Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތްރީ-ޑީ ގެ

ބޮޑު އިމާރާތެއް އަޅާލަން އެންމެ 140 ގަޑިއިރު: ސިއްރަކީ ކޮބާ؟

ހެއިޑަލްބާގް ސިޓީގައި މި އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އުޅެނީ އެންމެ 2 މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 09:21
ޑިވަލޮޕަރ ހާންސް-ޔޯގް ކްޣައުސް މީޑިއާއާއި ވާހަކަ ދައްކަނީ

ޑިވަލޮޕަރ ހާންސް-ޔޯގް ކްޣައުސް މީޑިއާއާއި ވާހަކަ ދައްކަނީ

އާންމު ދިރިއުޅުމުގެ އުސޫލުން ފިކުރު ހިންގާއިރު އިމާރާތް ކުރުމުގެ މަސައްކަތޭ ބުނުމުން އެންމެ ފުރަތަމަވެސް ޚިޔާލަށް ގެނެވޭނީ އެތައް ބަޔަކު، ގައިން ދާ އޮހަރަމުން، ހައްޓަށް ބުރަކޮށް އުޅެމުންދާ މަންޒަރެވެ. ބޮޑު އިމާރާތެއްގެ މަސައްކަތް ނިންމާލުމަށް އެތައް ދުވަހެއް، ބައެއް ފަހަރު އަހަރުތަކެއް ހޭދަ ކުރާ އިރު، އެތައް ބަޔަކު އެ މަސައްކަތުގައި ޝާމިލުވެއެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު މި ކަމަށް ވަނީ ބަދަލު އަންނަން ފަށާފައެވެ. އެފަދަ އެއް މިސާލަކީ، ޖަރުމަނުވިލާތުގައި ތަރައްޤީ ކުރަމުންދާ، "ވިލާތުގެ އެންމެ ބޮޑު، ތުރީޑީ ޕްރިންޓް" އިމާރާތެވެ. ހެއިޑަލްބާގް ސިޓީގައި މި އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އުޅެނީ އެންމެ 2 މީހުންނެވެ. އެއީވެސް މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް އުޅޭ 2 މީހެކެވެ.

އެހެން ނޫނީ ވިއްޔާ އެތައް ބަޔަކު ބައިވެރިވެގެން ކުރާ އިމާރާތް ކުރުމުގެ މަސައްކަތުގެ ވައްޓަފާޅި މިއޮތީ މުޅިން ބަދަލުވެފައެވެ. އެ މަސައްކަތް ކުރަނީ ބޮޑު ރޮބޮޓަކުންނެވެ. އާރުކާޓީގެ މިންގަނޑުތަކަށް، ކޮންކުރީޓު ފަށަލަތައް އަޅަމުން ދަނީ ރޮބޮޓެކެވެ.

ޑިވަލޮޕަރެއްގެ ގޮތުގައި މަޝްރޫޢާ ހަވާލުވެގެން އުޅޭ ހާންސް-ޔޯގް ކްޣައުސް ބުނި ގޮތުގައި ޕްރިންޓް ކުރަމުން އެ ދަނީ 55 މީޓަރު ނުވަތަ 180 ފޫޓު ދިގު، 11 މީޓަރު ނުވަތަ 36 ފޫޓު ފުޅާ، 9 މީޓަރު ނުވަތަ 29 ފޫޓު އުސް އިމާރާތެކެވެ. އެންމެ 140 ގަޑިއިރުގެ ތެރޭގައެވެ.

މަސައްކަތް މުޅިން ނިމުމުން، ކޮމްޕިއުޓަރ ސާވަރ ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރުމަށް ތަރައްޤީ ކުރަމުންދާ އިމާރާތް ހުރި ސަރަޙައްދުގައި ހުރެ، ވާހަކަދައްކަމުން ކްޣައުސް ބުނީ، ކުރިއަށް އޮތް ތަނުގައި މިފަދަ މަޝްރޫޢުތަކުގައި އުޅޭތީ ފެންނާނީ އެންމެ މީހެއް ކަމަށެވެ. ކޮންސްޓްރަކްޝަން ސައިޓްގައި ހުންނާނީ އެންމެ މީހެއް ކަމަށާ، އެއީ ކަމެއް ގޯސްވެދާނެ ކަމަށް، އެ ތަނުގައި ހަރަކާތްތެރިވާނެ މީހެއް ކަމަށެވެ.

ޢުމްރާނީ ބިނާވެށީގެ ސިނާޢީ ކުރިމަގަށް ބަލާއިރު، ތުރީޑީ ޕްރިންޓިންގް ޓެކްނޮލޮޖީގެ ދަޢުރު ބޮޑުވެފައި، މުސްތަޤުބަލު އުޖާލާ ކަމަށް ކްޣައުސް ޤަބޫލު ކުރެއެވެ. ނަމަވެސް، ހުރިހާ ކަމެއް ތުރީޑީ ޕްރިންޓަށް ދޫކޮށްލެވިދާނެ ކަމަށް ޤަބޫލު ކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ބުނެއެވެ.

ތުރީޑީ ޕްރިންޓިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ނެދަލަންޑްސްގެ އާކިޓެޓުން 2015 ވަނަ އަހަރު ވަނީ، މިފަދަ ރަމްޒީ އިމާރާތެއް ތަރައްޤީ ކޮށްފައެވެ. ޢުމްރާނީ ބިނާވެށީގެ ކުރިމަގަކީ ތިމާވެއްޓާ ރައްޓެހި ރާސްތާއަކަށް ހެދުމުގެ މަޤްޞަދުގައެވެ. ޢިމާރާތް އަޅާފައި ވަނީ، ގަސްގަހާގެހިން ނަގާ ތެލަކުންނެވެ. ހަމަ އެ އަހަރު، ޗައިނާގެ ކުންފުންޏަކުންވެސް ވަނީ ތުރީޑީ ޕްރިންޓިންގްގެ އެހީގައި އިމާރާތެއް އަޅާފައެވެ.

ތުރީޑީ ޕްރިންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު