Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތުރުކީ

އަނިޔާ ލިބުނު ރެފްރީގެ ޙާލު ތުރުކީގެ ރައީސް ބައްލަވައިފި

13 ޑިސެމްބަރު 2023 | ބުދަ 03:14

ހަލީލަށް އަވަސް ޝިފާއަކަށް ވެސް އުރުދުޣާން ވަނީ އެދިވަޑައިގަންނަވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2023 | ބުދަ 03:14
ތުރުކީގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އުސްމާން އަސްކިން ބަކް، އަންކާރާގެ ހޮސްޕިޓަލެއްގައި ރެފްރީ ހަލީލް އުމެޓް މެލާ ގާތަށް ޒިޔާރާތް ކުރުމުގެ ތެރެއިން

ތުރުކީގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އުސްމާން އަސްކިން ބަކް، އަންކާރާގެ ހޮސްޕިޓަލެއްގައި ރެފްރީ ހަލީލް އުމެޓް މެލާ ގާތަށް ޒިޔާރާތް ކުރުމުގެ ތެރެއިން

ތުރުކީ ސުޕަ ލީގުގައި ރިޒެސްޕޯ އަދި އަންކާރަގުޗޫ ބައްދަލު ކުރި މެޗުގެ ރެފްރީއަކަށް ހުރި، ހަލީލް އުމެޓް މެލާ އަށް ލިބުނު އަނިޔާއާ ގުޅިގެން، އެ ޤައުމުގެ ރައީސް ތައްޔިބް އުރުދުޣާން އޭނާގެ ޙާލު ބައްލަވައިފިއެވެ.

އެ ދެ ޓީމު ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، މެޗު ނިމުމާއެކު އަންކާރަގުޗޫގެ ރައީސް ފާރުކް ކޯޗާ ވަނީ ދަނޑަށް އަރައި ހަލީލަށް ހަމަލާ ދީފައެވެ. އޭނާ ވަނީ ހަލީލްގެ މޫނު މަތީގައި ޖަހައިފައެވެ. އެކަމުގެ ސަބަބުން ހަލީލަށް އަންނަނީ އަންކާރާ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހަލީލްގެ ގާތަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު ވަޑައިގެންވަނީ، ރައީސް އުރުދުޣާންއާ ފޯނުން ގުޅުއްވައިފައެވެ.

ހަލީލާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ހިނގައިދިޔަ ކަންތައްތަކަކީ ވަރަށް ދެރަ އަދި ހިތާމަވެރި ކަމެއް ކަމަށެވެ. އަދި ހަލީލަށް އަވަސް ޝިފާއަކަށް ވެސް އުރުދުޣާން ވަނީ އެދިވަޑައިގަންނަވާފަ އެވެ. އިތުރަށް ރައީސް އުރުދުޣާން ވިދާޅުވީ، މިވަގުތުގައި ތުރުކީގެ ސަރުކާރާއި އުރުދުޣާން ވެސް ހުންނެވީ ހަލީލާއި، އޭނާގެ އާއިލާ އަދި ރަޙުމަތްތެރިންނާ އެކު ކަމަށެވެ. އަދި ކުޅިވަރެއްގެ ތެރޭގައި އެކަހަލަ ކަންކަން ހިނގުމަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި، އެއީ ކުރެވިގެން ނުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ވަނީ ހަލީލްގެ ޙާލަތު ރައީސް އުރުދުޣާން އަށް ދަންނަވާފައެވެ. އެގޮތުން މިވަގުތު ހަލީލްގެ ހާލު ރަނގަޅު ކަމަށާއި އޭނާ އަށް ދެން ބޭނުންވަނީ އަރާމު ކުރުން ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް، ހިނގައިދިޔަ ކަންތަކާމެދު ހަލީލް މާބޮޑަށް ވިސްނަން ފެށުމުން، އޭނާގެ ލޭ މައްޗަށް ދިޔަކަން ފާހަގަކޮށް މެޑިކަލް ޓީމުން ބުނީ، ހެނދުނުގެ ވަގުތެއްގައި އެކަމަށް ހައްލެއް ގެނެސްފައިވާނެ ކަމަށެވެ.

ހަލީލަށް ދިން ހަމަލާއާ ގުޅިގެން ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް އެ ޤައުމުގެ ފުޓުބޯޅަ ލީގު މެދުކަނޑާލަން ނިންމައިފައެވެ. އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ޤަބޫލު ކުރާ ގޮތުގައި އެއީ ހަމައެކަނި ހަލީލަށް ދިން ހަމަލާއެއް ނޫނެވެ. އެ ފެޑެރޭޝަނުން ޤަބޫލު ކުރާ ގޮތުގައި އެއީ މުޅި ތުރުކީގެ ފުޓުބޯޅަ އަށް ދެވުނު ހަމަލާއެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް