Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗައިނާގެ ޕެރަލިމްޕިއަން

ބާސްކެޓް ބޯޅަ ފަޅިއެއްގެ މަތީގައި އެއްތަނުން އަނެއް ތަނަށް ދިޔަ ޗިއާން، ބައިނަލްއަޤުވާމީ ފަތާފެންގަނޑަށް!

31 އޮކްޓޯބަރު 2023 | އަންގާރަ 09:28

ފެތުމުގެ ރޮނގުން މީހުން ތަމްރީނު ކުރަމުން ދާ ޗޯންގް ހޮންގްހޫއަށް ޗިއާން ތަޢާރަފުވީ 2007 ވަނަ އަހަރުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 އޮކްޓޯބަރު 2023 | އަންގާރަ 09:28
ބުރާސްފަތި ދުވަހު މުބާރާތުގައި ވާދަ ކުރި ޗިއާން ވަނީ އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ގަދަ 10 އަކުން ޖާގަ ހޯދާފައި

ބުރާސްފަތި ދުވަހު މުބާރާތުގައި ވާދަ ކުރި ޗިއާން ވަނީ އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ގަދަ 10 އަކުން ޖާގަ ހޯދާފައި

ގަދަ ހިތްވަރާއި ސާބިތުކަމާއެކު ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދިއުމަށްޓަކައި، އަޣުލަބިއްޔަތުން މިނަން ގެންގުޅޭ ނާޅިން މިނާކަށް ކޮންމެހެން ނުޖެހެއެވެ. އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި، ދިރިއުޅުމުގެ ކަންކަން 'ފުރިހަމަ' ވާން ޖެހޭ ކަމަށް ބުނާ އިރު، އެ ފުރިހަމަކަން އެތައް ގޮތަކަށް، އެތައް ގިންތިއަކާއި ފަންތިއެއްގައިވެސް މާނަ ކުރެވިދާނެއެވެ. ދާދި މިދާކަށް ދުވަހު، ކުޅިވަރުގެ ދުނިޔެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކަކީ ޗައިނާގެ ޕެރަލިމްޕިއަންއެއް ކަމަށް ވާ ޗިއާން ހޮންގްޔެންއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ޗިއާންއަށް ސަމާލުކަން ހުއްޓެން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. ދިރިއުޅުމުގެ މައިދާނުގައި ޗިއާން ކުރަމުން ދާ ދަތުރަކީ، ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ހަމައަށް ހުރި މީހުންނަށްވެސް އެތައް ފިލާވަޅެއް ދަސްކޮށްދޭނެ ދަތުރެކެވެ. ރަށްފުށުގައި، އިންތިހާ ފަޤީރު ދިރިއުޅުމެއް އުޅެމުން އައި ޗިއާންގެ ޙަޔާތުގެ ދަތުރުގައި އޭނާއަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކަކީ، ކޮންމެކޮންމެ މީހަކަށް އެހާ ސާބިތުކަމާއެކު ބަރުދާސްތުކޮށް، ކަޑަތު ކުރެވޭނެ ގޮންޖެހުންތަކެއް ނޫނެވެ. ބާސްކެޓް ބޯޅައެއްގެ މަތީގައި ދުނިޔެ ބިނާ ކުރަމުން ދިޔަ ޗިއާންއަކީ މިއަދު، ބައިނަލްއަޤުވާމީ ކުޅިވަރު މައިދާނުގައި، އޭނާގެ ޤައުމު ތަމްޞީލު ކުރާ ފަޚްރުވެރި ޤައުމީ ދަރިއެކެވެ.

ޗިއާން އުފަންވީ ޗައިނާގެ ހުޅަނގުދެކުނުގެ ޕްރޮވިންސްއެއް ކަމަށް ވާ ޔުނާންގައި އޮންނަ އެކަހެރި އަވަށަކަށެވެ. ވަރަށް ހަގު ޢުމުރެއްގައި، ޗިއާންގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ 2000 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައެވެ. ކާރު އެކްސިންޑެންޓްގައި ޗިއާންގެ 2 ފައިވެސް ބުރިކޮށްލަން ޖެހުނެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 4 އަހަރެވެ.

ފުރޮޅުލީ ގޮނޑިއެއް ގަނެވޭނެ ފަދަ ތަނަވަސްކަމެއް، ޗިއާންގެ ޢާއިލާގެ އަތުގައި ނެތުމުގެ ނަތީޖާއަކަށް ވީ، ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގައި ޗިއާން ޤައިދުވުމެވެ. އެގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް ޗިއާންގެ ދިރިއުޅުން ބަދަލުކޮށްލަދިން މޭސްތިރިއަކީ އޭނާގެ ކާފައެވެ. އެތެރެ ހޮއެކޮށް އޮންނަ ބާސްކެޓްބޯޅައެއްގެ މަތީގައި މީހާ ބެލަންސްކޮށްގެން އެއްތަނުން އަނެއް ތަނަށް ދާން ޗިއާންއަށް ދަސްކޮށްދިނީ އެ ކާފައެވެ. ކާފަގެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ޗިއާންގެ މޫނުމަތިން އެ ފެނުނު އުފާވެރިކަން، ކިތަންމެ ހައި ވެސް ސާފެވެ.

އެހާ ހިސާބުން ޗިއާން މަޝްހޫރުވެގެން ދިޔައީ 'ބާސްކެޓްބޯލް ގަރލް'ގެ ގޮތުގައެވެ. ޗައިނާއާއި ބޭރުގެ މީޑިއާތަކުގައިވެސް އޭނާގެ ވާހަކަ ޖެހިއެވެ. ނަތީޖާއަކަށް ވީ، ޗައިނާގައި ނުކުޅެދޭ މީހުންގެ ޖަމިއްޔާއަކާއި އެފަދަ އެތައް ބައެއްގެ ސަމާލުކަން، ޗިއާންއަށް ހުއްޓިގެން ދިއުމެވެ.

ފެތުމުގެ ރޮނގުން މީހުން ތަމްރީނު ކުރަމުން ދާ ޗޯންގް ހޮންގްހޫއަށް ޗިއާން ތަޢާރަފުވީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. ޗޯންގްއަކީ ނުކުޅުދުންތެރިކަން ހުންނަ ގިނަ ޢަދަދެއްގެ ކުދިންނާއެކުގައި މަސައްކަތް ކޮށްފައި ހުރި ކޯޗެކެވެ.

ފަތާފެންގަނޑު ތެރޭގައި މިނިވަންކަމާއެކު ކޮޅުކޮޅަށް ހެލިފެލިވެލާ އުޅެވުނެއް ކަމަކު، ޢާންމު ފަތާފެންގަނޑުތަކުގައި، ނުވަތަ ޢާންމުންގެ ތެރޭގައި އުޅުމަށް ޗިއާން ފަސްޖެހޭ ފަހަރުތައް ކުރިމަތިވިއެވެ.

އެ ފަދަ ހުރިހާ ނުތަނަވަސްކަމަކާ ކުރިމަތިލައި، އިތުރު ގަދަ ހިތްވަރަކާއެކު ޗިއާން ފެތުމުގެ ތަމްރީނުތައް ވަރުގަދަ ކުރިއެވެ. މިހާރު ޢުމުރުން 27 އަހަރު ފުރިފައި ވާ ޗިއާންއަށް ޚާއްޞަކޮށްގެން، ކޯޗް ޗޯންގް ވަނީ އެތައް ތަމްރީނުތަކެއް ފަރުމާކޮށްދީފައެވެ. އެތައް އިސްތިރާޖެއް ތައްޔާރުކޮށްދީފައެވެ.

ޗައިނާގެ ޝީޖިއާންގް ޕްރޮވިންސްގައި ކުރިއަށް ދާ އޭޝިއަން ޕެރާ ގޭމްސްގެ މައިދާނުގައި ހުރެވުމަކީވެސް މިއަދު ޗިއާންއަށް ލިބޭ ފަޚްރެކެވެ. ކާމިޔާބެކެވެ. ނަމަވެސް، އޭނާ ޢަމާޒު ހިފީ، އޭނާއަށް މިހާތަނަށް ހޯދިފައި ނުވާފަދަ ކާމިޔާބެއް ހޯދުމަށެވެ. ބުރާސްފަތި ދުވަހު މުބާރާތުގައި ވާދަ ކުރި ޗިއާން ވަނީ އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކްގެ ގަދަ 10 އަކުން ޖާގަ ހޯދާފައެވެ. ބުރާސްފަތި ދުވަހުގެ މުބާރާތުގައި ޗިއާންއަށް ލިބުނީ 9 ވަނަ މަޤާމު ކަމުގައި ވީ ނަމަވެސް، އެހާ ހިސާބަށް އޭނާ ކުރި ދަތުރަކީ އެތައް ބައެއްގެ ތަޢުރީފާއި ލޯބި އޭނާއަށް ވެދުން ކުރަމުން ދަތުރެކެވެ.

ޗައިނާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް