފުކޮށް އަންގައިދެމުން ދާ އެއް ބަޔަކީ ކާރިޘާއަކު ފުލު ކާރިޘާއަކާ ކުރިމަތިލަމުން ދާ ލުބްނާނުގައި ހިންގާ ސައިބޯނި އުފައްދާ ކާރުޚާނާއެއްގެ މޭސްތިރިންނެވެ. ޞާދު ޢައިން ނުވަތަ 'ޞާދިޤު ޢަޒްރާ އެންޑް ކޯ' ސައިބޯނި ކާރުޚާނާގެ މަސައްކަތް ފެށި މީގެ 200 އެތައް އަހަރެއް ކުރިންނެވެ. ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން، އަދުގެ އެންމެ ޒަމާނީ ސައިބޯނި ތައްޔާރު ކުރުމަށް، އެއް ބާވަތްތަކެއް ބޭނުން ކުރާތާވެސް 2 ޤަރުނު ވެއްޖެއެވެ.
ޞާދު ޢައިން ސައިބޯނި ކާރުޚާނާގެ މަސައްކަތް ފެށިގެން އައީ މީލާދީން 1890 ވަނަ އަހަރުއެވެ. ރަސްމީކޮށް، ވިޔަފާރީއެއްގެ ގޮތުގައި ހިންގަން ފެށީ 1912 ވަނަ އަހަރުގެ ތެރޭގައެވެ. އެންމެ އިހު އެވޭލާ ގޮތަށް ސައިބޯނި އުފެއްދުމުގެ މަސައްކަތުގައި ޞާދު ޢައިން ކާރުޚާނާއިން ހަރަކާތްތެރި ވަމުން ދާ ދިއުމަށް އޭގެ ފަހުން ހުއްޓުމެއް، ނުވަތަ މަޑު ޖެހުމެއް އައިސްފައެއް ނުވެއެވެ.
ކަން މިހެން އޮތް ނަމަވެސް، ކައިރި މާޒީގައި ފާއިތުވެގެން މިދިޔަ ހަތަރު ފަސް އަހަރަކީ، އެކި ގޮތް ގޮތުން ލުބްނާނުގެ މަޞްރަޙަށް ވަރުގަދަ ލޮޅުންތަކެއް އެރުވި ދުވަސްތަކެކެވެ. އެކި ކަހަލަ ކާރިޘާތަކާ ކުރިމަތިވި ކުރުވި ދުވަސްތަކެކެވެ. މިއިން ކޮންމެ ކަމަކީވެސް، ޞާދު ޢައިންގެ ވިޔަފާރިއަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތި ކުރުވި ކަންކަމެކެވެ. ކާރުޚާނާގެ ވެރި، އަދި ކާރުޚާނާގެ ކަންކަން ހިންގުމުގެ މުގުލުގައި އޮތީ ޢީދު ޢާއިލާއެވެ.
އެ ވަރުން އަދި ނިމުނީއެއް ނޫނެވެ. ވިޔަފާރި އުސޫލުން ސައިބޯނި އުފެއްދުން ފުޅާ ވަމުން ދާ ވަރަކަށް، ޞާދު ޢައިންގެ ވިޔަފާރިއަށް ކުރިމަތިލާން ޖެހޭ ތަކުލީފުތައްވެސް ދަނީ އިތުރު ވަމުންނެވެ. ވިޔަފާރި އުސޫލުން ސައިބޯނި އުފައްދާއިރު، އެކި ބައްޓަންތަކަށް ސައިބޯނި ތައްޔާރު ކުރެވުމާއި، އަވަހަށް ބޭނުން ކުރަން ލިބުން ފަދަ ފަސޭހަތައް އެކަމުގައި އޮތުމުން، އެފަދަ ސައިބޯންޏަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ސަމާލުކަން ބޮޑު ކަމަށްވެސް ޢަޒްރާ ފާހަގަ ކުރެއެވެ.
ބައެއް މަސައްކަތްތަކަކީ، ކަމަށް އޮންނަ ލޯތްބެއްގެ ސަބަބުން ކުރިއަށް ގެންދާ މަސައްކަތްތަކެކޭ ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ.
ވާދަވެރިންގެ ސަބަބުން ކިތަންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް ޢީދުގެ ޢާއިލާއިން އޮތީ އެތައް ޖީލަކުން ވާރުތަވެގެން އައި އާދަކާދަތައް ދޫކުރާ ގޮތަކަށް ނޫނެވެ. ޒަމާނީ އުކުޅުތަކާއި ވަޞީލަތްތައް ބޭނުން ކުރާ ގޮތަކަށް ނޫނެވެ.
ހަމަ އެކަނި މެޝިނަށް ބަރޯސާވާކަށް ޞާދު ޢައިން ކުންފުނިން ބޭނުމެއް ނުވެއެވެ. އެ ކުންފުނީގެ މަސައްކަތުގައި ބައި ޤަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައި ވާ، އަދި މިހާރުވެސް ކުރަމުން ދާ 6 މީހަކު އެބަ ތިއްބެވެ.
އެވަރުން ނިމުނީއެއް ނުނެވެ. ހުރިހާ ގޮތަކުންވެސް ދެމެހެއްޓެނިވި ރޫޙެއްގައި ވިޔަފާރި ކުރިއަށް ގެންދިޔުމަކީވެސް ޞާދު ޢައިން ކުންފުނީގެ އަމާޒެކެވެ. ސައިބޯނި ބަންދު ކުރާ ގޮތާއި، އިރުގެ އަވިން ހަކަތަ އުފެއްދުމާއި، ކާރުޚާނާގައި އުފެދޭ ކުނި ރީސައިކަލް ކުރުން ފަދަ ކަންކަމަކީ، ދެމެހެއްޓެނިވި ވިޔަފާރީގެ އަމާޒުގެ ދަށުން ޞާދު ޢައިން ކުންފުނިން ކުރަމުންދާ ބައެއް ކަންކަމެވެ. ތިމާވެށި ހިމާޔަތް ކުރުމުގައި އެހެން މީހުންނަށް މިސާލަކަށް ވުމަކީ އެ ކުންފުނީގެ ޢުއްމީދެކެވެ. އެކަން ޙާޞިލު ކުރުމުގެ ތެރޭގައި، ކާބަފައި ޒަމާނުން ވާރުތަވި ސައިބޯނި ބޭނުން ކުރަން ހިތްވަރުދެއެވެ.