Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2024

ބަޖެޓް ބަހުސް ނިންމާލައިފި، ބުދަ ދުވަހު ވޯޓަށް އަހާނެ

12 ޑިސެމްބަރު 2023 | އަންގާރަ 12:05

ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓަށް އިތުރު 306 މިލިއަން ރުފިޔާ އިތުރުކުރުމާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޑިސެމްބަރު 2023 | އަންގާރަ 12:05
ބަޖެޓް 2024، ބަޖެޓް ރިޕޯޓުގެ ބަހުސް މަރުހަލާ ވަނީ ނިންމާލާފައި

ބަޖެޓް 2024، ބަޖެޓް ރިޕޯޓުގެ ބަހުސް މަރުހަލާ ވަނީ ނިންމާލާފައި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ނިންމާލައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުސަތު އަރުވާ ނިމިފައިވާ ކަމަށެވެ. ކޮމިޓީ ރިޕޯޓަށް 44 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. އަދި ބަޖެޓް ފާސްކުރުމަށް ބުދަ ދުވަހުގެ ޖަލްސާގެ ވޯޓު ގަޑީގައި އަހާނެއެވެ.

Advertisement - newsAdvertisement

އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓަށް އިތުރު 306 މިލިއަން ރުފިޔާ އިތުރުކުރުމާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރިއެވެ. ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓް ފާސްކޮށްފައިވަނީ ބަޖެޓް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓަށް އިތުރުކުރި ބައިތަކުގެ ތެރޭގައި ދައުލަތުގެ އައު އޮނިގަނޑާއި އެއްގޮތަށް އިތުރުވި މިނިސްޓްރީތަކަށް 20.5 މިލިއަން އިތުރުކޮށްފައިވެއެވެ. މީގެއިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލު ޚަރަދަށް ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ އިތުރުވެގެންދާނެއެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު 8.9 މިލިއަން ރުފިޔާއަށް ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އިތުރުވެގެންދާނެއެވެ.

މި ބަދަލާ ގުޅިގެން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އޯވަރއޯލް ބަޖެޓު ޑެފިސިޓް 13,769.6 (ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ނުވައެއް ޕޮއިންޓް ހައެއް) މިލިއަން ރުފިޔާއިން 14,075.7 (ސާދަހާސް ހަތްދިހަ ފަހެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

މި ބަދަލާ ގުޅިގެން ދައުލަތުގެ ޖުމުލަ ދަރަނީގެ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަންނަ އަހަރަށް 114.3 (ސަތޭކަ ސާދަ ޕޮއިންޓް ތިނެއް) އިންސައްތަ އިން 114.6 (ސަތޭކަ ސާދަ ޕޮއިންޓް ހައެއް)އިންސައްތަ އަށް އިތުރުވެގެންދާނެއެވެ. އަދި ނޮމިނަލް ޖ.ީޑ.ީޕީގެ ނިސްބަތުން އޯވަރއޯލް ބެލެންސް ޑެފިސިޓް 12 އިންސައްތައިން 12.3 އިންސައްތައަށް އިތުރުވާނެއެވެ.

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33,547,021,929 (ތިރީސްތިން ބިލިއަން ފަސްސަތޭކަ ސާޅީސް ހަތް މިލިއަން އެކާވީސްހާސް ނުވަސަތޭކަ ނަވާވީސް) ރުފިޔާއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް